އިސާކް ގަންނަން ނިއުކާސަލް އިން 74 މިލިއަން ޑޮލަރުގެ ބިޑެއް

Aug 25, 2022, 2:34 AM
ސޮސިއެޑާޑްގެ މެޗެއްގެ ތެރެއިން އިސާކް: އޭނާ ނިއުކާސަލަށް ބަދަލުވުމުގެ ފުރުސަތު ބޮޑު.-- ފޮޓޯ: ގެޓީއިމޭޖަސް.

ސޮސިއެޑާޑްގެ މެޗެއްގެ ތެރެއިން އިސާކް: އޭނާ ނިއުކާސަލަށް ބަދަލުވުމުގެ ފުރުސަތު ބޮޑު.-- ފޮޓޯ: ގެޓީއިމޭޖަސް.

ލަންޑަން (އޮގަސްޓް 25) - ރެއާލް ސޮސިއެޑާޑަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް އަލެކްސަންޑަ އިސާކް ގަންނަން ނިއުކާސަލް ޔުނައިޓެޑުން އެ ކްލަބްގެ ރެކޯޑް ބިޑެއް ކަަމަށްވާ 74 މިލިއަން ޑޮލަރު ހުށަަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ނިއުކާސަލް އިން މީގެ ކުރިން އެންމެ އަގުބޮޑުކޮށް ގަނެފައިވަނީ 2019 ވަނަ އަހަރު ހޮފެންހައިމް އަށް 47 މިލިއަން ޑޮލަރު ދީފައި ގަތް ބްރެޒިލްގެ ޖޮއެލިންޓަން އެވެ. އިސާކް، ނިއުކާސަލަށް ބަދަލުވެއްޖެނަމަ އޭނާ ވެގެންދާނީ އެ ޓީމުން މި ފަހަރުގެ ޓްރާންސްފާގައި ސޮއިކުރާ ހަތަރު ވަނަ ކުޅުންތެރިޔާ އަށެވެ. ނިއުކާސަލުން މި ފަހަރުގެ ޓްރާންސްފާގައި ކުރިން ގަތީ ބާންލީގެ ކީޕަރު ނިިކް ޕޯޕް، ލިލްގެ ޑިފެންޑަރު، ސްވެން ބޮޓްމަން އަދި އެސްޓަން ވިލާގެ މެޓް ޓާގެޓް އެވެ.

އާ ފޯވާޑެއް ގަންނަން ނިއުކާސަލުން ޓްރާންސްފާ މާކެޓަށް ވަންނަން ޖެހުނީ މިދިޔަ އާދިއްތަ ދުވަހު މެންޗެސްޓާ ސިޓީއާ 2-2 އިން އެއްވަރުވި މެޗުގައި ނިއުކާސަލްގެ ފޯވާޑް، ކަލުމް ވިލްސަން ފަލަމަސްގަނޑަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމެވެ. މިދިޔަ ސީޒަނުގައި ވެސް އަނިޔާއާ ހެދި ވިލްސަން އަށް ގިނަ މެޗުތަކެއް ގެއްލުނެވެ.

އެޑީ ހޯވްގެ ކޯޗުކަމުގައި ކުޅޭ ނިއުކާސަލް އިން އިސާކް، 22، އަށް 74 މިލިއަން ޑޮލަރު ދޭން ނިންމާފައިވާއިރު، ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެ އަގަށް ސޮސިއެޑާޑުން ވެސް ރުހެ އެވެ. މާނަ އަކީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިސާކް ނިއުކާސަލަަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިގެންދިއުމުގެ ފުރުސަތު ބޮޑުވުމެވެ.

މީގެ ތިން އަހަރު ކުރިން 2019 ވަަނަ އަހަރު ޖޫން މަހު ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް ސޮސިއެޑާޑަށް ބަދަލުވެ، އިސާކް އެ ޓީމާ އެކު ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެ ފަހަރު ޑޯޓްމަންޑް ދޫކޮށްލިއިރު، އެ ކްލަބުން ވަނީ އަލުން ބޭނުންނަމަ 30 މިލިއަން ޔޫރޯ ދީފައި އިސާކް ގެނެވޭ ގޮތަށް މާއްދާއެއް (ބައިބެކް ކްލޯސް) އެއް ހިމަނައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މީދެ ސީޒަނެއް ކުރިން އެ މާއްދާ ވަނީ ހަމަވެފަ އެވެ.

އުމުރުން 16 އަހަރުގައި ސްވިޑެންގެ އޭއައިކޭ އަށް 2016 ވަަނަ އަހަރު ކުޅެން ފެށި އިސާކް ވަނީ 2017 ވަނަ އަހަރު ޑޯޓްމަންޑަަށް ބަދަލުވެފަ އެވެ. އެ ޓީމަށް ކުޅެމުން 2018-2019 ވަނަ އަހަރުގެ ސީޒަން ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނީ ނެދަލެންޑްސްގެ ވިލެމް އަށެެވެ. ޑޯޓްމަންޑުން ފުރުސަތު ނުލިބޭތީ ސޮސިއެޑާޑަށް ބަދަލުވީ އެވެ. އެ ޓީމާ އެކު ސޮއިކުރި ކޮންޓްރެކްޓް ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox