އެމްޑީޕީގެ އަސާސީ ގަވައިދާ ހިލާފަށް ކޮންގްރެސްއަށް ބަޔަކު ގެނައި ވާހަކަ ދޮގުކޮށްފި

އެމްޑީޕީގެ ޗެއާޕާސަންގެ އިދާރީ ނައިބު, އިބްރާހީމް ވަހީދު (އެންސްޕާ އިބްރެ)؛ އޭނާ ވިދާޅުވީ ކޮންގްރެސްއަށް މީހުން ގެނައުމުގައި އަމަލު ކުރަމުން ދަނީ އަސާސީ ގަވައިދާ އެއްގޮތަށް ކަމަށް

އެމްޑީޕީގެ ޗެއާޕާސަންގެ އިދާރީ ނައިބު, އިބްރާހީމް ވަހީދު (އެންސްޕާ އިބްރެ)؛ އޭނާ ވިދާޅުވީ ކޮންގްރެސްއަށް މީހުން ގެނައުމުގައި އަމަލު ކުރަމުން ދަނީ އަސާސީ ގަވައިދާ އެއްގޮތަށް ކަމަށް

މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ބަޔަކު ނުގެންނަ ކަމަށާއި، އަމަލު ކުރަމުން ދަނީ އަސާސީ ގަވައިދާ އެއްގޮތަށް ކަމުގެ ޔަގީންކަން އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އެންސްޕާ އިބްރެ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކޮންގްރެސްއަށް، އެ ޕާޓީގެ ގޮފިތަކަށް އިންތިހާބު ނުކުރާ ބަޔަކު ގެންނަން އުޅޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި، އެ ޕާޓީގެ އާންމު މެންބަރެކެވެ.

އެކަމާ ބެހޭގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޕާޓީގެ ގޮފިތަކުގެ ތެރެއަށް އެކި ގޮތްގޮތަށް މީހުން މަސްހުނިކޮށްގެން، ކޮންގްރެސްގެ ނިންމުމަށް ނުފޫޒު ފޯރުވާ، ކޮންގްރެސްގެ ނިންމުމެއް ކަމަށް ބުނި ނަމަވެސް އެއީ އެމްޑީޕީގެ މެންބަރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރުމަށް ނަޝީދު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އިންތިހާބު ނުކުރާ ބަޔަކު ކޮންގްރެސްއަށް ގެންނަން އުޅޭކަމުގެ ތުހުމަތުތާ ގުޅިގެން "އަދަދު"އިން ސުވާލު ކުރުމުން އިބްރާހިމް ވަހީދު ވިދާޅުވީ ކޮންގްރެސްއަށް މީހުން ގެނައުމުގައި އަމަލު ކުރަމުންދަނީ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ކަމަށެވެ. އެގޮތުން ގޮފިތައް އިންތިހާބު ކުރަނީ ދާއިރާތަކުގެ ހިންގާ ކޮމިޓީން ކަމަށާއި، ޕާޓީން ބަލާނީ ގޮފިތަކުގައި ތިބި މީހުންނަކީ ޕާޓީގެ މެންބަރުތޯ އާއި، އެކަކު އެއް ގޮތްޕަށްވުރެ ގިނަ ގޮފިތަކުގައި ހުރިތޯ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ގޮފިތައް އިންތިހާބުކޮށްފައި، މަގާމުތަކަށް ހޮވޭ މީހުންގެ ލިޔެކިއުން ޕާޓީއަށް ފޮނުވުމުން، ޕާޓީން ކުރިއަށް ދާނީ ލިޔެކިއުމަށް ބަލައިގެން ކަމަށެވެ.

އަދި އެމްޑީޕީގެ އިންތިހާބީ ގަވައިދުގައި އޮންނަ ގޮތުން، މުޅި ޕާޓީން ވޯޓުލާންޖެހޭ އިންތިހާބުތައް ނޫން އެހެން އިންތިހާބުތަކުގައި، މަގާމަކަށް އެކަކު ކުރިމަތިލައިފިނަމަ، އިންތިހާބު ބޭއްވުމަކާ ނުލާ އޭނާ އެ މަގާމަށް ހޮވޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެގޮތަށް ހޮވޭ [އެކަކު ކުރިމަތިލުމުން އިންތިުހާބާ ނުލާ ހޮވުން] މީހަކީ އިންތިހާބަކާ ނުލާ ނުވަތަ ވަގަށް ގެނައި މީހެއް ކަމަކަށް ނުބުނެވޭނެ،

އިބްރާހިމް ވަހީދު އިތުރަށް ވިދާޅުވީ އެ ޕާޓީގެ ގޮފިތަކުގެ ހިންގާ ކޮމިޓީގެ ދައުރަކީ ހަތަރު އަހަރު ކަމަށެވެ. އަދި މިއަހަރުގެ އިންތިހާބު ޖެހުނުއިރު، ގިނަ ގޮފިތަކަކީ 2017 ވަނަ އަހަރު އިންތިހާބުކޮށްފައި ހުރި ގޮފިތައްކަމުން، އެ ގޮފިތަކުގެ ދައުރު އަދި ހަމައެއް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޮޑު ނިންމުންތަކެއް، ވާދަވެރިކަން ހޫނު

ގާތްގަނޑަކަށް 1،100 އެއްހާ މެމްބަަބރުންނާއެކު، އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ވަނީ ބަރުލާމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ހުށަހަޅުއްވައިފަ އެވެ.

ނަމަވެސް, މިހާރު އެމްޑީޕީގެ ތެރޭގައި ރިޔާސީ ނިޒާމާއެކު ކުރިއަށް ދާން ބޭނުންވާ މީހުން ވެސް ގިނަ އެވެ. އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ނަޝީދުގެ ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފަ އެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަންވީ ވަގުތު ނޫން ކަމަށާއި އިސްކަން ދޭންވީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. މީގެކުރިން ވެސް ނިޒާމް ބަދަލުކުރަން ތާއިދު ނުކުރައްވާކަން ހާމަކުރައްވާފައިވާ ރައީސް ވިދާޅުވީ, ބަރުލަމާނީ ނިޒާމް ގެންނަން ރާއްޖެ އޮތީ މާޅަފަތުގަ ކަމަށެވެ.

ނިޒާމް ބަދަލުކުރަން ގާނޫނުއަސާސީ ބަދަލުކުރަން ހުށަހަޅަން އެމްޑީޕީގެ ކޮންގްރެސްއިން ވެސް ތާއިދު ކުރާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެހެންވެ, އެ ގަރާރު އަނބުރާ ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް, ޓީވީ ޗެނަލަށް ފޯނުން ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

ނަޝީދު ފިޔަވައި އިތުރު ސިޔާސީ ލީޑަރަކު މި ވަގުތަށް ބަރުލަމާނީ ނިޒާމު ގެންނަން ތާއީދެއް ނުކުރައްވަ އެވެ. ކުރިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ޔާމީން ވެސް ވިދާޅުވަނީ މި ވަގުތަށް އެ ނިޒާމު ރާއްޖެއަށް "ފިޓު" ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox