ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން ކާމިޔާބު ކުރާނީ ކޮން ދެ ޓީމެއް؟

Aug 24, 2022, 8:28 AM
ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން ކާމިޔާބު ކުރާނީ ކޮން ދެ ޓީމެއް؟

އަށް އަހަރު ތެރޭ ފުރަތަމަ ފަހަރަށް، ހަތަރު ޓީމުގެ މެދުގައި ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން (ރެލިގޭޝަން ބުރެއް) ކުޅެން މި ފަހަރު މި ވަނީ ތައްޔާރުވެފަ އެވެ. އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ފަހު ދެ ޖާގަ ކަނޑައެޅުމަށް މިއަދު ފަށާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ވާދަކުރަނީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދިޔަ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ އިތުރުން ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން، ބުރު ސްޕޯޓްސް ކްލަބް އަދި ރަނަރަޕަށް ދިޔަ، ކްލަބް ޓީނޭޖް އެވެ.

މި ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅެފައި އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަކަށް އަންނަ އަހަރުގެ ފުރަަތަމަ ޑިވިޝަނުގެ ޖާގަ ޔަގީންވާނެ އެވެ.

ރާއްޖޭގެ ތާރީހުގައި ބޭއްވި އެންމެ ފޯރިގަދަ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ނިމުނުއިރު، އެ މުބާރާތުން ކޮލިފިކޭޝަނަށް އައި ދެ ޓީމު ވެސް ފެންނަނީ ވަރުގަދަ ކޮށެވެ. އެންމެ ފަހުން ބޭއްވި ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތާއި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބުރުން އޮތީ ސަތޭކަ ޕަސެންޓް ރެކޯޑެއްގަ އެވެ. ކްލަބް ޓީނޭޖުން ވެސް ދެ ވަނަ ޑިވިޝަނަށް ފަހު، އަނިޔާގެ މައްސަލަތަކުން ލުޔެއް ހޯދައި، ކޮލިފިކޭޝަނަށް ތައްޔާރުވާނެ އެވެ.

ބުރުގެ ކޯޗު އާފިއު މުހައްމަދު ހާމިދު (އާފީ)، ހުރީ ދެ ވަނަ ޑިވިޝަނުގެ ކާމިޔާބީއާ ހަމައިން ވެސް އަސްލު ފޯކަސް އަށް ސަމާލުވެގެންނެވެ. އެ ޓީމުގެ މައިގަނޑު ޓާގެޓަކީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވުމެވެ. އެ އަށް ފޯކަސް ކޮށްގެން އެ ކްލަބުން ގިނަ މަސައްކަތްތަކެއް ވަނީ މިހާތަނަށް ވެސް ކޮށްފަ އެވެ.

އެފްއޭ ކަޕްގެ ތިން ވަނަ ހޮވާ މެޗު ނުކުޅެ ދޫކޮށްލަން ސަސް އިން ނިންމީ ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުންނެވެ. މުސާރައިގެ މައްސަލަތަކާ އެހެނިހެން ކަންކަމުގެ ސަބަބުން ސަސް އަށް މި ސީޒަނުގައި ގިނަ ކުޅުންތެރިންތަކެއް ނުލައި ގިނަ މެޗުތަކެއް ކުޅެން ޖެހުނެވެ.

އެހެން ނަމަވެސް، މި ވަގުތުގެ ހާލަތަށް ބަލާއިރު، އިސްމާއިލް މަހަފޫޒް (އިންމަ)ގެ ކޯޗުކަމުގައި ކުޅޭ ސަސް އިން މިހާރު އޮތީ ސްކޮޑުގައި ތިބި ގިނަ ކުޅުންތެރިންނާ އެކު ރަނގަޅު ރޫހެއްގައި ފުރަތަމަ ޑިވިޝަނުގައި މަގާމު ދިފާއުކުރަން ބޭނުންވެފަ އެވެ.

ކ.މާފުށީ ޒުވާނުންގެ މައްޗަށް ބަރޯސާވެފައި އޮތް ދަ ގްރާންޑޭ އިން އަހުމަދު ނާޝިދު (ނާދު)ގެ ކޯޗުކަމުގައި މުޅި ސީޒަނަށް ބަލާއިރު، ވަރަށް ރަނގަޅަށް ކުޅެފައި، ނަތީޖާ ގޯސްކޮށް ދިޔަ ގިނަ މެޗުތަކެއް އެބަހުއްޓެވެ. އެކަންކަމުން ފިލާވަޅު ނަގައި، ދަ ގްރާންޑޭ އިން ސީޒަން ނިންމާލިއިރު، އޮތީ ކޮލިފިކޭޝަން ބުރުގައި ރަނގަޅު ކުޅުމެއް ދެއްކޭ ވަރަށް ޓީމުގެ ހާލަތު ރަނގަޅުކޮށްފަ އެވެ.

މީގެ ކުރިން ކްލަބް ވެލެންސިއާ ގޮވައިގެން ރެލިގޭޝަން ބުރެއް ކުޅުނު ނާދު ހުރީ ދަ ގްރާންޑޭ ފުރަތަމަ ޑިވިޝަނުގައި ބާއްވަން ކުރަން ޖެހުނު މަސައްކަތް ކުރަން އަމާޒުހިފައިގެންނެވެ.

ކޮލިފިކޭޝަން ބުރުުގެ މާޒީ އަށް ކަޅިއެއް

އެންމެ ފަހުން ހަތަރު ޓީމުގެ މެދުގައި ކޮލިފިކޭޝަން ބުރެއް ކުޅެން ނިންމީ 2018 ވަނަަަ އަހަރު އެވެ. އެ ފަހަރު މާލޭ ލީގުގެ ފުލަށް ދިޔަ ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅޭ ގޮތަށް އޮތީ އޭގެ ކުރިން އަހަރުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ކްލަބް ޒެފްރޯލާއި ރަނަރަޕަށް ދިޔަ ކުޑަހެންވޭރު ޔުނައިޓެޑް އެވެ. ޒެފްރޯލާއި ކުޑަހެންވޭރަށް އެ ވަގުތު ދިމާވެފައި އޮތް މާލީ ހާލަތުގެ ސަބަބުން ކުޅެވެން ނެތުމުންނެވެ.

އެހެންވެ، އެ ފަހަރު، ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީގެ ދެމެދުގައި ދެ ލެގަށް ޕްލޭއޮފެއް ކުޅުނުއިރު، ވެލެންސިއާ ވީ ރެލިގޭޓެވެ.

ދެ ވަނަ ޑިވިޝަނުން އައި ޓީމެއް އެންމެ ފަހުން ކޮލިފިކޭޝަން ބުރެއް ކުޅެގެން ފުރަތަމަ ޑިވިޝަނަށް އެރީ 2014 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބް އެވެ. ޓީސީން އެ ފަހަރު ނުކުތީ ދިވެހި ލީގުގެ ފުލަށް ދިޔަ ބީޖީ ސްޕޯޓްސް ކްލަބާއި އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އަދި ދެ ވަނަ ޑިވިޝަނުގެ އެ ފަހަރުގެ ރަނަރަޕް، ޔުނައިޓެޑް ވިިކްޓަރީއާ ދެކޮޅަށެވެ.

އެ ފަހަރު، ބީޖީ އާއި ޓީސީ ފުރަތަމަ ދެ ޓީމުގެ ގޮތުގައި ކޮލިފިކޭޝަން ނިންމައި ފުރަތަމަ ޑިިވިޝަނުން ފުރުސަތު ހޯދިއިރު، ޔުނައިޓެޑް ވިކްޓްރީ އާއި އޭވައިއެލް ދިޔައީ ފުލަށެވެ. ޔުނައިޓެޑް ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް އަރަން އިންތިޒާރު ދިގުވިއިރު، ރެލިގޭޓްވީ 2009 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އައި އޭވައިއެލް އެވެ.

މިދިޔަ އަހަރުތަކުގައި ގިނަ ޓީމުތަކެއް ވަނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެންނާއި ފައިނަލުގައި ކުޅެގެން ވެސް ފުރަތަަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.

އެ ގޮތުން 2015 ވަނަ އަހަރު، ދެ ވަނަ ޑިވިޝަން ކާމިޔާބު ކޮށްގެން ޔުނައިޓެޑް ވިކްޓްރީ ފުރަަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި އެވެ. ޖެހިގެން އައި އަހަރު، 2016 ގައި ކްލަބް ގްރީން ސްޓްރީޓްސް ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށްގެން ފުރަތަމަ ޑިވިޝަނަށް އަ އެވެ. އެ އަށް ފަހު، 2017 ވަނަ އަހަރު ދަ ގްރާންޑޭ އިން ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި އެވެ.

އެންމެ ފަހުން ދެ ވަނަ ޑިވިޝަން ކުޅެގެން 2020 ވަނަ އަހަރު ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް އަ އެެވެ. އެއީ ޗެމްޕިއަން ވެލެންސިއާ އާއި ރަނަރަޕަށް ދިޔަ ސަސް އެވެ. ސަސް އަށް ޖާގަ ދިނީ އޭރު ސަސްޕެންޑްވެފައި އޮތް ނިއު ރޭޑިއަންޓް ދެ ވަނަ ޑިވިޝަނަށް ވެއްޓުމުންނެވެ.

މި ފަހަރު ކޮލިފިކޭޝަން ކުޅޭ ހަތަރު ޓީމުގެ ތެރެއިން ދެ ޓީމެއް އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނެ އެވެ. ފަހަތަށް ދާ ދެ ޓީމެއް ކުޅެން ޖެހޭނީ ދެ ވަނަ ޑިވިޝަނުގަ އެވެ.

ކޮލިފިކޭޝަން ޝެޑިއުލް

24 އޮގަސްޓް: ސަސް - ބުރު (16:00)

24 އޮގަސްޓް: ޓީނޭޖް - ދަ ގްރާންޑޭ (21:00)

27 އޮގަސްޓް: ސަސް - ޓީނޭޖް (16:00)

27 އޮގަސްޓް: ދަ ގްރާންޑޭ - ބުރު (21:00)

30 އޮގަސްޓް: ބުރު - ޓީނޭޖް (16:00)

30 އޮގަސްޓް: ސަސް - ދަ ގްރާންޑޭ (21:00)

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox