ބާސެލޯނާ އާއި ޕީއެސްޖީ ހިމެނޭ، ޔުއެފާ އިން 10 ކްލަބެއްގެ މާލީ މައްސަލަތަކެއް ބަލަނީ

Aug 23, 2022, 5:48 PM
ބާސެލޯނާ އާއި ޕީއެސްޖީ ހިމެނޭ، ޔުއެފާ އިން 10 ކްލަބެއްގެ މާލީ މައްސަލަތަކެއް ބަލަނީ

ޒިއުރިކް, ސްވިޒަލެންޑް (އޮގަސްޓް 23) - ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެފައިވާތީ ޔުއެފާ އިން 10 ކްލަބެއްގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ޔުއެފާ އިން މައްސަލަ ބަލަން ފަށާފައިވާ ކްލަބްތަކުގެ ތެރޭގައި ބާސެލޯނާ އާއި ޕީއެސްޖީ އަދި އާސެނަލް ހިމެނެ އެވެ. ދެން އެ ލިސްޓުގައި އޮތް ކްލަބްތަކުގެ ތެރޭގައި ނަން ހާމަވެފައިވަނީ ޔުވެންޓަސް، މާސޭ، އިންޓަ މިލާން އަދި ރޯމާ އެވެ.

އިނގިރޭސި ނޫސް، ދި ޓައިމްސް އާއި ފްރާންސްގެ މީޑިއާ، ލެކިއުޕޭ އަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ޔުއެފާ އިން މައްސަލަ ބަލަނީ މި 10 ކްލަބްގެ މާލީ ރިޕޯޓްތަކަށް ބަލާއިރު، އެފްއެފްޕީގެ ގަވާއިދުތަކަށް ފެތޭ ވަރަށް ވުރެ ބޮޑަށް ހަރަދުކޮށްފައިވާތީ އެވެ.

މިހާރު އަމަލުކުރަމުން އަންނަ އެފްއެފްޕީ ގަވާއިދުގައިވާ ގޮތުން ކްލަބެއްގެ ދަރަނި ތިން އަހަރަށް ބަލާއިރު، 40 އިންސައްތަ އަށް ވުރެ މަތީގައި އުޅޭނަމަ އެ ކްލަބަކަށް ހަރަދުކުރެވޭނީ ޓްރާންސްފާ މާކެޓެއްގައި ވަކި މިންވަރަކަށެވެ. އެ ގޮތުން ބަލާއިރު، ދި ޓައިމްސް އިން ރިޕޯޓްކޮށްފައިވާ އާސެނަލްގެ މައުލޫމާތުތަކުން ފެންނަނީ އާސެނަލަށް މިދިޔަ ތިން އަހަރު ގެއްލުމުގެ ގޮތުގައި 213 މިލިއަން ޕައުންޑް ރެކޯޑް ކުރެވިފައިވާއިރު، އެ ކްލަބުން ވަނީ 218 މިލިއަން ޕައުންޑް ޓްރާންސްފާ ފީގެ ގޮތުގައި ހަރަދުކޮށްފަ އެވެ.

މިދިޔަ ދެ އަހަރު ތެރޭ ބާސެލޯނާ އާއި ޕީއެސްޖީން ބޮޑު އަގުގައި ގިނަ ޓްރާންސްފާތަކެއް ކޮށްފައިވާއިރު، ޔުއެފާ އިން ބޭނުންވާ ވަރަށް ލިޔެކިޔުން ހުށަހަޅާފައިނުވާ ކަމަށް ލެކިއުޕޭ އިން ރިޕޯޓްކޮށްފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުއެފާ އިން މި 10 ކްލަބަށް ފިޔަވަޅު އަޅާއިރު ފުރަަތަމަ ބަލާނީ ޖޫރިމަނާއެއް ދައްކަން ޖެހޭ ގޮތަށެވެ. އެކަމަކު، އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެފްއެފްޕީއާ ހިލާފުވެފައިވާ ކްލަބެއް ނަމަ އިތުރު ފިޔަވަޅު އަޅާނެ އެވެ. އޭގެ ތެރޭގައި ޔޫރަޕްގެ މުބާރާތްތަކުގައި ރަޖިސްޓްރީ ކުރެވޭ ކުޅުންތެރިންގެ އަދަދު މަދުކުރުން ވެސް ހިމެނެ އެވެ.

އެފްއެފްޕީ ބަދަލަކާ ދިމާލަށް

އެފްއެފްޕީ ވުޖޫދުވީ 2009 ވަނަ އަހަރު ޔުއެފާގެ ރައީސަކަށް މިޝޭލް ޕްލަޓީނީ ހުންނެވިއިރު އެވެ. އެ ގަވާއިދު އެ ގޮތަށް އޮތް ނަމަވެސް މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ ފަދަ ކްލަބްތަކުން އުސޫލުން ބޭރުން ބޮޑު ހަރަދުތައް ކުރާއިރު، އެ ޓީމުތަކުގެ މައްސަލަ އެކަށީގެންވާ ވަރަށް ނުބެލޭތީ އެފްއެފްޕީ އަކީ "ދަތް ނެތް ސިންގާ" އެއް ކަމަށް ފުޓްބޯޅަ ދިރާސާކުރާ ގިނަ ފަރާތްތަކުން ސިފަކުރެ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ފުޓްބޯޅަ ކްލަބްތަކަށް ލިބޭ ގެއްލުން ކުޑަކުރަން އެފްއެފްޕީ އަށް އަމަލުކުރުން ސަސްޕެންޑްކުރަން މިދިޔަ އަހަރު ޔުއެފާ އިން ނިންމި އެވެ. ދާދި ފަހުން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން ކޮވިޑާ ހެދި އެކި ގޮތްގޮތުން ޔޫރަޕްގެ ފުޓްބޯޅަ އަށް ލިބިފައިވާ ގެއްލުުމުގެ ޖުމްލަ އަދަދު 10 ބިލިއަން ޑޮލަރަށް އެރުމުގެ ފުރުސަތު ބޮޑެވެ.

މިދިޔަ އަހަރު ޔުއެފާ އިން ނިންމާފައިވަނީ 2020 އާއި 2021 ވަނަ އަހަރު ކުރާ ހަރަދުތައް ނިންމާނީ އެއް އަހަރުގެ ޓްރާންސްފާ މާކެޓެއްގެ ގޮތުގައި ކަމަށެވެ. އެހެންވެ، މި މުއްދަތު ތެރޭ މަހުޖަނު ހިންގާ ކްލަބްތަކަށް އެ ޓީމު ތަކުގެ ވެރިންގެ ޖީބުން ބަޖެޓެއް ފޯރުކޮށްދެވޭނެ އެވެ. އަދި ޔުއެފާ އަށް ހުށަހަޅަން ޖެހޭ ކަރުދާހުގައި އެކަންކަން ރަނގަޅަށް ފުރިހަމަ ކުރަން ޖެހޭއިރު، ޔުއެފާ އަށް ސާބިތުކޮށްދޭން ޖެހެނީ ކްލަބްގެ ވެރިން ޓީމަށް ކުރި ހަރަދަކީ ކޮވިޑް-19ގެ ސަބަބުން ލިބުނު ބަދަލެއްގެ ގޮތުގައި ކުރަން ޖެހުނު ހޭދަކަން ކަމަށެވެ.

ޔުއެފާ އިން މިިދިޔަ އަހަރު ވަނީ އެފްއެފްޕީގެ ކަންކަމަށް ބަދަލު ގެނައުމުގެ ކަންކަމުގެ ތެރެއިން އެކިއެކި ފަރާތްތަކުގެ ހިޔާލު ހޯދައިފަ އެވެ. އެ ގޮތުން ޔޫރަޕިއަން ޕާލިއަމަންޓާއި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގެ އިތުރުން ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އިން ވަނީ އެފްއެފްޕީއާ ގުޅޭގޮތުން ޔުއެފާ އަށް އެކި ހިޔާލު ހުށަހަޅައިފަ އެވެ.

ޔުއެފާ އިން މަޝްވަރާކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، އާ ގަވާއިދަށް ކްލަބްތައް އަހުލުވެރިކުރަން ސެމިނާތަކެއް އެންމެ ފުރަތަމަ ހިންގާނެ އެވެ. ގަވައިދަށް އިތުރުކުރާ ކަންކަމަށް ބަލާއިރު ކްލަބްތަކަށް ކުރިއަށް އޮތްތަނުގައި ހަރަދުކުރެވޭނީ ކްލަބަށް ލިބޭ ފައިދާގެ ވަކި ޕަސެންޓެއްގެ އިތުރުން ކުޅުންތެރިން ވިއްކައިގެން ލިބޭ އާމްދަނީ އެވެ. އަދި ވަކިވަރަކަށް ވުރެ އަގު ބޮޑު ޓްރާންސްފާއެއް ކުރާނަމަ "ލަގްޒަރީ ޓެކްސް" އެއް ދައްކަން ޖެހޭނެ އެވެ.

އަދި ކްލަބްތަކުން ކުޅުންތެރިންނަށް މުސާރަ ދެވޭނެ ޖުމްލަ ބަޖެޓެއް ޔުއެފާ އިން ކަނޑައަޅާނެ އެވެ. މާނަ އަކީ ކްލަބްގެ މުސާރައިގެ ޖުމްލަ އޮނިގަނޑު ހެދޭނީ ކްލަބަށް ލިބޭ ފައިދާތަކަށް ބެލުމަށް ފަހު އެވެ. އެއީ އަހަރަކު އެއް ފަހަރު ކްލަބްގެ މާލީ ރިޕޯޓް ފުރިހަމަ އަށް އޮޑިޓްކުރުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox