ވަގު ގޮފިތަކުގެ ތުހުމަތާއެކު ނަޝީދަށް ނުރުހުން އަމާޒުވެއްޖެ

މެންބަރު ޝަރީފް ވާހަކަ ދައްކަވަމުން ގެންދެވިއިރު, ނަޝީދު އަތް ނަންގަވައިގެން: ވަގު ގޮފިތަކުގެ ތުހުމަތާއެކު ނަޝީދަށް ނުރުހުން ވަނީ އަމާޒުވެފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މެންބަރު ޝަރީފް ވާހަކަ ދައްކަވަމުން ގެންދެވިއިރު, ނަޝީދު އަތް ނަންގަވައިގެން: ވަގު ގޮފިތަކުގެ ތުހުމަތާއެކު ނަޝީދަށް ނުރުހުން ވަނީ އަމާޒުވެފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ގަވައިދާ ހިލާފަށް ގޮފިތައް އުފައްދައިގެން އެމްޑީޕީގެ ކޮންގްރެސްގައި މަންދޫބުން ބައިވެރިވެފައިވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެއްވުމާއެކު އެމަނިކުފާނަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުވެއްޖެ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދަށް ގެންނަން ނިންމާފައިވާ ބައެއް އިސްލާހުތަކުގެ ތެރޭ ކޮންގްރެސްމަނުންގެ ގޮތުގައި ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންނަށް ބައިވެރިނުވެވޭނެ ފަދަ އިސްލާހެއް ހިމެނެ އެވެ. އިސްލާހުގައިވާ ގޮތުން, ގޮފިތަކުގެ ރައީސުން ގެނައުމުގެ ބަދަލުގައި ދާއިރާތަކުގެ މެދުގައި ކޮންގްރެސްމަނެއް އިންތިހާބުކުރަން ޖެހޭ ގޮތަށެވެ.

އެ އިސްލާހު އެގޮތަށް ގެންނަން ވިސްނަނީ, އެމްޑީޕީގެ ޗެއާޕާސަން ފައްޔާުޒު އިސްމާއިލް ވިދާޅުވީ ކޮންގްރެސް ގާތްވުމުން ގޮފިތައް އުފައްދައި, އެ ގޮފިތައް ރަނގަޅަށް ހިންގަމުން ނުދާތީ އެވެ. އެކަމަކު އެ އިސްލާހު އެގޮތަށް އޮތުމުން, އެމްޑީޕީގެ އެންމެ އިސް ލީޑަރު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި, ގޮފިތަކުގެ ބައިވެރިވުން އިތުރު ކުރެވޭނެ ގޮތަކާމެދު ކޮންގްރެސްގައި މަޝްވަރާ ކުރުމަށް އެދިވަޑައިގެންފަ އެވެ. އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ގޮފިތަކަކީ ޕާޓީއަށް މުހިންމު ބައެއް ކަމަށްވާއިރު, އިސްލާހާމެދު ފުންކޮށް ވިސްނާލަން ޖެހެ އެވެ.

އޭގެފަހުން ވާހަކަ ދައްކަވަމުން ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވަނީ މިހާރު ކުރިއަށްދާ ކޮންގްރެސްއަށް ވެސް ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުން އައިސްފައިވަނީ ގަވައިދާ ހިލާފަށް އިންތިހާބުވެގެން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ޝިފާޒު ވިދާޅުވި ގޮތުގައި, ގޮފިތައް ހަދާފައިވަނީ ގަވައިދާ ހިލާފަށްކަން އެންމެންނަށް ވެސް އެނގޭ ކަމާއި އެ ސުވާލު އަމިއްލަ ނަފުސާކޮށްލުމަށް އެދޭ ކަމަށެވެ.

ޝިފާޒުގެ އެ ތުހުމަތާއެކު މަރަދޫ ދާއިރާ ދާއިރާގެ އިބްރާހިމް ޝަރީފް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީ މިއޮތް ހިސާބަށް ގެނައުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ގޮފިތަކުގެ އަގު ވައްޓާލައި, އެއީ ގަވައިދާ ހިލާފަށް ހޮވާފައިވާ ބައެއް ކަމަށް ޕާޓީގެ އިސް ލީޑަރުން ވިދާޅުވާ ވާހަކައަށް އިޖުތިޖާޖު ކުރައްވާ ކަމަށެވެ. އަދި, އެކަން ކުށްވެރިކޮށް ކޮންގްރެސްގެ ނިންމުންތައް އެއީ ގަވައިދާ ހިލާފު ނިންމުންތަކެއް ކަމަށް ދެއްކުމަށް ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭ ކަމަށެވެ.

ނަޝީދުގެ ތުހުމަތާއެކު ކޮންގްރެސްގައި ނުރުހުން ފާޅުކުރި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ނަޝީދުގެ ތުހުމަތާއެކު ކޮންގްރެސްގައި ނުރުހުން ފާޅުކުރި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ނަޝީދުގެ ތުހުމަތާއެކު ކޮންގްރެސްގައި ނުރުހުން ފާޅުކުރި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވަރަށް ނުރުހުންވެ, ޝަރީފް ވާހަކަ ދައްކަވަމުން ގެންދެވިއިރު, އެތަނުގައި ތިބި ގިނަ ބަޔަކު ތަރުހީބު ދެމުންދިޔައިރު, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންނެވީ އަތް ނަގައިގެންނެވެ. އަދި, އެހެން މީހުންނަށް އިހްތިރާމްއާއެކު ވާހަކަ ދެއްކުމަށް ރިޔާސަތަށް އަންގަވަމުން ގެންދެވި އެވެ.

ޝަރީފްގެ ވާހަކަ ނިންމާލުމާއެކު, ނަޝީދު މައިކް ކައިރިއަށް ވަޑައިގެންނެވި އެވެ. އެންމެ ފުރަތަމަ ވެސް ވިދާޅުވީ ކޮންގްރެސްއަށް ގަވައިދާ ހިލާފަށް ގޮފިތަކެއް ހަދައިގެން ވަދެ ބަޔަކު ތިބިކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވުމާއެކު ތަނުގައި އަޑުގަދަވެގެން ދިޔަ އެވެ. އެމަނިކުފާނަށް ވާހަކަ ކުރިއަށް ނުގެންދެވޭ މިންވަރަށް ނުރުހުން ފާޅުކުރަމުން ދިޔައިރު, ނަޝީދުގެ ވާހަކަތަކަށް ވަރަށް ބޮޑަށް އިންކާރުކުރި އެވެ. ރިޔާސަތަށް ވެސް ތަން ކޮންޓްރޯލް ނުކުރެވުނެވެ.

އިރުކޮޅެއްފަހުން, ހަޅޭކުއަޑު މަޑުވުމުން ނަޝީދު ވާހަކަ ކުރިއަށް ގެންދެވި އެވެ. ދެން ނަޝީދު ފާހަގަ ކުރެއްވީ އެންމެންގެ ހިޔާލު އެއްގޮތް ކުރުމުގެ މުހިންމު ކަމުގެ ވާހަކަ އެވެ. އެގޮތުން, މިހާރު އިސްލާހު އޮތް ގޮތާއި, ގޮފިތަކުގެ ހިއްސާ އޮންނާނެ ގޮތެއް ހޯދުމަށް ވިސްނާލުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ޕްރައިމަރީގައި ނަޝީދަށް 2018 ގައި ވޯޓުލަނީ
ޕްރައިމަރީގައި ނަޝީދަށް 2018 ގައި ވޯޓުލަނީ

ޕްރައިމަރީގައި ނަޝީދަށް 2018 ގައި ވޯޓުލަނީ

އޭގެފަހުން ވާހަކަ ދެއްކެވި ބައެއް މަންދޫބުން ވެސް ނަޝީދަށް ރައްދުދީ ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން, ގޮފިތައް އިންތިހާބުވެފައިވަނީ ގަވައިދާ އެއްގޮތަށް ކަމާއި ނަަމަވެސް, ސިމެންތި ގަށާ މެޝިނާއި ވަޅު ފަދަ ތަކެއްޗަށް ނެގި ވޯޓާމެދު ސުވާލު އުފެދޭ ކަމަށް ބުނެފައިވެ އެވެ. އޭނާ އިޝާރާތް ކުރީ 2018 ވަނަ އަހަރު ނަޝީދު ކާމިޔާބު ކުރެއްވި ކަމަށް ބުނާ އެމްޑީޕީގެ ޕްރައިމަރީގެ އިންތިހާބަށެވެ.

ބައެއް މަންދޫބުން ވަރަށް އަސަރާއެކު ވާހަކަ ދެއްކިއިރު އައްޑޫ ސިޓީ ގޮތްޕަކަށް ނިސްބަތްވާ އަންހެނަކު ބުނި ގޮތުގައި, ޕާޓީގެ ރައީސަށް ވެސް މަގާމަށް އާދެވެނީ ގޮފިތަކުން ވޯޓުލައި, ގޮފިތަކުން ކުރާ މަަސައްކަތްތަކުގެ ސަބަބުންނެވެ. އެހެންވެ, ގޮފިތަކުގެ މައްޗަށް ތުހުމަތުކޮށް, އެމީހުން ބާކީ ކުރަން އުޅޭ އުޅުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ބުންޏެވެ.

ވަގު ގޮފިތަކުގެ ތުހުމަތު ޕާޓީގެ ރައީސް އަދި ނައިބު ރައީސް ކުރުމުން ނުރުހުން އަމާޒުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ވަގު ގޮފިތަކުގެ ތުހުމަތު ޕާޓީގެ ރައީސް އަދި ނައިބު ރައީސް ކުރުމުން ނުރުހުން އަމާޒުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވަގު ގޮފިތަކުގެ ތުހުމަތު ޕާޓީގެ ރައީސް އަދި ނައިބު ރައީސް ކުރުމުން ނުރުހުން އަމާޒުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ނަޝީދާމެދު ނުރުހުންވިއިރު, ގަރާރުގެ ބަހުސް އޮތީ ކުރިއަށް

ނަޝީދާމެދު ކޮންގްރެސްގެ ގިނަ ބަޔަކު ނުރުހުންވެ, އަޑުގަދަ ކުރިއިރު މިއަދު މެންދުރުފަހަށް ނަޝީދު ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން މަޝްވަރާ ކުރުން އެބަ އޮތެވެ. އެ ގަރާރާމެދު ގިނަ ކޮންގްރެސްމަނުންތަކެއް ދެކޮޅު ހަދާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ތާއީދާއެކު އެވެ.

ޕާޓީގެ ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފަ އެވެ. އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އަދި، ބޮޑުވަޒީރާއި ރައީސްގެ ބާރުތައް ކަނޑައެޅުމަށާއި މަޖިލީހުގެ ދާއިރާތައް ތަމްސީލުވާނެ ގޮތްތަކާއި މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި، ހާއްސަ ކުރެވޭ "ނެޝަނަލިސްޓު ލިސްޓު"ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލިސް ކަނޑައަޅާނީ މަޖިލިސް މެންބަރުންގެ ތެރެއިން ކަމަށާއި ސުޕްރީމް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމުގެ އިސްލާހު ވެސް ގެނައުމަށް ގަރާރުގައި ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox