2023 އަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ޓިކެޓު ލިބޭ ފަދަ ހުށަހެޅުމަށް

އެމްޑީޕީގެ އިސް ލީޑަރު، ރައީސް ސޯލިހް އާއި އެމްޑީޕީގެ ރައީސް ނަޝީދު: ރިޔާސީ ޓިކެޓުގެ ހުށަހެޅުމެއް ކޮންގްރެސްއަށް ވައްދަނީ

އެމްޑީޕީގެ އިސް ލީޑަރު، ރައީސް ސޯލިހް އާއި އެމްޑީޕީގެ ރައީސް ނަޝީދު: ރިޔާސީ ޓިކެޓުގެ ހުށަހެޅުމެއް ކޮންގްރެސްއަށް ވައްދަނީ

ވެރިކަމުގައި ހުންނެވީ ޕާޓީއަށް ނިސްބަތްވާ ރައީސުލްޖުމްހޫރިއްޔާއެއް ނަމަ އެ ބޭފުޅަކު ދެ ވަނަ ދައުރަކަށް ވާދަ ކުރެއްވުމަށް ޕާޓީގެ ޓިކެޓު ދޭންޖެހޭނެ ކަމަށް ބުުނާ އިސްލާހެއް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށް ބައެއް މެމްބަރުން ބުނެފި އެވެ.

އެ އިސްލާހަށް އަމަލު ކުރަން ފަށަނީ 2023 ގައި ބާއްވާ ރިޔާސީ އިންތިހާބަށްފަހު އެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އެ އިސްލާހު ހުށަހެޅުމަށް އެމްޑީޕީ އެތެރޭގައި ބަހުސްކޮށް ހުރިހާ ކަމެއް ވަނީ ނިމިފަ އެވެ.

އެ އިސްލާހުގައިވާ ގޮތުން ވެރިކަމުގައި ހުންނަ ބޭފުޅަށް ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓު ލިބުނު ނަމަވެސް އެކަން ހުއްޓުވުމުގެ ބާރު ވެސް ކޮންގްރެސްއަށް ލިބެ އެވެ. އެ ގޮތަށް އިސްލާހުގައި ހިމެނުމުގެ ބޭނުމަކީ އަނިޔާވެރިއަކު ވެރިކަމަށް އައުން ހުއްޓުވުމެވެ.

Advertisement

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން މިހާރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަނީ އެތެރޭގެ ޕްރައިމަރީއަކުންނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވެރިކަމުގައި ހުންނެވިޔަސް، ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ޓިކެޓު ލިބޭނީ ޕްރައިމަރީ ކާމިޔާބު ކޮށްގެންނެވެ.

މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޕްރައިމަރީގައި ވާދަކުރައްވަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސްކަން ކުރެއްވި މުހައްމަދު ނަޝީދު ވެސް ހުންނެވި ޕްރައިމަރީގައި ވާދަކުރައްވާ ގޮތަށެވެ.

އެހެން ނަމަވެސް އެއަށް ވުރެ ބޮޑަށް ނަޝީދު ބޭނުންފުޅުވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑު ވަޒީރަކަށް ވުމަށެވެ. ނަޝީދު ވަނީ އެ ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅައިފަ އެވެ.

އެހެންވިޔަސް ރައީސް ސޯލިހްއާއި އެމަނިކުފާނަށް ތާއީދު ކުރާ މީހުން އެކަމާ ދެކޮޅެވެ. ރައީސް ވަނީ ނަޝީދުގެ ގަރާރު ވެސް އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ނަޝީދު ހުންނެވީ ގަރާރު ހުށަހަޅަން، ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވާ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox