ފީފާ ސަސްޕެންޝަނުން ސަލާމަތްވާން އިންޑިއާ ސުޕްރީމް ކޯޓުގެ މުހިންމު ނިންމުމެއް

Aug 22, 2022, 10:56 AM
2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން އިންޑިއާގެ ސަޕޯޓަރުންތަކެއް އެ ގައުމުގެ ދިދަ ހިފައިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން އިންޑިއާގެ ސަޕޯޓަރުންތަކެއް އެ ގައުމުގެ ދިދަ ހިފައިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ނިއުދިއްލީ، އިންޑިއާ (އޮގަސްޓް 22) - ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާތީ ފީފާ އިން ސަސްޕެންޑްކޮށްފައިވާ އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) ހިންގުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އައްޔަންކުރި ތިން މެމްބަރުންގެ ކޮމިޓީގެ މަސައްކަތް ނިމުމަކަށް ގެންނަން އެ ކޯޓުން ނިންމައިފި އެވެ.

މިދިޔަ މެއި މަހު 18 ވަނަ ދުވަހު އިންޑިއާގެ ސުޕްރީމު ކޯޓުން ވަނީ އޭއައިއެފްއެފްގެ ރައީސް ޕްރަފުލް ޕަޓޭލް މަގާމުން ދުރުކޮށް އިންޑިއާގެ ފުޓްބޯޅަ ފެޑެެރޭޝަން ހިންގުން ތިން މެމްބަރުންގެ ކޮމިޓީ އަކާ ހަވާލުކޮށްފަ އެވެ. ސުޕްރީމް ކޯޓުން ކަނޑައެޅި ތިން މެމްބަރުންގެ ކޮމިޓީގައި ހިމެނެނީ ރިޓަޔަކޮށްފައިވާ ޖަޖް، އަނިލް އާރް ދޭވް، ކުރީގެ ޗީފް އިލެކްޝަން ކޮމިޝަނަރު އެސްވައި ކުރޭޝީ އަދި އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ބާސްކަރު ގަންގޫލީ އެވެ.

ސުޕްރީމް ކޯޓުން މެއި މަހު އަމުރުކޮށްފައިވަނީ، ޕްރަފުލް ޕަޓޭލްގެ ލީޑަޝިޕް އަތުން ބާރުތައް ނަގައި، މި ތިން މެމްބަރުންގެ ކޮމީޓީއާ ހަވާލުކުރުމަށެވެ. އަދި ވީ އެންމެ އަވަހަށް އިންޑިއާ ގާނޫނުގައިވާ ގޮތުގެ މަތިން، ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިހާބު ބޭއްވުމަށް ވެސް ވަނީ އަންގައިފަ އެވެ.

އެކަމަކު، ސުޕްރީމް ކޯޓުން އައްޔަންކުރި ތިން މެމްބަރުންގެ ކޮމިޓީގެ ބެލުމުގެ ދަށުން މި މަހުގެ 28 ވަނަ ދުވަހު އިންޑިއާ ފުޓްބޯޅައިގެ އިންތިހާބު ބާއްވަން ތައްޔާރުވަމުން ދަނިކޮށް، ފީފާ އިން އިންޑިއާ ސަސްޕެންޑްކުރީ މި މަހު 15 ވަނަ ދުވަހު އެވެ.

ފީފާ އިން އިންޑިއާ ސަސްޕެންޑް ކުރަން ނިންމީ އެ ފެޑެރޭޝަނާއި އޭއެފްސީގެ ވަފުދެއް އިންޑިއާ އަށް ކުރި ޒިޔާރަތުގައި ލަފާދިން އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއް ނެތި، އިންޑިއާ ފުޓްބޯޅައިގެ ކަންކަން އިންތިހާބަކާ ހަމައަށް ގެންދާތީ އެވެ. އަދި އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ބާރު ނުލިބޭ ބަޔަކަށް ވޯޓު ލުމުގެ ހައްގު ދީގެން އިންތިހާބެއް ނުބޭއްވޭނެކަމަށް ފީފާ އިން އެންމެ ފުރަތަމަ ވެސް ވަނީ އަންގައިފަ އެވެ.

ފީފާގެ ސަސްޕެންޝަނެއް އައުމުން އިންޑިއާގެ ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓި، އިންޑިއާގެ ގައުމީ ޓީމުގެ މެޗުތަކަށް ވާނެ ގޮތެއް ނޭނގި ތިބެންޖެހޭތީ ގިނަ ކުޅުންތެރިންނާއި ފުޓްބޯޅަ އެޑްމިނިސްޓްރޭޓަރުންގެ ކަންބޮޑުވުންތައް ހިއްސާކޮށް، އިންޑިއާ ސަރުކާރަށް ޕްރެޝަރު ބޮޑުކުރި އެވެ. ނަތީޖާ އަކަށްވީ، އިންޑިއާގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ސުޕްރީމް ކޯޓުގެ އެހީ އަށް އެދި ފީފާގެ ސަސްޕެންޝަނުން ސަލާމަތްވެވޭނެ ހައްލުތަކެއް ހޯދަން އެދުމެވެ.

އެ ގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ ތިން މެމްބަރުންގެ ކޮމިޓީ އަތުން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން ހިންގުމުގެ ބާރު ނަގައި، އެ ކޮމިޓީގެ ދައުރު ނިމުމަކަށް ގެނައުމަށެވެ. އަދި އިންޑިއާ ފުޓްބޯޅަ އިދާރާ ހިންގުން، އެކްޓިން ސެކްރެޓަރީ ޖެނެރަލެއްގެ ބެލުމުގެ ދަށަށް ގެންގޮސް، ފީފާ އިން އަންގާ އިސްލާހުތައް ހިމަނައިގެން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގެ އަސާސީ ގަވާއިދު ފާސްކުރުމަށެވެ.

އަދި އާ އަސާސީ ގަވާއިދެއް ފާސްކޮށް، އިންތިހާބު ބޭއްވުމަށް ދިން މުއްދަތު މި ވަނީ އެއް ހަފްތާ އަށް އިތުރުކޮށްދީފަ އެވެ.

އިންޑިއާ އިން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް އެ ގައުމުގެ ސަސްޕެންޝަނުން ސަލާމަތްވެ، އަންނަ އޮކްޓޫބަރު މަހު އިންޑިއާގައި ބާއްވަން ނިންމާފައިވާ 17 އަހަރުން ދަށުގެ އަންހެނުންގެ ފީފާ ވޯލްޑް ކަޕް އެ ގައުމުގައި ހޯސްޓް ކުރުމުގެ ފުރުސަތު އެ ގައުމަށް ލިބުމެވެ. ސަސްޕެންޝަނުން ސަލާމަތްނުވެއްޖެނަމަ އިންޑިއާ އަތުން އެ މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު އެއްކޮށް ގެއްލޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox