ނަޝީދުގެ ހިސާބު؛ ނިޒާމީ ވޯޓު ނުބާއްވައިފިނަމަ އެމްޑީޕީގެ 42 ޕަސެންޓު ސަރުކާރަށް ގެއްލޭނެ!

 އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

ވެރިކަން ކުރުމުގެ ނިޒާމާ މެދު އެމްޑީޕީގެ މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް 42 ޕަސެންޓް މެންބަރުން ހިތްހަމަނުޖެހޭ ހާލަތުގައި އެ މެންބަރުންނަށް އެ ކަމުގެ ވޯޓެއް ދޭން ފުރުސަތު ނުދީފިނަމަ ސަރުކާރަށް އެ ވޯޓުތައް ގެއްލިގެން ދާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ވަނީ ބަރުލާމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ހުށަހަޅުއްވައިފަ އެވެ.

އެމްޑީޕީގެ އިސް ސަފުން ވެސް ގިނަ ބަޔަކު ގަރާރާ ދެކޮޅު ހަދާފައިވަނިކޮށް، ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމްޑީޕީ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ފުރަތަމަ ވެސް ފާހަގަ ކުރެއްވީ މިދިޔަ އިންތިހާބުތަކުގެ ނަތީޖާގައި ފާހަގަކޮށްލެވޭ ބައެއް ހިސާބުތަކެވެ.

"މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމަށް 42 ޕަސެންޓް ވޯޓު ލިބުނު، ބާކީ މި އޮތް 58 ޕަސެންޓުން ޖުމްހޫރީ ޕާޓީން އަބަދުވެސް 12 ޕަސެންޓެއް ވަރު އެބަ ނަގާ، އެމްއާރުއެމާއި އަދާލަތު ޕާޓީއަށް ޖުމުލަ އެކުގައި މި ނަގާ ހަ ޕަސެންޓެއް ވަރު،" ނަޝީދުގެ ހިސާބުތައް ހިއްސާކުރެއްވި އެވެ.

އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމަށް ލަފާ ކުރެވެން އޮތީ ވޯޓުލާ ރައްޔިތުންގެ 48 ޕަސެންޓް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ، ނަޝީދު ވިދާޅުވި ގޮތުން، 112،000 ވޯޓެވެ. އެމްޑީޕީގެ މެންބަރުންގެ ތެރެއިން 42 ޕަސެންޓް މެންބަރުން ނީޒާމީ ވޯޓަކަށް އެދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ނިޒާމީ ބަދަލާއި އޮނިގަނޑުގެ ބަދަލު ނުގެނެސްފި ނަމަ، އެމްޑީޕީން 42 ޕަސެންޓް ވޯޓު މި ސަރުކާރަކަށް ވޯޓު ނުދޭނެ، އެއީ 47،000 މީހުންގެ ވޯޓު،" ނަޝީދު ވިދާޅުވި އެވެ.

ނިޒާމީ ވޯޓަށް ފުރުސަތު ދިނުމަކީ ބުއްދިވެރި ގޮތެއް ނޫން އެމްޑީޕީގެ ބައެއް މެންބަރުން ދެކުނު ނަމަވެސް، ސަރުކާރަށް ލިބެން އޮތް ހުރިހާ ވޯޓެއް ޔަގީން ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ނިޒާމީ ވޯޓުގެ ފުރުސަތު ނުދީފިއްޔާ، އެ ކަމަށް އަޅުގަނޑުމެން އެއްބަސްނުވެއްޖެއްޔާ، މި 42 ޕަސެންޓް އެބަ ދުރުވޭ، މި ސަރުކާރާ،" ނަޝީދު ތަރުކާރުކޮށް ވިދާޅުވި އެވެ.

އެމްޑީޕީގެ 42 ޕަސެންޓް ނިޒާމީ ބަދަލަކަށް އެދޭ ކަމަށް ނަޝީދު ވިދާޅުވި އިރު، އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ނަޝީދު ތާއީދު ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) އަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ.

ބައެއް ވަޒީރުން ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާފައި އޮތް އޮތުން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ "އެއްވެސް ބޭފުޅަކު އަރާ އޮތް ގޮފިގަނޑު ކަނޑާލަން ނޭދޭނެ،" ކަމަށެވެ.

އެއީ ބަރުލަމާނީ ނިޒާމެއްގައި ވަޒީރުން އައްޔަންކުރުމުގެ ބަދަލުގައި މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންގެ މަޖިލީހަށް މެންބަރުން ކަނޑައާޅާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނިޒާމު ކަނޑައެޅުމަށް 2007 ވަަނަ އަަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ނަޝީދާއި އެމްޑީޕީން ވެސް ތާއީދު ކުރީ ބަރުލަމާނީ ނިޒާމަށެވެ. އޭރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ޕީއޭ އިން ވެސް ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ.

ނަމަވެސް, މިހާރު އެމްޑީޕީގެ ތެރޭގައި ރިޔާސީ ނިޒާމާއެކު ކުރިއަށް ދާން ބޭނުންވާ މީހުން ވެސް ގިނަ އެވެ. އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ނަޝީދުގެ ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ސޯލިހް ރާއްޖެޓީވާއަށް މިއަދު ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަންވީ ވަގުތު ނޫން ކަމަށާއި އިސްކަން ދޭންވީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. މީގެކުރިން ވެސް ނިޒާމް ބަދަލުކުރަން ތާއިދު ނުކުރައްވާކަން ހާމަކުރައްވާފައިވާ ރައީސް ވިދާޅުވީ, ބަރުލަމާނީ ނިޒާމް ގެންނަން ރާއްޖެ އޮތީ މާޅަފަތުގަ ކަމަށެވެ.

ނިޒާމް ބަދަލުކުރަން ގާނޫނުއަސާސީ ބަދަލުކުރަން ހުށަހަޅަން އެމްޑީޕީގެ ކޮންގްރެސްއިން ވެސް ތާއިދު ކުރާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެހެންވެ, އެ ގަރާރު އަނބުރާ ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް, ޓީވީ ޗެނަލަށް ފޯނުން ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

ނަޝީދު ފިޔަވައި އިތުރު ސިޔާސީ ލީޑަރަކު މި ވަގުތަށް ބަރުލަމާނީ ނިޒާމު ގެންނަން ތާއީދެއް ނުކުރައްވަ އެވެ. ކުރިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ޔާމީން ވެސް ވިދާޅުވަނީ މި ވަގުތަށް އެ ނިޒާމު ރާއްޖެއަށް "ފިޓު" ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox