މެމްބަރުންގެ ހިޔާލު: ނިޒާމީ ދެބަސްވުމެއް އޮތުމަކުން ޕާޓީގެ ކުރިމަގަށް ގެއްލުމެއް ނެތް

އެމްޑީޕީގެ ކޮންގްރެސް ތެރެއިން ނަގާފައިވާ ފޮޓޯއެއް: ގިނަ މެމްބަރުން ގަބޫލު ކުރަނީ ކޮންގްރެސް އިން ނިންމާ ގޮތަކަށް ޕާޓީގެ ލީޑަރުން ތަބާވާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްޑީޕީގެ ކޮންގްރެސް ތެރެއިން ނަގާފައިވާ ފޮޓޯއެއް: ގިނަ މެމްބަރުން ގަބޫލު ކުރަނީ ކޮންގްރެސް އިން ނިންމާ ގޮތަކަށް ޕާޓީގެ ލީޑަރުން ތަބާވާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ފަރާތުން މިހާތަނަށް ބާއްވާ އެންމެ ބޮޑު ކޮންގްރެސް، ވެރިކަން ހިންގާ މާލޭގައި މިހާރު ކުރިއަށްދާއިރު، ސިޔާސީ ވާދަވެރިންގެ އިނގިލިތައް ހުރީ އެ ޕާޓީއާ ދިމާލަށް ދިއްކުރެވިފަ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވަމުންދާ ވަރަކަށް އާންމުންގެ ހިތުގައި އުފެދޭ ސުވާލަކީ މީގެ 17 އަހަރު ކުރިން އުފަންވި ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީގެ ދެ ބައިވީތޯ އެވެ؟

ވާދަވެރި ޕާޓީތަކުން ތުންތުންމަތިން ދައްކާ ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިވެ، ޕާޓީގައި ދެ ފެކްޝަނެއް އުފެދިފައިވާ ކަމަށެވެ.

ނަޝީދު ބޭނުންވެވަޑައިގަންނަވަނީ އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީއަކަށް ރާއްޖެ ބަދަލު ކުރުމަށެވެ. ރައީސް ސޯލިހު އެގޮތް ބޭނުންފުޅެއްނުވެ އެވެ. ވާދަވެރިން ދެކޭ ގޮތުގައި އެ ހިޔާލު ތަފާތުވުމަކީ އެމްޑީޕީގެ ބަލިފަޔެވެ. ފާޑުކިޔާ މީހުން ލަފާ ކުރަނީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ގެއްލޭނީ ދެ ރައީސުން އެއް ގަލަކަށް ނޭރުއްވިގެންނެވެ.

އެކަމަކު ހިޔާލުތަފާތުވުމަކީ އެމްޑީޕީ މެމްބަރުންނަށް މައްސަލައެއް ނޫނެވެ. އެއާ ހިލާފަށް އެ މެމްބަރުން ދެކެނީ ޕާޓީގެ ބާރަކީ ހިޔާލު ތަފާތުވުމަށް އެތެރޭގައި ޖާގަ އޮތުމެވެ. ދެ ބަސްވުން އޮތުމަކީ މޮޅު ގޮތް ކަމަށް އެމްޑީޕީގެ އާންމު މެމްބަރުންނަށް ފެނެ އެވެ.

"ބައެއް މީހުންނަށް ހީވަނީ ޑީއާރްޕީއަށް ވީ ގޮތަށް އެމްޑީޕީއަށް ވެދާނެ ކަމަށް. ނޫން، މި ޕާޓީގައި ފެކްޝަނެއް ނުއުފެދޭނެ. ދެބަސްވުމަކީ އަނެކާ ދެކެ ރުޅި އަންނަންޖެހޭ ކަމެއް ނޫން. ޕާޓީގެ ކޮންގްރެސްއިން ނިންމާ ނިންމުމަށް މި ޕާޓީގެ ހުރިހާ މެމްބަރުން ވެސް ތަބާވާނެ. ޕާޓީގެ ނިންމުމަކާ ދެކޮޅަށް މަސައްކަތެއް ނުކުރާނެ،" އެމްޑީޕީ ކޮންގްރެސް ހިނގަމުންދާ ސޯޝަލް ސެންޓަރުގެ ކެންޓީނު ކައިރި ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވި އެވެ.

"އަދަދު" ނޫހުގެ ފަރާތުން ސޯޝަލް ސެންޓަރުގައި އެމްޑީޕީގެ މެމްބަރުންނާއެކު ހޭދަ ކުރި ވަގުތުން އެނގުނު ކަމަކީ އެ ޕާޓީގެ މެމްބަރުންނަށް ދެ ބަސްވުމަކީ އާ ކަމެއް ނޫން ކަމެވެ. މި ނޫހާ ވާހަކަ ދެއްކި ބައެއް މެމްބަރުން ރިޔާސީ ނިޒާމު އޮތުމަށް އެދޭއިރު ބަރުލަމާނީ ރަނގަޅު ކަމަށް ބައެއް މެމްބަރުން ދެކެ އެވެ. އެކަމަކު އެންމެން ވެސް ގަބޫލު ކުރާ، އެއްބަސްވެވޭ އެއްކަމަކީ، ތަފާތު ހިޔާލުތަކަށް ފުރުސަތު އޮތުމަކީ އެމްޑީޕީއަށް މިހާތަނަށް ދެ ރިޔާސީ އިންތިހާބު ކާމިޔާބުވުމުގެ ސިއްރު ކަމަށެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް މިއަދު "އަދަދު" އާ ވާހަކަ ދައްކަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް މިއަދު "އަދަދު" އާ ވާހަކަ ދައްކަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް މިއަދު "އަދަދު" އާ ވާހަކަ ދައްކަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"އަޅުގަނޑު ގަބޫލު ކުރަނީ ކޮންގްރެސް ނިމިގެންދާއިރު މިހާރު ހުރި ދެބަސްވުންތަކަށް ހައްލެއް ލިބޭނެ ކަމަށް. މި ކޮންގްރެސް އިން އަނެއްކާ ވެސް ކުރިއަށް އޮތް ކޮންގްރެސްއާ ހަމައަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ދެކެން،" އއ. ތޮއްޑޫ ކައުންސިލުގެ ރައީސް އަހުމަދު ކަރަމް ވިދާޅުވި އެވެ. "އަޅުގަނޑަށް ގަބޫލު ކުރެވެނީ މި ވަގުތަށް މުހިންމީ ނިޒާމު ބަދަލު ކުރުމަށްވުރެ މި އޮތް ނިޒާމު ރަނގަޅަށް ޑިސްޕްލޭކޮށް ވައުދުތައް ފުއްދުން 2023 ގެ ކުރިން."

ކޮންގްރެސްގައި ވާހަކަ ދައްކައިގެން ނިޒާމީ ބަހުސަށް ވެސް ރަނގަޅު ހައްލެއް ހޯދޭނެ ކަމަށް އެމްޑީޕީ މެމްބަރުން ގަބޫލު ކުރެ އެވެ. އަދި، ޕާޓީގެ ނިންމުމަށް އެ ޕާޓީގެ ލީޑަރުންނާ ހަމައިން ފެށިގެން އެންމެން ވެސް ތަބާވާނެ ކަމަށް އާންމު މެމްބަރުން ދެކެ އެވެ. އެތެރޭގެ ފެކްޝަނެއް ނުއުފެދޭނެ އެއް ސަބަބަކީ އެއީ ކަމަށް މެމްބަރުން ދެކެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސޯބެ "އަދަދު" އާ ވާހަކަ ދައްކަވަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސޯބެ "އަދަދު" އާ ވާހަކަ ދައްކަވަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސޯބެ "އަދަދު" އާ ވާހަކަ ދައްކަވަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"ނިޒާމާ ގުޅޭ ގޮތުން އަދި އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތިން. ގަބޫލު ކުރެވެނީ ކޮންގްރެސް ނިމޭއިރު ވަރަށް ރަނގަޅަށް އެ މައުލޫއަށް ބަހުސް ކުރެވޭނެ ކަމަށް. މިއީ ވަރަށް ޑިމޮކްރެޓިކް ޕާޓީއެއް، އަނެކާގެ ހިޔާލަށް އިހްތިރާމް ކުރަން އެނގޭނެ އެންމެނަށް ވެސް. ޕާޓީއަށް އެންމެ ފައިދާ ހުރި ގޮތަކަށް ކޮންގްރެސް އިން ނިމޭނީ،" އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ "ސޯބެ" ސާދިގް ވިދާޅުވި އެވެ.

ބައެއް މެމްބަރުން ދެކޭ ގޮތުގައި މިހާރު މި ކުރިއަށްދާ ކޮންގްރެސްގައި ނިޒާމާ ގުޅޭ ގޮތުން ވޯޓެއް ނެގުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ކުރިން އިލްމީ ބަހުސްތަކެއް ކުރަންޖެހޭ ކަމަށް އެމީހުން ދެކެ އެވެ. އެހެންނަމަވެސް، ރިޔާސީ ނިޒާމުގެ ތެރެއިން ކޯލިޝަން ހަދައިގެން ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ހޯދަންޖެހޭ ކަމަށް ވެސް އެ މެމްބަރުން ގަބޫލު ކުރެ އެވެ.

ސޯޝަލް ސެންޓަރުގެ ބޭރުގައި ހުންނަވައި "އަދަދު" ގެ ނޫސްވެރިންނާ ޝިފާ ވާހަކަ ދައްކަވަނީ --- ފޮޓޯ: އަދަދު
ސޯޝަލް ސެންޓަރުގެ ބޭރުގައި ހުންނަވައި "އަދަދު" ގެ ނޫސްވެރިންނާ ޝިފާ ވާހަކަ ދައްކަވަނީ --- ފޮޓޯ: އަދަދު

ސޯޝަލް ސެންޓަރުގެ ބޭރުގައި ހުންނަވައި "އަދަދު" ގެ ނޫސްވެރިންނާ ޝިފާ ވާހަކަ ދައްކަވަނީ --- ފޮޓޯ: އަދަދު

އަޅުގަނޑު އެންމެ އެދޭނީ ފަރުދާގެ ބިއްދޮށުގައި ކޯލިޝަންގެ އެގްރިމެންޓު ނުހެދޭނެ ގޮތަކަށް، ގާނޫނު އަސާސީގައި ކޯލިޝަން އެ ބަސް ވެސް ލިޔެވިގެން ކަންކަން ކުރެވޭނެ ގޮތެއް ވުން،" މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި އެވެ.

އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ގަބޫލު ކުރާ ގޮތުގައި ހިޔާލު ތަފާތުވި ނަމަވެސް ޕާޓީ އެކަތިގަނޑަކަށްވެގެން ތިބުން މުހިންމެވެ. ޕާޓީގެ ލީޑަރުން އެއް ސަފެއްގައި ފެނުން މުހިންމެވެ. ހުދު ރައީސް ސޯލިހު ބޭނުންވެވަޑައިގަންނަވާ ގޮތަކީ ވެސް އެއީ އެވެ.

"ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން މަޝްވަރާ ކުރުން އެބަ އޮތް މާދަމާ. އަޅުގަނޑު ހިތުން ކޮންގްރެސްމަނުން އެކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނަވާނެ. އަޅުގަނޑު ހިތުން، ނިންމާ ކޮންމެ ނިންމުމަކީ އެއާ އެކީގައި ކުރިއަށްދާންޖެހޭނެ ނިންމުމެއް ކަމަށް އަޅުގަނޑު ދެކެނީ،" ކޮންގްރެސް މެންދުރު ކެއުމަށް މެދުކަނޑާލި ވަގުތު "އަދަދު" އާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ. "އަޅުގަނޑު ދެކެނީ ކޮންގްރެސްމަނުން ނިންމާނީ ޕާޓީ އާއި ގައުމަށް އެންމެ ފައިދާހުރި ނިންމުން ކަމަށް. އެކީގައި ކުރިއަށްދެވޭ ގޮތަކަށް އަޅުގަނޑުމެން ވިސްނަންވާނީ. އަޅުގަނޑު ހިތުން ޕާޓީއިން ހޮވޭ ކޮންމެ ކެންޑިޑޭޓަކާ އެކީގައި މުޅި ޕާޓީ އޮންނާނެ."

އެމްޑީޕީ ތެރޭގައި ވަރަށް ބައިވަރު ހިޔާލު އެބަ އޮތެވެ. ޕާޓީ އުފެދުނުއިރު ވެސް ހަގީގަތަކީ އެއީ އެވެ. އެމްޑީޕީއާ ވާދަވެރި ބައެއް ޕާޓީތަކަށް، ހިޔާލުތަފާތުވުން އޮތުމަކީ ބަލިފަޔަކަށް ވެދާނެ އެވެ. އެކަމަކު، އެމްޑީޕީގެ ހަގީގީ ބާރަކީ، ދެބަސްވުން އޮތުމެވެ. އަދި، އެކަންކަމާ އެކު ވެސް ކުރިއަށް ދިޔުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox