ބާސެލޯނާގެ ފުރަތަމަ މެޗު އެއްވަރު، ޒަވީ އެދުނީ ކެތްތެރިވާން

Aug 14, 2022, 4:09 AM
ރަޔޯގެ ޑިފެންޑަރެއް ކައިރިން ބޯޅަ ހިފައިގެންދާން ބާސެލޯނާގެ ލެވަންޑޯސްކީ މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

ރަޔޯގެ ޑިފެންޑަރެއް ކައިރިން ބޯޅަ ހިފައިގެންދާން ބާސެލޯނާގެ ލެވަންޑޯސްކީ މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (އޮގަސްޓް 14) - މި ސީޒަނަށް ގިނަ ކުޅުންތެރިންތަކެއް ހޯދައި، ސްކޮޑް ވަރުގަދަކުރި ބާސެލޯނާ ސްޕެއިން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ރަޔޯ ވަޔޮކާނޯއާ ލަނޑެއް ނުޖެހި 0-0 އިން އަމިއްލަ ދަނޑުގައި އެއްވަރުވެއްޖެ އެވެ.

ރަޖިސްޓްރޭޝަންގެ މައްސަލަތައް ހައްލުކޮށް، ބާސެލޯނާއާ އަލަށް ގުޅުނު ފަސް ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިންނާއި ކޮންޓުރެކްޓް އާކުރި ކުޅުންތެރިންނަށް ރޭގެ މެޗުގައި ކުޅެވޭ ގޮތްވި އެވެ. ރަޖިސްޓްރޭޝަން ފުރިހަމަނުކުރެވި، ރޭގެ މެޗުގައި ނުކުޅެވުނީ ސެވިއްޔާ އިން ގުޅުނު ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ އަށެވެ. ކޫންޑޭ ހުރީ އަނިޔާގައި ކަމަށްވާތީ އޭނާގެ ރަޖިސްޓްރޭޝަން ނިންމަން ބާސެލޯނާ އަށް އަދި ވަގުތު އެބައޮތެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އާއި އަންދްރެސް ކްރިސްޓަންސަން އަދި ރަފީނިއާ އަށް ފުރަތަމަ 11 އިން ފުރުސަތު ދީފަ އެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި މޮޅެއް ނުލިބުމުން، ބާސާގެ ކޯޗު ޒަވީ އެދުނީ ސަޕޯޓަރުން ކެތްތެރިވުމަށެވެ.

"ރަޔޯ އިން ވަރަށް ރަނގަޅަށް ޑިފެންސްކުރި. އެހެންވެ، އަހަރެމެންނަށް ޗާންސްތައް އުފެއްދުމަށް އުނދަގޫވި،" ޒަވީ ބުންޏެވެ. "ވަރަށް ދެރަކޮށް މި ދިމާވީ. އަހަރަމެން ސަޕޯޓަރުންނަށް ދައްކާލަން ބޭނުންވީ ކްލަބު އޮތީ ރަނގަޅު މިސްރާބުގައިކަން. މިއީ ވަރަށް ދެރަ ނަތީޖާއެއް. އެކަމަކު ކެތްތެރިވާން އެބަޖެހޭ."

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާގެ ޕެޑްރީ ފޮނުވާލި ހަމަލާއެއް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. ބާސެލޯނާ އިން މެޗު ކޮންޓުރޯލްކޮށްގެން ކުޅުނު ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރަޔޯގެ އަލްވާރޯ ގާސިއާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބާސާގެ ގޯލްކީޕަރު މާކް ޓެ ސްޓޭގަން ވަނީ ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފުގައި ވެސް ބާސެލޯނާ އިން ރަޔޯގެ ޑިފެންސަށް ބާރު ބޮޑުކުރިޔަސް، އެ ޓީމަށް ރަޔޯގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއްނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox