ހުލާސާކޮށް އިއްޔެ: އަލީ ސޯލިހަށް ހަމަލާ ދީ ޒަހަމް ކޮށްލުން

Aug 23, 2022, 1:35 AM
އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް މީހަކު ވަޅިން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއަކުން ނަގާފައިވާ މަންޒަރުތަކެއް.

އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް މީހަކު ވަޅިން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއަކުން ނަގާފައިވާ މަންޒަރުތަކެއް.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ވަޅިއަކުން ހަމަލާދީ އޭނާ ޒަހަމްކޮށްލީ އިއްޔެ އެވެ.

އަލީ ސޯލިހަށް ހަމަލާ ދިން ވީޑިއޯ އާންމު ވެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ހަމަލާ ދީފައި ވަނީ ހުޅުމާލޭގެ މައި މަގެއްގައި އޭނާ ސައިކަލް ދުއްވާފައި ދަނިކޮށް ހުއްޓުވުމަށް ފަހު އެވެ. އެ ހަމަލާއިން އޭނާ ސަލާމަތްވީ ކިރިޔާ އެވެ.

ވީޑިއޯއަކުން ފެންނަ ގޮތުގައި ސައިކަލެއްގެ މަތީގައި އިން އަލީއަށް ހަމަލާދިން މީހާ ގައިގާ ހުރިހާ ބާރެއް ލާފައި ވަޅިއަޅަން މަސައްކަތްކުރީ އަލީގެ ކަރުގަ އެވެ. ފުރަތަމަ ފަހަރު އޭނާ ވަޅި މަޅައިލުމުން އަލީ ދިފާއުވީ ހަމަލާދިން މީހާއާ ދުރަށް އަރިވެގެންނެވެ. ދެވަނަ ފަހަރަށް އޭނާ ހަމަލާ ދިނީ ވީޑިއޯއިން ފެންނަ ގޮތުގައި އަލީގެ ކުރިމަތިން ވަރަށް ކައިރިއަށް ޖެހި ހުރެ އެވެ.

Advertisement

ކަރުގައި ވަޅި އަޅަން އުޅުމުން އަލީ އޭނާގެ ވައަތް ހުރަސްކޮށް އެ ހަމަލާއިން ސަލާމަތްވެ، ސައިކަލް ދޫކޮށްލާފައި ދުވެފައި ދާތަން ވީޑިއޯއިން ފެނެ އެވެ.

އެވަގުތު މަގުމަތީގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން، ހަމަލާދިން މީހާއާ ދިމާލަށް ދިޔަކަން ވީޑިއޯއިން އެނގެ އެވެ.

"އަޅުގަނޑު ހުރީ ސައިކަލުގައި. އޭނާ ވެސް ސައިކަލުގައި ފަހަތުން އައިސް ފުރަތަމަ ހަޅޭއްލެވީ. ފަހުން ދަބަހުން ވަޅިއެއް ނަގައި ހަމަލާދިނީ،" އަލީ ސޯލިހު ކިޔައިދިނެވެ.

އޭނާ ވިދާޅުވީ ހަމަލާދިން މީހާގެ ވަޅި އޭނާގެ ކަރަށް އަމާޒުނުވީ އަތް ނެގުމުން ކަމަށެވެ. ނަމަވެސް އަތަށް ގެއްލުންވި ކަމަށާއި މިހާރު އެކަމަށް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.

އަލީ ސޯލިހަށް ހަމަލާދިން މީހާ މިހާރު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. އެއީ ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި ހަޅޭއްލެވި މައްސަލައެއްގައި މީގެ ކުރިން ހައްޔަރު ކުރި މީހާ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އަލީ ސޯލިހަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތް ހަރުދަނާވާން ޖެހޭ ކަމަށެވެ. ނަޝީދު ކުރެއްވި ޓުވީޓެއްގައި ސިފަކުރެއްވި ގޮތުގައި ރާއްޖޭގައި ހިންގަނީ އިންތިޒާމްވެގެން ހިންގާ ހަރުކަށި ފިކުރުމުގެ އަމަލުތަކެވެ.
  • މާލޭ އޯކިޑްމަގުގައި ހުންނަ މީޑިއާނެޓްގެ އޮފީހަށް ބަޔަކު ވަދެ ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ރޭ ފުލުހުން ބުންޏެވެ. ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެކެވެ.
  • ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރުމާގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ތިމާވައްޓާ ބެހޭ މިނިސްޓްރީން "ފަސްގަނޑު"ގެ ނަމުގައި ގައުމީ ކެމްޕެއިނެއް އިއްޔެ ފެށި އެވެ.
  • ރަށު ކައުންސިލްތައް ހިންގުމުގައި އިސްލާހު ކުރަންޖެހޭ ބައެއް ކަންކަން އެމަނިކުފާނަށް ފާހަގަ ކުރެއްވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ،
  • އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކުވި މައްސަލައިގައި، ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ހިމެނޭ ގޮތަށް އެ ވީޑިއޯތަކުން ފެންނަ ހަތަރު މީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅައިފި ކަމަށް ރިޕޯޓްކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ:

ޖުމްހޫރީ ޕާޓީގެ ތަރުމާނު އަލީ ސޯލިހަށް ދިން ހަމަލާ އިންތިހާއަށް ކުށްވެރިކުރަން. ރާއްޖޭގައި އިންތިޒާމްވެގެން ހިންގާ ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތް މާބޮޑަށް ހަރުދަނާވެ، އިތުބާރު ހިފެން ޖެހޭ،"

ދުވަހުގެ ފޮޓޯ

އެމްއެންޔޫއިން ބާއްވާ "ތެވެލި ބައިނަލްއަޤުވާމީ މަހާސިންތާ 2022" އިފުތިތާހު ކުރުމުގެ ރަސްމިއްޔާތަށް ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ އެމްއެންޔޫއަށް ވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
އެމްއެންޔޫއިން ބާއްވާ "ތެވެލި ބައިނަލްއަޤުވާމީ މަހާސިންތާ 2022" އިފުތިތާހު ކުރުމުގެ ރަސްމިއްޔާތަށް ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ އެމްއެންޔޫއަށް ވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އެމްއެންޔޫއިން ބާއްވާ "ތެވެލި ބައިނަލްއަޤުވާމީ މަހާސިންތާ 2022" އިފުތިތާހު ކުރުމުގެ ރަސްމިއްޔާތަށް ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ އެ ޔުނިވާސިޓީ އަށް ވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox