ގަވާއިދާ ހިލާފަށް ބަޔަކު ވައްދަން އުޅޭ ކަމަށް ބުނެ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދޭން އެދިއްޖެ

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް؛ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދޭން އެދިއްޖެ - ފޮޓޯ: ހުސައިން ޝަޔާހް | އަދަދު

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް؛ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދޭން އެދިއްޖެ - ފޮޓޯ: ހުސައިން ޝަޔާހް | އަދަދު

މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ބަޔަކު ވައްދައިގެން ކުރިއަށް ގެންދަން އެބަ އުޅޭ ކަމަށް ބުނެ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދިނުމަށް އެދިއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް އެ ކަމަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.

އާޒިމް ފޮނުއްވި ސިޓީގައި ވަނީ، ޕާޓީގެ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފި ގަވާއިދާ އެއް ގޮތަށް އިންތިހާބުވެފައިވާ ފަރާތްތަކެއް ނޫން ކަމަށެވެ. ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ފަރާތްތަކުގެ މައުލޫމާތު މިހާތަނަށް ވެސް ހިއްސާކޮށްފައިނުވާ ކަމަށް އޭގައިވެ އެވެ.

ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހެނީ އިންތިހާބަކުން ކަމަށާއި، ކޮންގްރެސްގައި ބައިވެރިވާނީ ގޮފީގެ ރައީސް ނުވަތަ ނައިބު ރައީސް ކަމަށް ގަވާއިދުގައި ބުނެފައިވާއިރު އެ ނޫން ގޮތަކަށް ބަޔަކު ބައިވެރިކޮށްގެން ގެންދާ ކޮންގްރެސްގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމަށް ވެސް ލިޔެފައިވެ އެވެ.

"ވީމާ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްއަށް ނޮމިނޭޓްކޮށްފައިވާ ގޮފިތައް ތަމްސީލްކުރާ މަންދޫބުންގެ ގާނޫނީ ހައިސިއްޔަތާ މެދު މި ޕާޓީއަށް ނިސްބަތްވާ ގިނަ މެންބަރުންގެ މެދުގައި ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުން ނުވަތަ ނައިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރު ކުރުމަށް ފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް އެދެމެވެ." ސިޓީގައިވެ އެވެ.

އެމްޑީޕީގެ ކޮންގްރެސްއަށް، އެ ޕާޓީގެ ގޮފިތަކަށް އިންތިހާބު ނުކުރާ ބަޔަކު ގެންނަން އުޅޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި، އެ ޕާޓީގެ އާންމު މެންބަރެކެވެ.

އިންތިހާބު ނުކުރާ ބަޔަކު ކޮންގްރެސްއަށް ގެންނަން އުޅޭކަމުގެ ތުހުމަތުތާ ގުޅިގެން "އަދަދު"އިން ސުވާލު ކުރުމުން ކޮންގްރެސްގެ މަސައްކަތްތަކާ ހަވާލުވެ ހުންނެވި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ ކޮންގްރެސްއަށް މީހުން ގެނައުމުގައި އަމަލު ކުރަމުން ދަނީ ގަވައިދާ އެއްގޮތަށް ކަމަށެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ގޮފިތައް އިންތިހާބުކޮށްފައި، މަގާމުތަކަށް ހޮވޭ މީހުންގެ ލިޔެކިއުން ޕާޓީއަށް ފޮނުވުމުން، ޕާޓީން ކުރިއަށް ދާނީ ލިޔެކިއުމަށް ބަލައިގެން ކަމަށެވެ.

ބޮޑު ނިންމުންތަކެއް، ވާދަވެރިކަން ހޫނު

ގާތްގަނޑަކަށް 1،100 އެއްހާ މެމްބަރުންނާއެކު، ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ވަނީ ބަރުލާމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ހުށަހަޅުއްވައިފަ އެވެ.

ނަމަވެސް, މިހާރު އެމްޑީޕީގެ ތެރޭގައި ރިޔާސީ ނިޒާމާއެކު ކުރިއަށް ދާން ބޭނުންވާ މީހުން ވެސް ގިނަ އެވެ. އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ނަޝީދުގެ ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވެފައިވަނީ މިއީ ވެރިކަމުގެ ނިޒާމް ބަދަލުކުރަންވީ ވަގުތު ނޫން ކަމަށާއި އިސްކަން ދޭންވީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. ރައީސް ވިދާޅުވީ, ބަރުލަމާނީ ނިޒާމް ގެންނަން ރާއްޖެ އޮތީ މާޅަފަތުގަ ކަމަށެވެ.

ނިޒާމް ބަދަލުކުރަން ގާނޫނުއަސާސީ ބަދަލުކުރަން ހުށަހަޅަން އެމްޑީޕީގެ ކޮންގްރެސްއިން ވެސް ތާއިދު ކުރާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެހެންވެ, އެ ގަރާރު އަނބުރާ ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް, ޓީވީ ޗެނަލަށް ފޯނުން ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

ނަޝީދު ފިޔަވައި އިތުރު ސިޔާސީ ލީޑަރަކު މި ވަގުތަށް ބަރުލަމާނީ ނިޒާމު ގެންނަން ތާއީދެއް ނުކުރައްވަ އެވެ. ކުރިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވަނީ މި ވަގުތަށް އެ ނިޒާމު ރާއްޖެއަށް "ފިޓު" ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox