ޕީޖީ ލީޑަރު އެދެނީ ބަދަލެއް ގެނައުމުގެ ތެރޭ ނުތިބެ ރައީސަށް އާ ދައުރެއް ހޯދައިދިނުމަށް

ރައީސް އާއި ނަޝީދު މިރޭގެ ކޮންގްރެސްގައި: ރައީސަށް އާ ދައުރެއް ދޭން މަސައްކަތް ކުރައްވަން ޕީޖީ ލީޑަރު އެދިވަޑައިގެންނެވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް އާއި ނަޝީދު މިރޭގެ ކޮންގްރެސްގައި: ރައީސަށް އާ ދައުރެއް ދޭން މަސައްކަތް ކުރައްވަން ޕީޖީ ލީޑަރު އެދިވަޑައިގެންނެވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްޑީޕީއަކީ އަބަދު ބަދަލުތަކެއް ތެރޭ ތިބޭ ބަޔަކަށްވުމުގެ ބަދަލުގައި ބަދަލުތަކުގެ ފޮނި މީރުކަން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް އެމްޑީޕީ ޕާލިމެންޓް ގްރޫޕް (ޕީޖީ)ގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ލީޑަރު މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް, ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާމެދު އެ ޕާޓީގެ ތެރޭ ހިޔާލު ތަފާތުވުންތައް އުފެދިފައި އޮތްވަ އެވެ. ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެ ބަދަލު ގެނައުމަށް ކެމްޕެއިން ކުރައްވަމުންނެވެ.

އެކަމަށްޓަކައި މިރޭ ފެށި އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ވެސް ހުށަހަޅުއްވާފައިވާއިރު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ގަރާރާ ދެކޮޅުކަން ހާމަކުރައްވާފަ އެވެ. ރައީސް ސޯލިހް ހުންނެވީ ރިޔާސީ ނިޒާމެއްގެ ތެރޭން އާ ދައުރަކަށް ކުރިމަތިލައްވަން ގަސްދުކުރައްވައިގެންނެެވެ.

Advertisement

ކޮންގްރެސް ފެށުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ނަޝީދު ވަނީ ބަރުލަމާނީގެ ބަދަލު ގެނައުމަށް މަޝްވަރާ ކުރަން ޖެހޭ ކަމަށް ބާރު އަޅުއްވާ ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް, އެ ވާހަކަތަކަށް ނުސީދާ ރައްދެއް ދެއްވަމުން އަސަލް ވިދާޅުވީ, އެމްޑީޕީއަކީ އަބަދު ބަދަލެއް ގެނައުމުގެ ތެރޭ އޮންނަ ޕާޓީއަކަށްވުމަކީ އެންމެ ރަނގަޅު ގޮތް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގެ ބޮޑެތި ބަދަލުތަކަކީ އެމްޑީޕީގެ ހިއްސާ އޮންނާނެ ކަންކަން ކަމަށެވެ. އެގޮތުން, ގާނޫނީ ނިޒާމްގެ ތެރޭގައިވާ 41 ޕަސެންޓް ގާނޫނަކީ ސީދާ އެމްޑީޕީން ގެނައި ގާނޫނުތަކެއްކަން ފާހަގަ ކުރައްވަމުން އަސްލަމް ވިދާޅުވީ ލާމަރުކަޒީ ނިޒާމާއި ޓެކްސް ނިޒާމް ފަދަ ބޮޑެތި ބަދަލުތައް ވެސް ގެނައީ ސީދާ އެމްޑީޕީން ކަމަށެވެ.

އެމްޑީޕީއަށް ބަދަލަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި ނަމަވެސް, އަބަދު ބަދަލުތަކެއް ތެރޭ ތިބުމުގެ ބަދަލުގައި އެ ބަދަލުގެ ފޮނި މީރުކަން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުން މާ މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"...ރައީސް ނަޝީދު ދެންމެ ބަދަލުތަކުގެ ވާހަކަ ދެއްކެވި, އަޅުގަނޑުމެން އަބަދު ބަދަލަކީ ވަރަށް މުހިންމު އެއްޗެއް, ހަގީގަތު ވެސް އަބަދު ބަދަލުވޭވޭ ތިބެންވީހޭ, އަޅުގަނޑުމެން މި ގެނެވުނު ބަދަލު ހިންގާލަން ތިބެންވީހޭ, މިއީ ހަމަ ކުރެވޭ ބޮޑު ސުވާލެއް," އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑުމެން އަބަދުވެސް ބަދަލުތަކުގެ ތެރޭގަ ތިބުންތޯ ނުވަތަ އަޅުގަނޑުމެންނަށް ގެނެވިފައިމިވާ މުހިންމު ބަދަލު އޭގެ ފޮނި ނަތީޖާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރަންވީހޭ, އެ ބޮޑު ސުވާލު,"

އަސްލަމް ވިދާޅުވީ އޭނާ އުއްމީދު ކުރަނީ ވެސް އެ ސުވާލުތަކަށް އެމްޑީޕީގެ ކޮންގްރެސްމަނުން ޖަވާބު ދެއްވުން ކަމަށެވެ. ހިޔާލު ތަފާތުވުންތައް އޮންނާނެ ކަމަށާއި އެކަމަކު އެއީ އެކުގައި ނޫޅެވެންޖެހޭ ސަބަބެއް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ހިޔާލު ތަފާތުވުންތަކާއެކު ވެސް އަޅުގަނޑުމެންނަށް އެކުގައި އުޅޭވަރުގައި އަޅުގަނޑުމެންގެ ހިޔާލު ތަފާތުވުންތައް ވެސް ބާއްވަން ވާނީ," އޭނާ ވިދާޅުވި އެވެ.

އެއާއެކު, އަސްލަމް ފާހަގަކުރެއްވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމުގެ މުހިންމު ކަމުގެ ވާހަކަ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ކޮވިޑްގެ ވަބާ އާއި ޔޫކްރެއިން ހަނގުރާމަ ތެރޭ ވެސް ރާއްޖޭގެ އިގުތިސޯދު, އެހެން ގައުމުތަކުން ވެސް ތައުރީފު ކުރާ މިންވަރަށް ދެމެހެއްޓެވިކަން އަސްލަމް ފާހަގަކުރެއްވި އެވެ.

"...މި ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރައީސް ސޯލިހަށް އިތުރަށް ދައުރެއް ދޭން އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައި މަސައްކަތް ކުރުމާ ހިންގަވާށޭ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ," އަސްލަމް, އެހެން ވިދާޅުވުމާއެކު އެ ތަނުގައި ތިބި ގިނަ ކޮންގްރެސްމަނުން އަތްޖެހި އެވެ.

ނަމަވެސް, ޕާޓީގެ ރައީސް ނަޝީދު އިންނެވީ ހިމޭނުންނެވެ. ނަޝީދު މިރޭ ވަނީ ރައީސް ސޯލިހަށް އަންނަ ރިޔާސީ އިންތިހާބާ ގުޅުވައި އިންޒަރަކާއެކު އެދުމެއް ކުރައްވާފަ އެވެ.

ރައީސް ވިދާޅުވަނީ ހިޔާލަށް ފުރުސަތު އޮންނާނެ ކަމަށް, ނަޝީދު ދެއްވީ އިންޒާރެއް

މިރޭ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރަށް އަހަރަށް ދާއިރު މިހާރު އޮތް އިއްތިހާދު މިގޮތުގައި އޮންނާނެ ކަމަށް ދެކިއްޖެ ނަމަ, އެ ތިބެވެނީ އަވާމެންދުރެއްގައި ކަމަށެވެ.

"...މިއީ 2018 ވަނަ އަހަރެއް ނޫން, އެ ދުވަހު އަޅުގަނޑުމެން އިންތިހާބަށް ނުކުތްއިރު ވާދަވެރި ހުރިހާ ސިޔާސީ ލީޑަރުން ތިބީ ހައްޔަރުކޮށްފައި, ހަމައެކަނި ހުންނެވީ ރައީސް ޔާމީން ގިނިކަންޏާ, މިއަަދު ތިޔަބޭފުޅުންގެ މަސައްކަތުން ރާއްޖޭގެ ވެރިކަން އަނެއްކާވެސް އަމާން ކުރެވިއްޖެ, ސިޔާސީ މަސައްކަތް ހިންގުމުގެ ފުރުސަތު ހޯއްދަވައިފި," ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއާއެކު ސަރުކާރު ހިންގާ ކޯލިޝަނުގައި ތިބި ކޯލިޝަންގެ ހުރިހާ ލީޑަރުން ވެސް މިހާރު އެ ތިބީ މިނިވަންކޮށް ކަމަށާއި އެ ބޭފުޅުން އެ ގެންދަވަނީ ބުރަކޮށް 2023 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކުރަމުން ކަމަށެވެ.

ކޯލިޝަނާމެދު ޔަގީންކަން ނެތްއިރު ނަޝީދު މިރޭ ވިދާޅުވި ގޮތުގައި, އެމްޑީޕީ އެކުގައި އެކީގަ ތިބެ އިންތިހާބާ ކުރިމަތިނުލައިފިނަމަ, ޕާޓީއަށް ލިބެން އޮތް މިންވަރު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ އެވެ.

"...އެހެންކަމުން އިއްޒަތްތެރި ރައީސް, ރައީސްގެ އަރިހުން އަޅުގަނޑު އެދެނީ މި ޕާޓީގެ ހުރިހާ މެންބަރުން އެކުގައި ބައިތިއްބައިގެން ކުރިއަށް ވަޑައިގެންނެވުން, އެ މަގުން ނޫން ގޮތަކަށް އަޅުގަނޑުމެންނަށް ހަގީގަތުގައި ކާމިޔާބު ހޯދޭކަށް ނެތް," ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހިޔާލުތަފާތުވުން އޮއްވައި، އެންމެނަށް ހުރިހާ ކަމެއްގައި އެއްބަސްނުވެވޭނެ ކަމަށެވެ. އެހެންކަމުން އޮތް "ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކުގާ ކުރިޔަށް ދިޔުން" ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެމްޑީޕީގާ ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ. އަދި ތަފާތު ހިޔާލުތަކަށްވެސް ޖާގަ އޮންނާނެ. ބައެއް ކަންތައް ތަކަކީ އެންމެންނަށް އެއްބަސްވެވޭ ކަންތައްތައް. ނެއްބައި ކަންތައްތަކަކީ، އެއްބަސް ނުވެވޭ ކަންތައް ތަކަށް ވެދާނެ. ނަމަވެސް އޮތް ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކުގާ ކުރިޔަށް ދިޔުން. ދިވެހިރާއްޖެއާ ދިވެހީންނަށް އުފާވެރި މާދަމާއެއް ގެނެސްދިނުމަށް އަޅުގަނޑުމެން އެކުވެގެން ދިއްލި، މިދަންމަރުގެ އުޖާލާކަން އެންމެ ހިނދުކޮޅަކަށްވެސް ފަނޑުވެ، ނިވުނަ ދީގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox