ފާހަގަވި ކުރި އެރުމާ އެކު ކޯޗު ނަޒީފް އެދެނީ ތުރީ އޮން ތުރީ ބާސްކެޓަށް ހާއްސަ ޓީމެއް އޮތުމަށް

Aug 17, 2022, 7:11 AM
މޮރިޓާނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ އަމްޒަރު ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

މޮރިޓާނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ އަމްޒަރު ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ތުރުކީގެ ކޮންޏާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އިވެންޓްގައި ވާދަކުރި ރާއްޖޭގެ ގައުމީ ތުރީ އޮން ތުރީ ބާސްކެޓް ޓީމުގެ ފަރާތުން މެޗަކަށް ފަހު މެޗެއް ކުރިއެރުން ފެނުނު ކަމަށާއި އޭނާގެ ހުވަފެނަކީ ތުރީ އޮން ތުރީ އަށް ހާއްސަ ބާސްކެޓް ޓީމެއް ރާއްޖޭގައި އޮންނަ ދުވަހެއް ފެނުން ކަމަށް ތުރީ އޮން ތުރީ ބާސްކެޓް ޓީމުގެ މި ފަހަރުގެ ޓީމުގެ ކޯޗު ނަޒީފް އަހުމަދު (ނަޒީ) ބުނެފި އެވެ.

ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރި ތުރީ އޮން ތުރީ ބާސްކެޓް ޓީމުގައި ހިމެނެނީ އަބްދުﷲ އަމްޒަރު މުހައްމަދު، ރިޝްވާން މުހައްމަދު، އަހުމަދު އަލީ މުސްތަފާ (ބޮމްބެ) އަދި އިސްމާއިލް ވިލްދާން ޔޫސުފް އެވެ.

ރާއްޖޭން ސޮލިޑާރިޓީ ގޭމްސްގައި ކުޅުނު މެޗުތައް:

ރާއްޖެ 07-20 ޔޫގާންޑާ (އޮގަސްޓް 14)

ރާއްޖެ 04-21 އީރާން (އޮގަސްޓް 14)

ރާއްޖެ 09-21 މޮރިޓާނިއާ (އޮގަސްޓް 16)

ރާއްޖެ 12-22 ގުޔާނާ (އޮގަސްޓް 16)

ކޮންމެ މެޗެއްގައި ވެސް ތުރީ އޮން ތުރީ ބާސްކެޓް ޓީމުން ރަނގަޅަށް ކުޅޭ ވަގުތުތަކެއް އާދެ އެވެ. މުޅި މެޗަށް ބަލާއިރު، އިދިކޮޅު ޓީމަށް ލިބޭ ފުރުސަތުތަކުގެ ބޭނުންހިފައި، އެ ޓީމުން ތަފާތު ދައްކައި މެޗުން މޮޅުވަނީ އެވެ.

ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ޓީމު ކުޅުނު މެޗެއްގެ ތެރެއިން ކޯޗު ނަޒީ: އޭނާ ދެކޭގޮތުގައި މެޗަކަށް ފަހު މެޗެއްގައި ކުރިއެރުން ފެނުނު.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ތުރީ އޮން ތުރީ ބާސްކެޓް ޓީމުގެ ކޯޗު ނަޒީ ބުނީ މިހާ ގިނަ ދުވަސްކޮށްފައި މި ވަރުގެ ބޮޑު މުބާރާތަކަށް، އައިސް ކުޅެން ޖެހުނީ އިދިކޮޅު ޓީމުތަކުގެ މާ ބޮޑު މައުލޫމާތުތަކެއް އެނގިގެން ތިބެ ނޫން ކަމަށްވާތީ އޭގެ އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.

"އަސްލު އެކްސްޕެކްޓް ކުރާކަށް ވެސް ނޭނގޭ އެހެން ޓީމުތަކުގެ ކުޅުމުގެ އަސްލު ލެވަލެއް. ކުޅެލީމަ އެނގެނީ، އަދި ޓީވީން ބަލާލައިގެނެއް އެއްޗެއް ނޭނގޭނެ، ކުޅެލީމަ މި އިނގެނީ ފިޒިކަލީ ވެސް ޑިފަރެންސަސް ވަރަށް ބޮޑު، ހަށިގަނޑުގެ ޑިފަރެންސް އެބަހުރި، އެންޑިއުރަންސްގެ ޑިފަރެންސް އެބަހުރި،" ނަޒީ ބުންޏެވެ.

"އެކަމަކު، މެޗު ބައި މެޗު އަޅުގަނޑުމެން އެ އެއްޗެހިތައް ވޯކް ކުރަމުން އައިސް އެންމެ ފަހު މެޗު ދެންމެ ނިމިގެން އެ ދިޔަ މެޗު (ގުޔާނާ މެޗު). ވަރަށް ރަނގަޅަށް އަޅުގަނޑުމެންގެ ޕްލޭން އެކްސެކިއުޓް ކުރިން، އަޅުގަނޑުމެން ހިފެހެއްޓީ ބޭރުން އެ ޓީމު ވެއްޓިޔަނުދީ އެއް ޕޮއިންޓުން އެއް ޕޮއިންޓުންނޭ ސްކޯކުރަން ޖެހޭނީ، އިރާދަކުރެއްވިއްޔާ އޭތި ފުދޭވަރަކަށް ހިފެހެއްޓިން އަންޓިލް، ހަމަ މި ބުނާ ފިޒިކަލް ބައި ކުދިންނާ ހަމަކުރަންދެން،"

ނަޒީ ބުނީ ކޮންމެ މެޗެއް ވެސް އަތުން ދޫވެގެން ދިޔަ ހިސާބެއްގެ ގޮތުގައި ފާހަގަކުރެވެނީ ފިޒިކަލް ފިޓްނަސްގެ ފަރަގު މެޗުގެ ފަހުކޮޅުގައި ފެންނަ ވަގުތު ކަމަށެވެ.

"އޮޕޯނަންޓްސް (އިދިކޮޅު ޓީމު)ގެ ފިޓްނަސް ތަފާތަކީ، ކޮމްބިނޭޝަން އެއްވެސް ނޫން، ވަކި އަޅުގަނޑުމެންނަށް ވުރެ ޓެލެންޓެއް ވެސް ރަނގަޅެއް ނޫން. އަޅުގަނޑުމެންނަށް ވުރެ ދެންމެ ކުޅުނު ޓީމު (ގުޔާނާ)، އިސްކޮޅަކުން ވެސް މާ ބޮޑެއް ނޫން. އެ މީހުންގެ ފިޓްނަސް، ފިޒީކް، ސްޓްރެންތު، މިއީ އަސްލު ޑިފަރެންސް މޭކް ކުރި އެއްޗަކީ. އެއީ އަޅުގަނޑުމެން މެޗުގައި ލީޑުކުރިއިރު ވެސް އެ މީހުން ސްޓްރެންތުގައި ނިންމާލީ. އަޅުގަނޑުމެންގެ ޕްލޭޔަރުންނަށް ވަރުބަލިކަން އިހުސާސް ކުރެވުނު ނިމެންދިޔައިރު، އެއީ ކުރިއަށް އޮތްތަނުގައި ވިސްނަން ޖެހޭ ކަމެއް،" ނަޒީ ބުންޏެވެ.

ގުޔާނާ ކުޅުންތެރިއަކު ކައިރިން ރާއްޖެ ޓީމުގެ ވިލްދާން (ކ) ބޯޅަ ހިފައިގެންދަނީ: ވިލްދާން ވަނީ ރޭގެ މެޗުގައި މޮޅު ޕޮއިންޓްތަކެއް އެއްކޮށްފައި.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ނަޒީ ބުނީ ތުރީ އޮން ތުރީގެ ގިނަ މުބާރާތްތައް ރާއްޖޭގެ ޓީމުތަކަށް ކުޅެލަން ގިނައިން ލިބޭ ދުވަސް ދެކެން ބޭނުންވާ ކަމަށާއި އަދި އެކަން ކުރަންޖެހޭނީ ތުރީ އޮން ތުރީ އަށް ހާއްސަވެ، ތިބޭ ކުޅުންތެރިން ހިމެނޭ ޓީމަކުން ކަމަށެވެ.

"އަޅުގަނޑު ދެކެން ބޭނުންވާ ދުވަހަކީ، ތުރީއެކްސްތުރީ (ތުރީ އޮން ތުރީ) އަކީ ވަކި ޑިސިޕްލިން އަކަށް ވެގެން. ވަކި ގޮތަކަށް މީގެ ކުޅޭ ކުޅުންތެރިންތަކެއް ސްޕެޝަލައިޒްވެގެން އައިސް ކުޅޭތަން. އެއީ އަޅުގަނޑުގެ ޑްރީމް އަކީ، އެއީ ކަންނޭނގެ ކުރިއަށް އޮތްތަނުގައި ސަކްސެސް (ކާމިޔާބު) ލިބޭނެ ގޮތަކީ، ފައިވް އޮން ފައިވް ކުޅެފައި، އައިސް ތުރީއެކްސްތުރީ (ތުރީ އޮން ތުރީ) ކުޅެން ވެއްޖިއްޔާ އެކަން އަޅުގަނޑަށް އެކަން ވާނެ ކަމަށް ގަބޫލެއް ނުކުރެވޭ، އެހެންވީމަ ސްޕެޝަލައިޒް ވާންޖެހޭނީ،" ނަޒީ ބުންޏެވެ.

ބާސްކެޓްގެ ހިދުމަތްތެރި ކޯޗެއްގެ ގޮތުގައި ފާހަގަކުރެވޭ ނަޒީ ބުނީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ކަހަލަ ވަރުގަދަ ލެވަލެއްގެ މުބާރާތެއްގައި ކުޅެލަން ރާއްޖެ އަށް ފުރުސަތު ލިބުމުން އެކަމަށް ޝުކުރު ކުރާ ކަމަށެވެ. އަދި ކުރިއަރަން ބޭނުންނަމަ ރާއްޖެ އަށް މި ލެވަލްގެ މުބާރާތްތައް ގިނައިން ލިބެންޖެހޭ ކަމަށާއި އެ ފުރުސަތުތައް ލިބޭ ވަރަކަށް މުބާރާތަކަށް ފަހު މުބާރާތެއްގައި ކުރިއެރުން ފެންނާނެ ކަމަށް ނަޒީ ގަބޫލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox