ސޭވް ވިތު އެމްއައިބީ ޕްރޮމޯޝަން ކާމިޔާބުކަމާއެކު ކުރިއަށް

Aug 16, 2022, 2:39 AM
ސޭވް ވިތު އެމްއައިބީ ޕްރޮމޯޝަން ކާމިޔާބުކަމާއެކު ކުރިއަށް

އިސްލާމީ ޝަރިއާ ހުއްދަ ކުރާ އުސޫލުން ފަހަށް ފައިސާ ރައްކާ ކުރުމުގެ ރިވެތި އާދަ ދިވެހިންގެ މެދުގައި އަށަގެންނެވުމުގެ މަގްސަދުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ކުރިއަށް ގެންދާ "ސޭވް ވިތު އެމްއައިބީ" ޕްރޮމޯޝަން ޖޫން މަހު ފަށާފައިވާއިރު، މިހާތަނަށް ޕްރޮމޯޝަން ވަރަށް ކާމިޔާބު ކަމަށް އެ ބޭންކުން ބުނެފި އެވެ.

ޖޫން 8 އިން މިއަހަރުގެ ނިޔަލަށް ކުރިއަށް ގެންދާން ރާވާފައިވާ މި ޕްރޮމޯޝަންގެ ދަށުން 30،000ރ. އަށް ވުރެ މަދުނޫން އަދަދެއް "އެމްއައިބީ ކާމިޔާބު ކިޑްސް" ނުވަތަ ކިޑްސް އެކައުންޓެއްގައި ރައްކާކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް އާއިލާއާއެކު މެލޭޝިއާގެ ލެގޯ ލޭންޑަށް ތިން ދުވަހުގެ ދަތުރެއް ލިބެއެވެ.

"ކިޑްސް ނުވަތަ ކާމިޔާބު ކިޑްސް އެކައުންޓެއް ނެތް ފަރާތްތަކުން އެކައުންޓް ހުޅުވުމަށް ވެސް މިއީ ފަސޭހަ މަގެއް،" އެމްއައިބީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެމްއައިބީ ކާމިޔާބު ކިޑްސް އެކައުންޓަކީ ކޮބާ؟

އެމްއައިބީގެ ކާމިޔާބު ކިޑްސް އެކައުންޓަކީ މި ވަގުތު ރާއްޖޭގައި އެންމެ ރަނގަޅު ރޭޓެއްގައި ފައިދާ ހިއްސާކުރާ އެއް ކިޑްސް ސޭވިން އެކައުންޓެވެ. މި އެކައުންޓަކީ އެހެން ކިޑްސް ސޭވިން އެކައުންޓަކާއި ހިލާފަށް ކުއްޖާއަށް 18 އަހަރު ފުރުމާ ހަމަޔަށް ވަކި އަދަދެއްގެ ފައިސާ ރައްކާކުރުމުގެ އަމާޒުގައި ހުޅުވާ އެކައުންޓެކެވެ. ކާމިޔާބު ކިޑްސް އެކައުންޓެއް ޑޮލަރުން ވެސް ހުޅުވިދާނެ އެވެ. އަދި ކޮންމެ ހަ މަހަކުން ފައިދާ ލިބޭއިރު ބެލެނިވެރިޔާ ބޭނުންނަމަ ހިލޭ ސްޓޭންޑިން އޯޑާ ހެދުމުގެ ފުރުސަތު ވެސް ބޭންކުން ދެ އެވެ.

ދަރިންގެ މުސްތަގުބަލަށްޓަކައި ރައްކާކުރާ ފައިސާއަކީ އިސްލާމީ އުސޫލުގެ ތެރެއިން ރައްކާކުރެވޭ ފައިސާއެއް ކަމުގައި ހެދުމުގެ މުހިއްމުކަން

އަޅުގަނޑުމެން ކޮންމެ ބެލެނިވެރިއެއްގެ ވެސް އަމާޒަކަށް ވާނީ އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދާއި ދިނުމެވެ. ރަނގަޅު ތައުލީމެއްގެ އިތުރުން ހުނަރުތައް ތަރައްގީކުރުމަށް މަގުފަހިކޮށްދީ ކާމިޔާބު ކުއްޖަކަށް އެ ކުއްޖާ ހެދުމެވެ. މި އަމާޒަށް ވާސިލުވުމަށް އެ ކުއްޖާގެ މުސްތަގުބަލަށް ރައްކާކުރެވޭ ފައިސާއަކީ ދީނުގެ ތަރަހައިގެތެރެއިން ހޯދޭ އަދި އިތުރުކުރެވޭ ފައިސާއަށް ހެދުން ވަރަށް މުހިންމެވެ. ދަރީން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ބެލެނިވެރިންގެ ޒިންމާއަކަށްވާއިރު އެކުދިންނަށް ހަރަދުކުރެވޭ ފައިސާއަކީވެސް އަދި އެކުދިންނަށްޓަކައި ރައްކާކުރެވޭ ފައިސާއަކީވެސް ރިބާ ފަދަ ކަންކަމުން ދުރުކުރެވިފައިވާ ކަމަކަށް ވާންޖެހެއެވެ.

އިސްލާމިކް ބޭންކުގައި ރައްކާކުރާ ފައިސާއަށް އިތުރަށް ލިބޭ ފައިސާ ރިބާ އަށް ނުވަނީ ކީއްވެ؟

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި މާލީ ހިދުމަތްތައް ފުރަތަމަ ދޭން ފެށި ބޭންކަކީ މޯލްޑިވްސް އިސްލާމިކް ބޭންކެވެ. އިސްލާމިކް ބޭންކުގައި ހުޅުވޭ ހުރިހާ ސޭވިން އެކައުންޓްތަކަކީ ވެސް މުޟާރަބާގެ އުސޫލުން ހުޅުވޭ އެކައުންޓުތަކެކެވެ. މި އެކައުންޓުތަކަށް ފައިދާގެ ގޮތުގައި އިތުރުވާ ބަޔަކީ ކޮންވެންޝަނަލް ބޭންކުތަކާއި ހިލާފަށް، ކަނޑައެޅި ނިމިފައިވާ ވަކި ރޭޓެއް ނޫނެވެ. އެއާއި ހިލާފަށް އެކައުންޓު ހުޅުވާއިރު އެއްބަސްވާ ޕްރޮފިޓް ޝެއަރިން ރޭޝިއޯ ނުވަތަ ފައިދާ ހިއްސާކުރާ ނިސްބަތުންނެވެ. މީގެ ސަބަބުން ބޭންކަށް ގިނައިން ފައިދާވާނަމަ ކަސްޓަމަރުންނަށްވެސް ގިނައިން ފައިދާ ލިބެއެވެ. ދެފަރާތަށްވެސް އިންސާފުވެރިކޮށް މި ލިބޭ ފައިސާއަކީ ޝަރިއާ ހުއްދަކުރާ އިންވެސްޓްމަންޓުތަކުން ބޭންކަށް ލިބޭ ފައިދާއެވެ.

ޝަރިއާ ހުއްދަކުރާ އުސޫލުން ފައިސާ ރައްކާކުރަން ރަނުގެ ފުރުސަތެއް

އިސްލާމިކް ބޭންކުގެ ސޭވްވިތް އެމްއައިބީ ކެމްޕެއިންއަކީ އިސްލާމީ އުސޫލުން ފައިސާ ރައްކާކުރަން ފެއްޓުމަށްޓަކައި ލިބޭ ރަނުގެ ފުރުސަތެކެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން މި އަހަރުގެ ނިޔަލަށެވެ. މި މުއްދަތުގައި އެމްއައިބީގައި ކިޑްސް އަދި ކާމިޔާބު ކިޑްސް އެކައުންޓެއް ހުޅުވުމަށް ބޭނުންވާ ބެލެނިވެރިން މި ލިންކުގައިވާ މައުލޫމާތު ފުރިހަމަ ކުރުމުން ބޭންކުން އެޕޮއިންޓްމަންޓް ހަމަޖައްސައިދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox