ތުހުމަތު ތަކަށް ފަހު، ރައީސް ވިދާޅުވީ ހިޔާލުފާޅުކުރުމުގަ "ހައްދެއް، ސުމާރެއް" ނެތް ކަމަށް

މިރޭގެ ބައްދަލުވުމުގައި ރައީސް ސޯލިހާއި ނަޝީދު : ރައީސް ވިދާޅުވީ ހިޔާލުފާޅުކުރުމުގައި އެއްވެސް ހައްދެއް ނެތް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިރޭގެ ބައްދަލުވުމުގައި ރައީސް ސޯލިހާއި ނަޝީދު : ރައީސް ވިދާޅުވީ ހިޔާލުފާޅުކުރުމުގައި އެއްވެސް ހައްދެއް ނެތް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައީސުލްޖުމްހޫރިއްޔާ ޖިނާއީ ކުށެއް ކުރައްވާ ފޮޓޯ ލިބިވަޑައިގެންފައި ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި އޮއްވައި، ރާއްޖޭގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮތީ "އެއްވެސް ހިފެހެއްޓުމެއް، ހުރަހެއް، ސުމާރެއް" ނެތި ކަމަށާއި ބައެއް ބޭފުޅުން ވާހަކަ ދައްކަވަނީ "ހައްދެއް ނެތި" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ސޯޝަލް ސެންޓަރުގައި އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ "ހިތަށް އެރި ވާހަކަ އެއް ލިޔެ، ބުނެ، ފާޅު ކުރުމުގެ މިނިވަންކަން ރާއްޖޭގާ މިހާރު އެބަ އޮތް" ކަމަށެވެ.

އެއްވެސް ހިފެހެއްޓުމެއް ހުރަހެއް ސުމާރެއް ނެތި އެމީހަކަށް ފެންނަ ގޮތަކަށް، ހިތަށް އެރި ވާހަކަ އެއް ލިޔެ، ބުނެ ފާޅު ކުރުމުގެ މިނިވަންކަން ރާއްޖޭގާ މިހާރު އެބަ އޮތް. މިކަމާ އެއްކޮޅު ބޭފުޅުން އަދި ކީއްކުރަންތޯ ދެކޮޅު ހެއްދެވި ބޭފުޅުން ވެސް، މި ހައްގުގެ ބޭނުން ކުރައްވާ މިންވަރުގާ އަމުދުން މިހާރު ހައްދެއް ނެތް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ވަކި ބޭފުޅެއް އަދި ވަކި ހާދިސާއެއްގެ ނަން ރައީސް ސޯލިހު ވިދާޅުވިނުވި ނަމަވެސް ބެލެވޭ ގޮތުގައި ރައީސްގެ އެވާހަކަފުޅު ވިދާޅުވުމުގެ އެއް މަގްސަދަކީ ނަޝީދު އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވި އިލްޒާމަށް ރައްދު ދެއްވުމެވެ. އަދި، އިދިކޮޅު ސިޔާސީ ފަރާތްތަކަށް މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ ޖާގަ އޮތްކަން ހާމަ ކުރެއްވުމަކީ ވެސް ރައީސް އެހެން ވިދާޅުމުގެ މަގްސަދެއް ކަމަށް ބެލެވެ އެވެ.

ރައީސް ޖިނާއީ ކުށެއް ކުރައްވާ ފޮޓޯ ލިބިވަޑައިގެންފައި އޮތް ކަމަށް ނަޝީދު ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި އެމަނިކުފާނުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ހައްޔަރު ކުރުމުންނެވެ. ނަމަވެސް ފަހުން ނަޝީދު ވިދާޅުވީ ރައީސް ސޯލިހަށް ޖިނާއީ ކުށެއްގެ ތުހުމަތު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ ނުކުތާއަކީ ލޮލަށް ފެންނަ ކޮންމެ ފޮޓޯއަކަށް ވެސް އެބާވަތުގެ ކަންކަމުގައި ގާނޫނު ބަޔާންކުރާ ގޮތަށް، އެއާ މެދު އަމަލުކުރަން ޖެހޭނެކަން. އެއީ ރައީސުލްޖުމްހޫރިއްޔާގެ ފޮޓޯފުޅެއް ކަމަށް ބުނެ ބައެއް މީހުން ދައުރުކުރި އެއްޗަކަށް ވިޔަސް، އަޅުގަނޑާ ގުޅޭ ގޮތުން ބައެއް މީހުން ދައުރުކުރި އެއްޗަކަށް ވިޔަސް، އެހުރިހާ ކަމެއް ވެސް ހިނގަމުން ދާން ޖެހޭނީ ގާނޫނީ ތަރަހައިގެ ތެރެއިން،" މި ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވި އެވެ.

މިރޭ ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި 1100 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެ އެވެ. މިރޭ ހަމައެކަނި އޮތީ ކޮންގްރެސް ފެށުމުގެ ޖަލްސާ އެވެ. މާދަމާ އޮންނާނީ މަޝްވަރާތަކާއި ބައްދަަލުވުންތަކާއި ބައެއް ޕްރެޒެންޓޭޝަންތަކެވެ. މުހިންމު ކަންކަމަށް ވޯޓަށް އެހުން އޮންނާނީ އަންނަ އާދީއްތަ ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox