ޗެލްސީ ސަޕޯޓަރަކު ސޮންއާ ނަސްލީ ގޮތުން ދިމާކުރި މައްސަަލައެއް ބަލަނީ

Aug 19, 2022, 3:31 AM
ޓޮޓެންހަމްގެ ފޯވާޑް ސޮން: އޭނާއާ ނަސްލީ ގޮތުން ދިމާކޮށްލި ސަޕޯޓަރެއްގެ މައްސަލަ އަންނަނީ ބަލަމުން.

ޓޮޓެންހަމްގެ ފޯވާޑް ސޮން: އޭނާއާ ނަސްލީ ގޮތުން ދިމާކޮށްލި ސަޕޯޓަރެއްގެ މައްސަލަ އަންނަނީ ބަލަމުން.

ލަންޑަން (އޮގަސްޓް 19) - ޗެލްސީގެ ސަޕޯޓަރަކު ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ސޮން ހެއުން މިންއާ ނަސްލީ ގޮތުން ދިމާކުރި މައްސަަލައެއް ބަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިިޔަ އާދިއްތަ ދުވަހު، އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ދަނޑުގައި 2-2 އިން ޓޮޓެންހަމާ އެއްވަރުވި މެޗުގައި ޗެލްސީގެ ސަޕޯޓަރަކު، ސޮންއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ފެންމަތިވީ މީގެ ދެ ދުވަހެއް ކުރިންނެވެ. އެ މެޗުގައި އެ ހާދިސާ ހިނގައިދިޔަ، އެ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ.

ޗެލްސީން ވަނީ ސޮންއާ ނަސްލީ ގޮތުން ދިމާކުރި މި މައްސަލައިގައި އެ ކްލަބްގެ ސަޕޯޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި ނަސްލީ ގޮތުން ދިމާކުރުން ފަދަ ސީރިއަސް ކަންކަމުގައި އެ ކްލަބުން އަމަލުކުރަނީ "ޒީރޯ ޓޮލަރަންސް" އުސޫލުން ކަމަށާއި އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް ވެސް ޗެލްސީން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް ޗެލްސީން ވަނީ އެ ކްލަބްގެ ސަޕޯޓަރުންގެ ތެރެއިން ނަސްލީ ގޮތުން ދިމާކުރުމުގެ މައްސަލަ ސާބިތުވާ ސަޕޯޓަރުންނަށް ފިޔަވަޅު އަޅައިފަ އެވެ.

އެ ގޮތުން އާންމު ގޮތެއްގައި ސަޕޯޓަރުންނަށް ދެނީ ސީޒަނެއްގެ ސަސްޕެންޝަނެއް ނޫނީ މުޅި އުމުރަށް ޗެލްސީގެ މެޗެއް ބަލަން ދަނޑަށް ނުވަދެވޭ ގޮތަށް އަދަބު ދިނުމެވެ.

މި ފަހަރުގެ ޓްރާންސްފާގައި ޗެލްސީއާ ގުޅުނު އިނގިރޭސި ވިންގް، ރަހީމް ސްޓާލިން، 2019 ވަނަ އަހަރު މެންޗެސްޓާ ސިޓީ އަށް ކުޅުނުއިރު، ޗެލްސީ ދަނޑުގައި އޭނާއާ ނަސްލީ ގޮތުން ދިމާކޮށްލި އެވެ. އެ މައްސަލައިގައި ޗެލްސީގެ ގިނަ ސަޕޯޓަރުންތަކަކަށް ވަނީ އެކި ވަރުގެ އަދަބު ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox