ލީޑްސް އިން ޗެލްސީ ބަލިކުރިއިރު، ސިޓީ އާއި ނިއުކާސަލް އެއްވަރު

Aug 21, 2022, 9:04 PM
ސިޓީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ސިޓީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ނިއުކާސަލް (އޮގަސްޓް 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑުން 3-0 އިން ޗެލްސީ ބަލިކުރިއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑް 3-3 އިން އެއްވަރުވެއްޖެ އެވެ.

ސިޓީ އެއްވަރުވުމާ އެކު ލީގުގައި ފުރަތަމަ ތިން މެޗު ނިމުނުއިރު، ސައްތަ އިން ސައްތަ ރެކޯޑަކާ އެކީ އޮތީ އާސެނަލް އެކަންޏެެެވެ.

އާސެނަލް ލީގުގެ އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ސިޓީ އާއި ތިން ވަނައިގައި އޮތް ލީޑްސް އާއި ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އާއި ފަސް ވަނައިގައި އޮތް ބްރައިޓަން އަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ.

ބްރައިޓަން ވަނީ މިރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެފަ އެވެ.

އެމެރިކާގެ ކޯޗު ޖެސީ މާޝްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލީޑްސް ދަނޑުގައި މިރޭ އެ ޓީމުން ވަނީ ޗެލްސީ ކައިރީގައި ރަނގަޅަށް ކުޅެ، މުހިންމު މޮޅެއް ހޯދައިފަ އެވެ. އަނިޔާގެ ސަބަބުން ބަދަލުތަކެއް ގެނެސްގެން ކުޅުނު ޗެލްސީ އަށް މިއީ އުނދަގޫ މެޗެކެވެ.

ލީޑްސް އިން މެޗުގެ 33 ވަނަ މިނިޓްގައި ލީޑުނެގި ގޯލަކީ ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ހެދި ގޯހަކުން ޖެހި ގޯލެކެވެ. މެންޑީ ގޯލު ކުރިމަތިން ލިބުނު ބޯޅައެއް ހިފަހައްޓަން އުޅުމުގެ ތެރޭގައި ލީޑްސްގެ ބްރެންޑެން އާރޮންސަން އެ ބޯޅަ ހޯދައި، ވަނީ ގޯލު ޖަހައިފަ އެވެ.

މެންޑީ އަތުން ލީޑްސްގެ އާރޮންސަން ބޯޅަ ހިފައިގެން ދަނީ: މި މެޗުގައި އާރޮންސަން ވަނީ ޗެލްސީގެ ފަހަތަށް ޕްރެޝަރު ބޮޑުކޮށްފައި.

އޭގެ ހަތަރު މިނިޓް ފަހުން ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައި، ރޮޑްރީގޯ ލީޑްސްގެ ލީޑުފުޅާކޮށްދިނެވެ. މިއީ މި ފަހަރު ލީގުގައި ރޮޑްރީގޯ ޖެހި ހަތަރު ވަނަ ގޯލެވެ.

ޗެލްސީގެ ރަހީމް ސްޓާލިން، ފުރަތަމަ ހާފުގައި ގޯލެއް ޖެހި ނަމަވެސް އެ ގޯލު ބަލައިނުގަތީ އޮފްސައިޑް މަގާމެއްގައި ހުރެ ޖެހި ގޯލެއް ކަމަށްވާތީ އެވެ. ދެ ވަނަ ހާފްގައި ޗެލްސީން ބަދަލުތަކެއް ގެނެސްގެން ގޯލެއް ޖެހޭތޯ ބެލި ނަމަވެސް ދެން ވެސް ލަނޑު ޖެހީ ލީޑްސް އިންނެވެ. މެޗުގެ 69 ވަނަ މިނިޓްގައު އޭރިއާތެރެއިން ރޮޑްރީގޯ ކޮންޓްރޯލް ކޮށްލި ބޯޅައެއް ހޯދައި ޖެކް ހެރިސަން ވަނީ ލީޑްސް އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

ޗެލްސީން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. މި ފަހަރުގެ ޓްރާންސްފާގައި 45 މިލިއަން ޑޮލަރަށް ޗެލްސީން ގެނައި ސެނެގާލްގެ ޑިފެންޑަރު، ކަލީދޫ ކުލިބާލީ އަށް ވަނީ މެޗުގެ 84 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. ކުލިބާލީ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ ފުރަތަމަ ހާފުގަ އެވެ.

މި މެޗުގައި ޗެލްސީން ފޮނުވާލި ރަނގަޅު ހަމަލާތަކެއް ލީޑްސްގެ ކީޕަރު އިލާން މެލިއޭ ވަނީ މަތަކޮށްފަ އެވެ.

ނިއުކާސަލް ދަނޑުގައި މިރޭ ޗެމްޕިއަން ސިޓީން ވަނީ ފަސް ވަނަ މިނިޓްގައި ބެނާޑޯ ސިލްވާ ދިން ބޯޅައަކުން އިލްކާއި ގުންޑޮގާން ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ފުލުފުލުގައި ނިއުކާސަލް އިން އެޓޭކްކޮށް، ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 28 ވަނަ މިނިޓްގަ އެވެ. ނިއުކާސަލްގެ އެލާން ސެއިން މެކްސިމައިން ނެގި ހުރަހަކުން އޭރިއާތެރެއަށް ވެއްޓިގެންފައި މި ގޯލު ޖެހީ މިގޭލް އަލްމިރޯން އެވެ.

އަލްމިރޯން މި ގޯލު ޖެހިއިރު، އަތުގައި ބޯޅަ ޖެހުނުތޯ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ވަނީ ކަށަވަރުކޮށްފަ އެވެ.

ފުރަަތަމަ ހާފު ނިމުމުގެ ކުރިން ނިއުކާސަލުން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 39 ވަަނަ މިނިޓްގައި ސެއިން މެކްސިމައިން މި ފަހަރު ދިން ބޯޅަ، ކަލުމް ވިލްސަން ވަނީ ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ނުވަ މިނިޓް ތެރޭ، ކިއެރަން ޓްރިޕިއޭ ޖެހި ހިލޭ ޖެހުމުން ނިއުކާސަލުން ދެ ގޯލުގެ ލީޑެއް ނެގި އެވެ.

ހާލަންޑް، ނިއުކާސަލް ކޮޅަށް ސިޓީގެ ދެ ވަނަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---

ސިޓީން އަލުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި ހިތްވަރެއް ލިބުނީ 60 ވަނަ މިނިޓްގައި އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ރޮޑްރީ ހުރަސްކޮށްލި ބޯޅަ ހާލަންޑް ވަނީ އެއް ފަހަރުން ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ކެވިން ޑި ބްރޭނާ ދިން މޮޅު ބޯޅައެއް އޭރިއާތެރެއިން ހޯދައި، ބެނާޑޯ ސިލްވާ ވަނީ ސިޓީ އަށް އެއްވަރުކޮށްދީފަ އެވެ.

އިތުރު ގޯލެއް ޖަހައި މެޗުން މޮޅުވާން ސިޓީ އަށް ވަގުތު އޮތް ނަމަވެސް ނިއުކާސަލް އިން ވަނީ އިތުރު ގޯލެއް ޖަހަން ސިޓީން ކުރި މަސައްކަތް ހުއްޓުވައިފަ އެވެ.

މެޗުގެ 72 ވަނަ މިނިޓްގައި ޑި ބްރޭނާ އަށް ހާފުގެ މެދެއްހާ ހިސާބުން ޓްރިޕިއޭ ކުރި ފައުލަކަށް ފުރަތަމަ ރަތް ކާޑެއް ދެއްކި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ވަނީ ރީނދޫ ކާޑަކަށް ބަދަލުކޮށްފަ އެވެ.

ނިއުކާސަލް ދަނޑުގައި މި މެޗުން ޕޮއިންޓެއް ލިބުމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޗުގައި ކަންކަން ދިޔަ ގޮތުން މިއީ ގޯސް ނަތީޖާއެކޭ ނުބުނާނެ ކަމަށެވެ.

"ނިއުކާސަލް އެ އަންނަނީ ފަހަރަކަށް ވުރެ ފަހަރެއް ވަރުގަދަ ވަމުން. އަހަންނެއް ނުބުނާނަން މެޗު ދިޔަ ގޮތް ބަލާފައި މިއީ ގޯސް ނަތީޖާ އެކޭ،" ގާޑިއޯލާ ބުންޏެވެ. "ޕްރިމިއާ ލީގު އުނދަގޫވާނެކަން މި އެނގެނީ ނަތީޖާތަކުން މި ފަހަރުގެ، ލީޑްސް އިން ޗެލްސީ ބަލިކުރުމަކީ ވެސް ހެއްކެއް. އަހަރެމެން މިދިޔަ ފަސް އަހަރު (ލީގުގައި) ކުރި މަސައްކަތަށް ބަލާއިރު އޮތީ އިތުބާރެއް،"

ގާޑިއޯލާ ބުނީ ކުރިއަށް ހުރި މެޗުތަކުގައި ސިޓީން އިތުރަށް ސަމާލުވާން ޖެހޭނެ ކަންކަން ނިއުކާސަލް މެޗުން ފާހަގަވި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox