ސަސް މެޗު ނުކުޅެން ނިންމުމުން ގްރީން ސްޓްރީޓްސް އަށް އެފްއޭ ކަޕްގެ ތިން ވަނަ!

Aug 19, 2022, 5:21 PM
ދިވެހި ޕްރިމިއާ ލީގުގައި ސަސް އާއި ކްލަބް ގްރީން ސްޓްރީޓްސް ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދިވެހި ޕްރިމިއާ ލީގުގައި ސަސް އާއި ކްލަބް ގްރީން ސްޓްރީޓްސް ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއޭ ކަޕްގެ ތިން ވަނަ ހޮވާ މެޗު, ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބް (ސަސް) އިން ނުކުޅެން ނިންމުމާ އެކު ކްލަބް ގްރީން ސްޓްރީޓްސް އަށް މުބާރާތުގެ ތިން ވަނަ ލިބިފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމުން ދާދި ފަހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އާދިއްތަ ދުވަހު ހަވީރު ސަސް އާއި ގްރީން ސްޓްރީޓްސް ކުޅެން އޮތް އެފްއޭ ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި ސަސް އަށް ބައިވެރިވެވެން ނެތްކަން އަންގާފައިވާ ކަމަށެވެ.

އެހެންވެ، އެފްއޭއެމުން ނިންމީ ތިން ވަނަ ހޮވާ މެޗު ކެންސަލް ކުރުމަށެވެ.

އެފްއޭކަޕްގެ ގަވާއިދުގައިވާ ގޮތުން މުބާރާތް ފެށުމަށް ފަހު އެއްވެސް ޓީމަކަށް މުބާރާތުން ވަކިނުވެވޭނެ އެވެ. އެކަން އެހެން ގަވާއިދުގައި އޮއްވައި، ސަސް އިން މެޗު ނުކުޅެން ނިންމާފައިވާތީ، އެފްއޭއެމުން ވަނީ އެ މައްސަލަ ބަލަން ނިންމައިފަ އެވެ.

"މި މައްސަލަ ބެލުމަށްފަހު މުބާރާތުގެ ގަވާއިދުގައިވާ ހަމަތަކުގެ މަތީން ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން މައުލޫމާތައްޓަކައި ހިއްސާ ކުރަމެވެ،" އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.

ކުއާޓާ ފައިނަލުގައި ކްލަބް އީގަލްސް ކަޓުވާލި ސަސް އިން ތިން ވަނަ ހޮވާ މެޗު ދޫކޮށްލުމާ އެކު ގްރީން ސްޓްރީޓްސް އަށް ވަނީ ތިން ވަނަ ލިބިފަ އެވެ. ގްރީން ސްޓްރީޓްސް އަށް މެޑަލް ހަވާލުކުރުން އޮންނާނީ އާދިއްތަ ދުވަހުގެރޭ ކުޅޭ އެފްއޭ ކަޕް ފައިނަލް މެޗަށް ފަހު އެވެ.

އެފްއޭ ކަޕް ފައިނަލުގައި ބައްދަލުކުރަނީ ކްލަބް ވެލެންސިއާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. މާޒިޔާ އަކީ މި ސީޒަނުގެ ލީގު ޗެމްޕިއަނެވެ. މާޒިޔާ ބަލިކޮށް, މި ފަހަރުގެ ސީޒަނުގެ ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރީ ވެލެންސިއާ އިންނެވެ.

ސަސް އަށް ދެން އޮތީ އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ދެމި އޮންނަން ކުރަން ޖެހޭ މަސައްކަތެވެ.

އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ބުރުގައި ފެށޭ ހަފްތާގައި ސަސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ނުކުންނާނީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކްލަބާއި ރަނަރަޕް ކްލަބް ޓީނޭޖާ ދެކޮޅަށެވެ. މި ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަކަށް އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުގެ ޖާގަ ލިބޭނެ އެވެ.

އެނގިފައިވާ ގޮތުގައި ސަސް އިން އެފްއޭ ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި ނުކުޅުނީ ކޮލިފިކޭޝަން ބުރަށް ތައްޔާރުވުމުގެ ގޮތުންނެެވެ. ލިމިޓެޑް އަދަދަކަށް ސަސްގެ ކުޅުންތެރިން ތިބިއިރު، ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭތީ އެ ޓީމުން އެފްއޭ ކަޕް ތިން ވަނަ ހޮވާ މެޗު ނުކުޅެ ދޫކޮށްލީ އެވެ.

އަންނަ ހަފްތާގެ ބުދަ ދުވަހު ކޮލިފިކޭޝަން ބުރު ފަށާއިރު، ސަސް އެ ދުވަހު ހަވީރު ކުޅޭނީ ބުރުއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox