ހިޔާލު އެއްގޮތްކޮށް އިންތިހާބު ކާމިޔާބު ކުރެވޭނެ: ނަޝީދު

ނަޝީދު, ރައީސް ސޯލިހާއެކު: އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ނަޝީދު, ރައީސް ސޯލިހާއެކު: އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި - ފޮޓޯ: އަބްދުالله އިޔާން / އަދަދު

އެމްޑީޕީގައި އޮތް ހިޔާލު ތަފާތުތައް އެއްގޮތްކޮށް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް, ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ނަޝީދު ކޮންގްރެސްއަށް ގަރާރެއް ހުށަހެޅުއްވި އެވެ. އެކަމަކު ޕާޓީ ތެރޭ އޮތް ހިޔާލު ތަފާތުވުންތަކާއެކު ނަޝީދު ނިންމެވީ އެ ގަރާރު އަނބުރާ ނެންގެވުމަށެވެ.

ގަރާރު އަނބުރާ ނެންގެވީ, ނަޝީދު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ އެހެން ގުނަންތަކާ އިތުރަށް މަޝްވަރާކޮށްގެން ކުރިއަށް ގެންދާށެވެ.

"ރައިސުލްޖުމްހޫރިއްޔާއާއެކު މަޝްވަރާކޮށްގެން އަދި ޕާޓީގެ އެހެން ވެސް ގުނަންތަކާ މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ހިމުން އެއްގޮތް އުސޫލުތަކާއި ހަމަތަކެއް ހޯދޭނެ, އެއީ އަޅުގަނޑުގެ ހިތުގަ ޝައްކު ހިނގާނެ ކަމެއް ނޫން," ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރުމާއި ހިޔާލުތައް އެއްގޮތް ކުރުމަށް އަވަސްވެ ގަންނަން ޖެހޭ ކަމަށެވެ. އެކަން ކުރިއަށް ދާނީ ދެފުށް ފެންނަ މާ ސާފު ގޮތަކަށް އެމަނިކުފާނު ވިދާޅުވި އެވެ.

"...ޔަގީންކަން އަރުވަން ބޭނުން އެކުގައި ތިބެ އެއް ހިޔާލެއްގަ ތިބެ މި ކުރިއަށް އޮތް އިންތިހާބުގައި ކާމިޔާބު ކުރެވޭނެ," ނަޝީދު ވިދާޅުވި އެވެ. "އެތައް ޒަމާނެއްވަންދެން ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކޮށް ދިނުމުގައި އަޅުގަނޑުމެންނަށް ތިބެވޭނެ,"

ގަރާރު އަނބުރާ ނަގަން ނިންމެވިކަން ކޮންގްރެސްއަށް ނަޝީދު އިއުލާން ކުރެއްވުމާއެކު, ރައީސް ސޯލިހު ވިދާޅުވީ, އެއީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.

ރައީސް ވިދާޅުވީ އެ ގަރާރުގެ ސަބަބުން ކޮންގްރެސް ތެރޭ އޮތީ ނުތަނަވަސް މާހައުލެއް ކަމަށެވެ. އެހެންނަމަވެސް, މިއަދު ނިމިގެން މި ދަނީ ފުރިހަމަ މެޗުއާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"...އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ތަފާތު ވިސްނުންތަކާއި ފިކުރުތައް ހުންނާނެ ބައެއް, ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭއިރު އަމިއްލައަށް ބޭނުންވާ ކަންތައްތަކެއް ހުރޭ. މި ހުރިހާ ކަމެއް އެއްކިބާކޮށް އަޅުގަނޑުމެން ޕާޓީއާއެކުގަ މި ގައުމާއެކު ކުރިއަށް ދާން ތިބިކަން މިއަދު ވެސް ހާމަވެގެން މި ދިޔައީ," ރައީސް ވިދާޅުވި އެވެ.

"ވަރަށް އުފަލުން މިތަނުން ނުކުމެގެން ދާނީ, މެންދުރު ވެސް ހުރި ހޫނުކަން ހަވީރު މިއޮތީ ފިނިކަމަކަށް ބަދަލުވެފައި,"

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވިސްނުން ދެން ބަހައްޓަންވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށެވެ. ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ތިބެ އެމްޑީޕީގެ ވާދަވެރިން އިންތިހާބުން ބަލި ކުރުމަށް އެއް އަޒުމެއްގައި ނުކުންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"...ޕާޓީން ކެންޑިޑޭޓެއް ކަނޑައަޅާނެ, އެކަމަށް ޕާޓީގެ ގަވައިދުގައި އުސޫލުތައް އެބަ އޮތް, އެ އުސޫލުގެ ތެރޭން ޕާޓީން އިންތިހާބު ކުރާ ކެންޑިޑޭޓެއް ހޮވައި އަޅުގަނޑުމެން އެކުގައި ނުކުންނަންވާނީ." ރައީސް ވިދާޅުވި އެވެ.

"މިއީ ބޮޑު ޕާޓީއެއް, މިއީ ފުރިހަމަ ޕާޓީއެއް, 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާ ތަނެއް ނުފެނޭ, ...މާދަމާ މިކަމައިގެން އަވަސްވެ ގަންނަންވީ,"

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox