ފަހު ވަގުތު ޖެހި ތިން ގޯލާ އެކު ބްރެމެން އަތުން ޑޯޓްމަންޑަށް ހިތްދަތި ބައްޔެއް

Aug 20, 2022, 8:18 PM
ބްރެމަންގެ ބާކް އެ ޓީމު މޮޅުވި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ބްރެމަންގެ ބާކް އެ ޓީމު މޮޅުވި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ބާލިން (އޮގަސްޓް 20) - ޖަރުމަނު ލީގުގައި މިރޭ ވާޑާ ބްރެމަން އިން ފަހު ވަގުތު ތިން ގޯލު ޖަހައި، 3-2 އިން ހިތްދަތި ގޮތަކަށް ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފި އެވެ.

އަމިއްލަ ދަނޑު، ސިގްނަލް އިޑޫނާ ޕާކްގައި، ޑޯޓްމަންޑުން މިރޭގެ މެޗުގެ 88 ވަނަ މިނިޓާ ހަމައަށް 2-0 އިން ކުރީގައި އޮތެެވެ. އެކަމަކު، ފަހުން ޕްރެޝަރަށް ވެއްޓި ޑިފެންސްނުކުރެވިިދިޔައިރު، މެޗު ނިމުނީ ބްރެމަން މޮޅުވެގެންނެވެ. މި ނަތީޖާ ޑޯޓްމަންޑްގެ ކުޅުންތެރިންނާއި ސަޕޯޓަރުން އަދި ކޯޗިން ޓީމަށް ވެސް ވީ ޝޮކަކަށެވެ.

ޑޯޓްމަންޑްގެ ކޯޗު އެޑިން ޓާޒިޗް ބުނީ މިއީ އެއްވެސް ގޮތަކަށް ޑޯޓްމަންޑް ބަލިވާން ޖެހޭ މެޗެއް ނޫން ކަމަށާއި މި ނަތީޖާ ނަގައިގަންނާނެ ގޮތެއް ވެސް މި ވަގުތު ބުނެދޭން އުނދަގޫ ކަމަށެވެ. އަދި ޑޯޓްމަންޑްގެ ކެޕްޓަން މާކޯ ރެއުސް ބުނީ އަމިއްލަ ދަނޑުގައި ޑޯޓްމަންޑް އަތުން އެ ގޮތަށް މެޗެއް ގެއްލުމުން ބުނާނެ އެއްޗެއް ނޭނގޭ ކަމަށެވެ.

ޑޯޓްމަންޑުން މި މެޗުގައި ލީޑުނެގީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޫލިއަން ބްރަންޑްޓް އޭރިއާ ބޭރުން ޖެހި ޝޮޓަކުން ކާމިޔާބުކުރި ގޯލުންނެވެ.

ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ޑޯޓްމަންޑަށް ލިބުނު މި މެޗުގައި އެ ޓީމުން ލީޑުފުޅާކުރީ މެޗުގެ 77 ވަނަ މިނިޓްގައި ޕޯޗުގީސް ފުލްބެކް، ރަފައެލް ގަރޭރޯ ޖެހި މޮޅު ގޯލުންނެވެ. އޭރިއާބޭރުން ލިބުނު ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ގަރޭރޯ ވަނީ އެއް ފަހަރުން ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

ބްރެމަން އިން ނަތީޖާ އަނބުރާލުމުގެ މަސައްކަތުގައި އަމަލީ ސިފައެއް ގެންނަން ފެށީ މެޗުގެ 89 ވަނަ މިނިޓުން ފެށިގެންނެވެ. ބްރެމަންގެ ފުރަތަމަ ގޯލު ޖެހީ އޭރިއާ ތެރެއިން މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ލީ ބުޗާނަން އެވެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ތިން ވަނަ މިނިޓްގައި ބްރެމަންގެ ނިކްލަސް ޝްމިޑްޓް ބޮލުން ޖެހި ގޯލުން އެ ޓީމު އެއްވަރުކުރި އެވެ. ނަތީޖާ ހަަމަހަމަކުރުމަށް ފަހު ވެސް ބްރެމަން އިން ފަސް އެނބުރި ނުބަލައި، އިތުރު ގޯލެއް ޖަހައި މެޗުން މޮޅުވި އެވެ. މި ލަނޑު ޖެހީ ކުރިން ސެފީލްޑް ޔުނައިޓެޑަށް ކުުޅުނު ސްކޮޓްލެންޑްގެ ފޯވާޑް އޮލިވާ ބާކް އެވެ.

ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ބޮރޫޝިއާ މުންޗެންގްލަޑްބެކާއި ދެ ވަނައިގައި އޮތް ޔޫނިއަން ބާލިން އަދި ތިން ވަނައިގައި އޮތް މައިންޒަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ބަޔާނުން މާދަމާރޭ ބޯކުމް ދަނޑުގައި މޮޅުވެގެން އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox