ޖަޒުބާތީ ބަހުސަކަށް ފަހު، ގޮފިތައް ބާކީވާ އިސްލާހު ބޭރުކޮށްފި

އެމްޑީޕީ ކޮންގްރެސްގައި ފާޅުކުރެވުނު ޝޫއުރަކަށް ބައިވެރިން ތަރުހީބު ދެނީ: ގޮފިތައް ބާކިކުރެވޭ އިސްލާހު ބޭރުކޮށްލައިފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

އެމްޑީޕީ ކޮންގްރެސްގައި ފާޅުކުރެވުނު ޝޫއުރަކަށް ބައިވެރިން ތަރުހީބު ދެނީ: ގޮފިތައް ބާކިކުރެވޭ އިސްލާހު ބޭރުކޮށްލައިފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

އެމްޑީޕީ ކޮންގްރެސްގައި އެ ޕާޓީގައި އުފައްދާފައިވާ ކޮންމެ ގޮތްޕެއްގެ ރައީސަކު ބައިވެރިކުރުމުގެ ބަދަލުގައި، ވަކިވަރަކަށް މީހުން ހަމަވާ ގޮފިތަކަށް ބައިވެރިވެވޭ ގޮތަށް ޕާޓީގެ އިދާރާއިން ހުށަހެޅި އިސްލާހަށް ޖަޒުބާތީ ބަހުސެއް ކުރުމަށް ފަހު، އެ އިސްލާހު ބޭރުކޮށްލަން ނިންމައިފި އެވެ.

މި އިސްލާހު ހިމެނިފައިވަނީ ކޮންގްރެސްގެ ކުރިއަށް ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން މެންބަރުން ބޭނުންވާ އިސްލާހުތައް ހުށަހަޅަން ހުޅުވާލުމުން ހުށަހެޅުނު އިސްލާހުތައް ރިވައިޒްކޮށް އެއް ކަރުދާސްކުރުމަށް ފަހު، ޕާޓީގެ ސެކްރެޓޭރިއަޓުން ހުށަހެޅި ރިޕޯޓްގަ އެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ގޮފިތަކުގެ ބައިވެރިވުން އިތުރު ކުރެވޭނެ ގޮތަކާ މެދު ކޮންގްރެސްގައި މަޝްވަރާ ކުރަން އެދިވަޑައިގެންފަ އެވެ. އެމަނިކުފާނު ގަބޫލު ކުރައްވާ އެ އިސްލާހާ މެދު ފުންކޮށް ވިސްނާލަން ޖެހެ އެވެ.

ކޮންގްރެސްގެ ތެރެ އިތުރަށް ހޫނުވެގެން ދިޔައީ ގަވާއިދާ ހިލާފަށް ބައެއް މީހުން ގޮފި ހަދައިގެން މި ކޮންގްރެސްގައި ބައިވެރިވިކަން އެނގެން އޮންނަ ކަމަށް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ އެކުގަ އެވެ. ގިނަ ބަޔަކު އެ ވާހަކައަށް ނުރުހުން ފާޅު ކުރަން ފެށި އެވެ.

ގޮތްޕެއް ހެދެނީ 50 މީހުން ހަމަކޮށްގެނެވެ. އެކަމަކު 30 އަށް ވުރެ މަދު ނުވާނަމަ އެ ގޮތްޕެއް ދެމި އޮވެ އެވެ. އެއަށް ވުރެ ވެސް މަދުވެގެން ގޮސް، ގެތްޕެއް އުވޭނީ އެ ގޮތުގައި ހަ މަހަށް ވުރެ ގިނަ ދުވަހު އޮވެއްޖެ ނަމަ އެވެ.

ހުށަހަޅާފައި ވަނީ 100 މެންބަރުން ހަމަވާ ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާނެ މަންދޫބަކު އިންތިހާބުކޮށްގެން އެ މަންދޫބަކު ކޮންގްރެސްގައި ބައިވެރިކުރުމަށެވެ. އެހެން ނަމަ ގަވާއިދާ އެއް ގޮތަށް 50 މެންބަރުން ނޫނީ 30 މެންބަރުން ހަމަވާ ގޮފިތަކުން ވެސް ކޮންގްރެސްގައި ބައިވެރިނުވެވޭނެ އެވެ.

ކަންބޮޑުވުމާއި ހިތްހަމަނުޖެހުން އިތުރުވީ ވަގު ގޮފިތަކުގެ ތުހުމަތުތަކުގެ އިތުރަށް އިސްލާހު އެ ގޮތަށް އޮތުމުންނެވެ. ރަށްރަށުން ދިގު ދަތުރެއް ކޮށްގެން ކޮންގްރެސްގައި ބައިވެރިވާން އައިސް، އެންމެ އާންމު މެންބަރުން ހިމެނޭ ގޮފިތަކުގެ ދައުރު ހަނިކޮށްގެން ނުވާނެ ކަމަށް ޝުއޫރު ފާޅުކުރި މީހުން ބުންޏެވެ.

"ކޮންމެ 100 މީހަކަށް މަންދޫބަކު ހުންނަ ގޮތަށް ކޮންގްރެސްގެ އަދަދު ކުޑަކޮށް، ގޮފިތަކުގެ ދައުރު ހަނިކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،" ގޮފިތަކުގެ ރައީސުންގެ ޝޫއުރުތައް ދިފާއު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވި އެވެ.

ބައެއް މަންދޫބުން ވަރަށް އަސަރާއެކު ވާހަކަ ދެއްކިއިރު އައްޑޫ ސިޓީ ގޮތްޕަކަށް ނިސްބަތްވާ އަންހެނަކު ބުނި ގޮތުގައި, ރައީސުލްޖުމްހޫރިއްޔާއާއި ޕާޓީގެ ރައީސަށް ވެސް މަގާމަށް އާދެވެނީ ގޮފިތަކުން ވޯޓުލައި, ގޮފިތަކުން ކުރާ މަަސައްކަތްތަކުގެ ސަބަބުންނެވެ.

"ގޮފިތަކުގެ މައްޗަށް ތުހުމަތުކޮށް, އަޅުގަނޑުމެން ބާކީ ކުރަން އުޅޭ އުޅުމަށް އެއްވެސް ފުރުސަތެއް ނުދެވޭނެ، އަޅުގަނޑުމެން އެ ފުރުސަތު ނުވެސް ދޭނަން،" ކޮންގްރެސްގައި ގޮފިތަކުގެ ރައީސުންގެ އަޣުލަބިއްޔަތެއް އޮތް ކަން އިޝާރާތްކޮށް އައްޑޫ ސިޓީގެ ގޮތްޕަކަށް ނިސްބަތްވާ އަންހެން މެންބަރު ބުންޏެވެ.

ވަގު ގޮފިތަކުގެ ވާހަކަ ދެއްކުމުން ބައެއް މަންދޫބުން ނުރުހުން ފާޅުކުރަނީ - ފޮޓޯ : މުހައްމަދު ޝާބިން / އަދަދު
ވަގު ގޮފިތަކުގެ ވާހަކަ ދެއްކުމުން ބައެއް މަންދޫބުން ނުރުހުން ފާޅުކުރަނީ - ފޮޓޯ : މުހައްމަދު ޝާބިން / އަދަދު

ވަގު ގޮފިތަކުގެ ވާހަކަ ދެއްކުމުން ބައެއް މަންދޫބުން ނުރުހުން ފާޅުކުރަނީ - ފޮޓޯ : މުހައްމަދު ޝާބިން / އަދަދު

ގޮފިތަކުގެ ދައުރު ހަނިކުރުމުގެ ބަދަލުގައި އަދި ކޮންގްރެސްގައި ގޮފިތަކުގެ ރައީސުން ބައިވެރިނުކުރުމުގެ ބަދަލުގައި ގޮފިތައް ހިންގޭނެ ގޮތްތަކެއް ހޯދުމަށް ކޮންގްރެސްގައި ގޮފިތަކުގެ ފަރާތުން ބައިވެރިވި މަންދޫބުން އެދުނެވެ.

ރައީސް ސޯލިހްގެ ހިޔާލުފުޅާއި ކޮންގްރެސް މަންދޫބުންގެ ޝުއޫރުތަކަށް ފަހު ރިޕޯޓުން އެ ބައި އުނިކުރުމަށް ނިންމި އެވެ. ރިޕޯޓަށް ގެނެވުނު އިސްލާހުގައި އިތުރަށް ވަނީ ގޮތްޕެއް އުފައްދާއިރު ގޮފި އުފައްދާ ފަރާތް އެނގޭނެ ގޮތަކަށް އޮންނަން ޖެހޭނެ ކަމާއި، ގޮފި އުފައްދާ ފަރާތް ރައީސަށް ވެވޭނެ ކަމުގަ އެވެ.

ކުރިން ވެސް އޮތް ގޮތަށް ކޮންގްރެސްއަށް ގޮފި ރައީސުން ބައިވެރިވާ ގޮތަށް އަދި ގޮފި ރައީސް ބައިވެރިނުވެވޭ ހާލަތުގައި ގޮފީގެ ނައިބު ނުވަތަ ގޮފި ރައީސް ކަނޑައަޅާ މީހަކު ބައިވެރިވެވޭ ގޮތަށް ބާއްވަން ފާސްކުރީ 901 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދިނެވެ.

އެމްޑީޕީގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް

އެންމެ ފާހަގަކޮށްލެވޭ ބަދަލަކަށް އޮތީ ކުރިން ޕާޓީގެ ހުރިހާ މެންބަރުންނަށް ވޯޓު ލުމުގެ ހައްގު ލިބޭ ގޮތަށް އިންތިހާބު ކުރެވޭ ގޮތަށް އޮތް ޕާޓީގެ ނައިބު ރައީސްއާއި، ޗެއާޕާސަނުންގެ ނައިބުންނާއި، އަންހެނުންގެ ރޫހުގެ ނައިބު ރައީސްއާއި، ޔޫތު ވިންގްގެ ނައިބު ރައީސްގެ އިންތިހާބު ކުރިއަށް ނުގެންދިއުމަށެވެ.

ޕާޓީގެ ސެކްރެޓިއޭޓުން ހުށަހެޅި އިސްލާހުގައި ވަނީ ރައީސް އައްޔަންކުރުމުގެ ބާރު އޮންނާނީ ޕާޓީގެ ރައީސްއަށް، އަދި ޗެއާޕާސަންގެ ނައިބުން އައްޔަން ކުރާނީ ޗެއާޕާސަން ކަމަށެވެ. އެކަމަކު އެ މަގާމުތަކަށް އައްޔަން ކުރާ މީހުންނަށް ގައުމީ މަޖިލީހުގެ ރުހުން އޮންނަން ޖެހެ އެވެ.

ގައުމީ ހިންގާ ކޮމިޓީގެ އޮނިގަނޑަށް ވެސް ބަދަލުތަކެއް ގެންނަން ހުށަހަޅާފައިވެ އެވެ. އެއީ އެމްޑީޕީގެ ހުރިހާ ވަޒީރުންނާއި މަޖިލިސް މެންބަރުން ތިބުމުގެ ބަދަލުގައި، ވަޒީރުންގެ ތެރެއިން އިންތިހާބު ކުރެވޭ ފަސް ވަޒީރަކު އަދި މަޖިލިސް މެންބަރުންގެ ތެރެއިން އިންތިހާބު ކުރެވޭ 10 މެންބަރަކު ހިމެނުމަށެވެ.

މީގެ އިތުރަަށް، އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ މެންބަރުންގެ ޝަރުތުތައް ދަށްކުރަން ވެސް ފާސްކޮށްފަ އެވެ. ފާސްކުރީ އިސްލާމީ ޝަރީއާގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރުމާއި ދީން ކިޔަވައި ދިނުމުގެ ހުއްދަ އާއި ދީނީ ތަގުރީރު ކުރުމުގެ ހުއްދަ ލިބިފައިވުމުގެ ޝަރުތު އެކަނި ހިމެނުމަށެވެ.

"ތިންކް ޓޭންކް" ނަމުގައި އާ ކޮމިޓީއަކާއި "އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ" ނަމުގައި އާ ކޮމިޓީއެއް އުފައްދަން ވެސް ފާސްވި އެވެ. މި ހުރިހާ އިސްލާހުތަކާއެކު އަސާސީ ގަވައިދަށް އިސްލާހު ގެނައުމުގެ ރިޕޯޓް ވެސް 857 މަންދޫބުންގެ ވޯޓާއެކު ކޮންގްރެސްއިން ވަނީ ފާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox