އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަަމްޕްގެ ކުންފުނި، ދަ ޓްރަމްޕް އޯގަނައިޒޭޝަންގެ މާލީ ވެރިޔާ ޓެކްސްއަށް މަކަރު ހަދައި އޮޅުވާލިކަމަށް ނިއު ޔޯކްގެ ކޯޓެއްގައި އިއުތިރާފްވެއްޖެ އެވެ.
އެލެން ވެއިސެލްބާގްއަކީ ގިނަ ޒަމާންތަކެއް ވަންދެން ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރެވެ. އޭނާއަށް ދައުވާ ކުރީ އާމްދަނީގެ ގޮތުގައި ލިބުނު 1.7 މިލިއަން ޑޮލަަރަށް ވުރެ ގިނަ އަދަދެއް ސިއްރުކޮށް، ޓެކްސްއަށް މަކަރު ހެދި ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން އޭނާއަށް ފަަސް މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ހިޔާނާތްތެރިވި ފައިސާ ދައުލަތަށް ދޭން ޖެހޭނެ އެވެ.
އެ މައްސަލައިގައި ޓްރަމްޕްއާ ދެކޮޅަށް ދަައުވާ އުފުލާފައެއް ނުވެ އެވެ. އެމަނިކުފާނު ވިދާޅުވީ ކުންފުނީގެ ކަަންކަމާ ގުޅުވައި ޖިނާއީ ތަހުގީގު ހިންގަނީ ސިޔާސީ ބޭނުމުގައި ކަމަށެވެ.
ވެއިސެލްބާގް ވަނީ ގާތްގަނޑަކަށް 50 އަހަރު ޓްރަމްޕަށް ހިދުމަތްކޮށްދީފަ އެވެ. މިދިޔަ އަހަރު އޭނާ ސީއެފްއޯގެ މަގާމާ ދުރަަށް ޖެހުނީ ހައްޔަރު ކުރުމުންނެވެ.










