މީޑިއާގައި ގިނައިން ހުރީ ދޮގު ވާހަކަތަކެއް: ރޮނާލްޑޯ

Aug 18, 2022, 3:41 AM
މީޑިއާގައި ގިނައިން ހުރީ ދޮގު ވާހަކަތަކެއް: ރޮނާލްޑޯ

މެންޗެސްޓާ (އޮގަސްޓް 18) - އޭނާގެ މުސްތަގުބަލާ ގުޅުވައިގެން މީޑިއާ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގެ ތެރޭގައި ގިނައިން ދައްކާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ޔުނައިޓެޑުން މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަނުކުރާތީ އާއި އެ ކްލަބް މި ވަގުތު އޮތީ ހުރިހާ މުބާރާތަކަށް ވާދަކުރެވޭ ހާލަތެއްގައި ނޫން ކަމަށް ފެންނާތީ ރޮނާލްޑޯ ވަނީ އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް މެެދުވެރިކޮށް، އެ ޓީމުގެ ސީނިއާ މެނޭޖްމަންޓަށް ކްލަބް ދޫކޮށްލަން ބޭނުންވާކަން އަންގައިފަ އެވެ.

މިދިޔަ ސީޒަން ފެއްޓުމުގެ ކުރިން ޔުނައިޓެޑަށް ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ރޮނާލްޑޯގެ ކްލަބް ދޫކޮށްލަން ކުރި މަސައްކަތް ކާމިޔާބުނުވެ ކަންކަން ދިގުލައިދާތީވެ، އޭނާ އެންމެ ފަހުން ޔުނައިޓެޑްގެ ޕްރީ ސީޒަނުގައި ބައިވެރިވީ އެ ކްލަބްގެ އޭޝިއާ އާއި އޮސްޓްރޭލިއާ ޓުއާ ނިމުނު ފަހުންނެވެ.

އެހެންވެ، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ރޮނާލްޑޯ އަށް ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ބްރައިޓަންއާ ދެކޮޅަށް ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށް ފުރުސަތެއް ނުދެ އެވެ. އެކަމަކު، އެންމެ ފަހުން ބްރެންޓްފޯޑް އަތުން 4-0 އިން ޔުނައިޓެޑް ބަލިވި މެޗުގައި ރޮނާލްޑޯ ފުރަތަމަ އެގާރަައިގައި ކުޅުނެވެ. އިނގިރޭސި މީޑިއާ އިން އަދިވެސް އަންނަނީ ރޮނާލްޑޯ ބޭނުންވަނީ ޔުނައިޓެޑް ދޫކޮށްލަން ކަަމަށް ބުނެ، ރިޕޯޓް ކުރަމުންނެވެ.

ރޮނާލްޑޯ، 37، ގެންދަން އެތުލެޓިކޯ މެޑްރިޑުން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެމުން ރޮނާލްޑޯ ވަނީ އިިންސްޓަގްރާމްގައި އަނެއްކާ ވެސް މީޑިއާ އަށް ފާޑުކިޔައިފަ އެވެ.

ރޮނާލްޑޯ ބުނީ މީޑިއާގައި ގިނައިން ރިޕޯޓްކޮށްފައި ހުރީ ދޮގު ވާހަކަތަކެއް ކަމަށާއި ވަރަށް އަވަހަށް އޭގެ ހަގީގަތް ވެސް ހާމަވެގެންދާނެ ކަމަށެވެ.

"ފާއިތުވި މަސްތަކުގައި މީޑިއާތަކުން އަހަންނާ ބެހޭގޮތުން ރިޕޯޓްކުރި 100 ވަރަކަށް ހަބަރު އަހަރެންގެ ނޯޓު ފޮތެއްގައި ހުންނާނެ. އޭގެއިން އެންމެ ފަސް ހަބަރު ތެދަކަށް ވާނީ. ދެން ވިސްނާލާ ބާކީ ހުންނާނެ ގޮތް. ވަރަށް އަވަހަށް ހަގީގަތް އެނގޭނެ،" ރޮނާލްޑޯ ބުންޏެވެ.

ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބްތަކުން މި ފަހަރު ރޮނާލްޑޯ ގަންނަން ބޭނުންނުވާ ކަމަށް ވަނީ މީޑިއާގައި ބުނެފަ އެވެ.

ޔުނައިޓެޑުން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ހޯމަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅޭނީ ލިވަޕޫލާ ދެކޮޅަށެވެ. އެ މެޗާ ދިމާކޮށް ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ހަރަކާތްތަކެއް ހިންގަން ޔުނައިޓެޑްގެ ސަޕޯޓަރުންގެ ގްރޫޕްތަކުން އަންނަނީ ރާވަމުންނެވެ.

މިދިޔަ ސީޒަނުގައި އެވަޓަން ދަނޑުގައި ޔުނައިޓެޑް 1-0 އިން ބަލިވި މެޗު ނިންމާފައި ރޮނާލްޑޯ ޗޭންޖިން ރޫމަށް ދާން ޓަނަލް އަށް އައި ވަގުތު އެ ތަނުގައި ވީޑިއޯ ކުރަން ހުރި އެވަޓަން ސަޕޯޓަރެއްގެ ފޯނު ބިންމައްޗަަށް ވައްޓާލައި ރޮނާލްޑޯ ވަނީ އެ ފޯނު ހަލާކުކޮށްލައިފަ އެވެ. އެ މައްސަލަ މާސީސައިޑް ފުލުހުން ބެލިއިރު، ރޮނާލްޑޯއާ ވަނީ ސުވާލުކޮށްފަ އެވެ. އެކަމަކު، މައްސަލަ ކުރިއަށް ނުގެންދަން ނިންމާފައިވަނީ ރޮނާލްޑޯ އެ އާއިލާއާ ވާހަކަ ދައްކައި، މައާފަށް އެދިފައިވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox