ކޮންގްރެސްގައި ރިޔާސީ ޓިކެޓާ ގުޅޭ އެއްވެސް ކަމެއް ނެތް

އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

މިރޭ ފަށާ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވާއިދުގައި ހިމެނޭ ރިޔާސީ ޓިކެޓުގެ މާއްދާއަށް އެއްވެސް އިސްލާހެއް ހުށަހެޅިފައި ނެތް ކަމަށާއި ވަކި ބޭފުޅަކަށް ކޮންގްރެސް މެދުވެރިކޮށް ޓިކެޓު ހަވާލު ކުރުމުގެ ކަމެއް ވެސް ނެތް އެމްޑީޕީން އަނެއްކާ ވެސް ބުނެފި އެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ޕްރައިމަރީއަކާ ނުލާ ރިޔާސީ ޓިކެޓު ދިނުމާ ގުޅޭ ގޮތުން ކޮންގްރެސްގައި ގޮތެއް ނިންމަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ޕާޓީގެ އިދާރާއިން ކުރިން ވެސް ދޮގުކޮށްފައިވެ އެވެ.

އެ ފަހުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ 2023 ގެ ރިޔާސީ އިންތިހާބަށް ފަހު، ރައީސުލްޖުމްހޫރިއްޔާއަށް އެމްޑީޕީގެ ބޭފުޅަކު ހުންނަވާ ނަމަ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދެވޭ ގޮތަށް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު ރިޔާސީ ޓިކެޓު އަތުލައި، ޕްރައިމަރީއަށް ހުޅުވާލުމުގެ ބާރު ކޮންގްރެސްއަށް ވެސް ދެވޭ ގޮތަށެވެ.

މިއަދު ހަވީރު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކަމާ ގުޅޭ ގޮތުން މި ނޫހުން ސުވާލު ކުރުމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ އެފަދަ އެއްވެސް މަސައްކަތެއް މި ކޮންގްރެސްއިން ކުރުމަށް ރާވާފައި ނެތް ކަމަށެވެ.

"މި ޕާޓީގެ އަސާސީ ގަވާއިދަށް ގެނެވޭ އިސްލާހުތަކުގެ ތެރޭގައި ސިޓިން ޕްރެސިޑެންޓްއަށް ރިޔާސީ ޓިކެޓު ދިނުމާ ގުޅޭ އެއްވެސް ކަމެއް ނެތް. ބަހުސް ކުރާކަށް ވެސް ނެތް." ކޮންގްރެސް ބާއްވާ ސޯޝަލް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވި ގޮތުގައި، ކޮންގްރެސްގެ ތެރެއިން ރައީސް ސޯލިހަށް ރިޔާސީ ޓިކެޓު ހަވާލު ކުރަން އުޅޭ ކަމަށް ބުނެ ވެސް ވަރަށް ގިނަ ބަޔަކު ސުވާލުކުރާ ކަމަށެވެ. އެކަމަކު އެފަދަ އެއްވެސް ކަމެއް ނެތް ކަމުގެ ޔަގީން ކިަން ދެއްވާ ކަމަށެވެ.

"މި ކޮންގްރެސް ނިންމުމަށް ފަހު ދެން އެންމެ އަވަހަށް މި ޕާޓީގެ މަސައްކަތަކަށް އޮތީ ވެސް ރިޔާސީ ޕްރައިމަރީ، ރިޔާސީ ޓިކެޓު ދޭނީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް،" އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން މިހާރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަނީ އެތެރޭގެ ޕްރައިމަރީއަކުންނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވެރިކަމުގައި ހުންނެވިޔަސް، ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ޓިކެޓު ލިބޭނީ ޕްރައިމަރީ ކާމިޔާބު ކޮށްގެންނެވެ.

މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޕްރައިމަރީގައި ވާދަކުރައްވަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސްކަން ކުރެއްވި މުހައްމަދު ނަޝީދު ވެސް ހުންނެވި ޕްރައިމަރީގައި ވާދަކުރައްވާ ގޮތަށެވެ.

އެހެން ނަމަވެސް އެއަށް ވުރެ ބޮޑަށް ނަޝީދު ބޭނުންފުޅުވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑު ވަޒީރަކަށް ވުމަށެވެ. ނަޝީދު ވަނީ އެ ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅައިފަ އެވެ.

އެހެންވިޔަސް ރައީސް ސޯލިހް އާއި އެމަނިކުފާނަށް ތާއީދު ކުރާ މީހުން އެކަމާ ދެކޮޅެވެ. ރައީސް ވަނީ ނަޝީދުގެ ގަރާރު ވެސް އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ނަޝީދު ހުންނެވީ ގަރާރު ހުށަހަޅަން، ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވާ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox