'ހައުސް އޮފް ޑްރޭގަން' އަށް ފުރަތަމަ ރޭ ވެސް ބޮޑު ކާމިޔާބީއެއް

Aug 24, 2022, 2:25 AM
'ހައުސް އޮފް ޑްރޭގަން' އަށް ފުރަތަމަ ރޭ ވެސް ބޮޑު ކާމިޔާބީއެއް

'ހައުސް އޮފް ޑްރެގަން' ޕްރިމިއާކުރި ދުުވަހު 10 މިލިއަން މީހުން އެޗްބީއޯ މެކްސް އިން ފުރަތަމަ އެޕިސޯޑް ބަލާފައިވާކަމަށް އެ ސްޓްރީމިން ސާވިސް އިން ބުނެފި އެވެ. މިއީ އެޗްބީއޯގެ ތާރީހުގައި ވެސް، އާ ސީރީޒެއްގެ ޕްރިމިއާ ދުވަހު މިހާ ބޮޑު އޯޑިއަންސެއް ލިބުނު ފަހަރެވެ - ސީރީޒް ދައްކަން ފެށީ އާދީއްތަ ދުވަހުގެ ރެއެވެ.

ސްޕޮއިލާ އެލާޓް!

ހައުސް އޮފް ޑްރެގަން އަކީ، އެޗްބީއޯ އިން މީގެ ކުރިން ގެނެސްދިން 'ގޭމް އޮފް ތްރޯންސް' ގެ ޕްރީކުއެލް ސީރީޒް އެކެވެ. ފުރަތަމަ އެޕިސޯޑުން ފެންނަނީ، ގޭމް އޮފް ތުރޯންސް ގައި ހިނގާފައިވާ ކަންކަމުގެ 200 އަހަރު ކުރީގެ މާޒީގެ މުހިއްމު ހާދިސާތަކެކެވެ. ދުނިޔޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދި ގޭމް އޮފް ތްރޯންސް ނިމި މި ސީރީޒްގެ ވާހަކަ އެޗްބީއޯ އިން އާންމުކުރުމާއެކު ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.

ޖޯޖް އާރްއާރް މާޓިންގެ ހިޔާލީ ވާހަކަ 'ފަޔާ އެންޑް ބްލަޑް' ގެ މައްޗަށް ބިނާކޮށްފައިވާ މި ސީރީޒްގައި ދައްކައިދެނީ 'ހައުސް އޮފް ޓާގޭރިއަން' ގެ ތެރޭގައި ތަހުތުގެ ދަހިވެތިކަމުގައި ފަށާ ސިޔާސީ ހަގުރާމަ އެކެވެ.

ތަހުތަށް ވާދަވެރިކަން ބޮޑުވެ، ވެރިކަން ކުރާ ޓާގޭރިއަން އާއިލާ ތެރޭގައި ހަސަދައިގެ ހުޅު ފަޅައިގެން ދަނީ، ސީރީޒް ފެށޭ އިރު ވެރިކަން ކުރާ ރަސްގެފާނަށް ފިރިހެން ދަރިއަކު ނުލިބުމުން އޭނާ އަށްފަހު ދެން ވެރިކަމަށް އަންނާނެ މީހަކަށް އަންހެން ދަރިފުޅު، ޕްރިންސަސް ރިނޭރާ ޓާގޭރިއަން ހަމަޖެއްސުމާ ގުޅިގެންނެވެ. ސީރީޒް ފެށޭ އިރު، ރަސްގެފާނަށް ފިރިހެން ދަރިއަކު ނެތުމުން، ތަހުތު ވާރުތަކުރާނެ ކަމަށް މީހުންނަށް ގަބޫލުކުރެވިފައި އޮތީ ރަސްގެފާނުގެ ފިރިހެން ކޮއްކޮ، އޭގަން ޓާގޭރިއަން އަށެވެ. އެކަމަކު އޭނާގެ ހުންނަ ހަރުކަށި ކަމާއި ރަހުމްކުޑަ ކަމުގެ ސަބަބުން ރަސްގެފާނުގެ އަރިސް މީހުންގެ ލަފާގެ މަތިން ތަހުތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން، ރާނީއެއްގެ ގޮތުގައި ރިނޭރާ ހަމަޖައްސަ އެވެ.

މި ސީރީޒަށް ފުރަތަމަ ރޭ ލިބުނު ބޮޑު ކާމިޔާބީއާ އެކު ދެން ވެސް އޮތީ ވަރަށް ކާމިޔާބު ދުވަސްތަކެއް ކަމަށް ލަފާކުރެވެ އެވެ. ސީރީޒް ތަކާއި މޫވީސް ރޭޓްކުރާ ރޮޓެން ޓޮމާޓޯ ވެބްސައިޓުގައި 76 ޕަސެންޓް މީހުން ދީފައިވަނީ ވެސް ޕޮޒިޓިވް ރިވިއުސް އެވެ.

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox