އެފްއޭ ކަޕް: ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކޮށް ގްރީން ސްޓްރީޓްސް ސެމީ އަށް

Aug 13, 2022, 4:47 PM
ޓީސީގެ ހަމްދޫން. (ކ) ކައިރިން ގްރީން ސްޓްރީޓްސްގެ ރިލޭ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ޓީސީގެ ހަމްދޫން. (ކ) ކައިރިން ގްރީން ސްޓްރީޓްސްގެ ރިލޭ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި މިއަދު ޕެނަލްޓީ ޖަހައިގެން 4-3 އިން ބަލިކޮށް، ކްލަބް ގްރީން ސްޓްރީޓްސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެެވެ. އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ އަށް ބަދަލެއް ނާދެ އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި، ގްރީން ސްޓްރީޓްސްގެ "ހީރޯ" އަކަށްވީ އެ ޓީމުގެ ޕާކިސްތާން ގޯލްކީޕަރު ސާގިބް ހަނީފެވެ. އޭނާ ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޕެނަލްޓީ މަތަކޮށްފަ އެވެ. އެއީ ޓީސީގެ މުހައްމަދު ސާދު ނިޒާރާއި މުހައްމަދު އަޖުފާން ޖެހި ދެ ޕެނަލްޓީ އެވެ. ޓީސީން ޕެނަލްޓީ ކާމިޔާބުކުރީ މުހައްމަދު މުސްލިހު (މުއްޓި) އާއި އަހުނަފް މުހައްމަދު ތަސްނީމް އަދި ހަސަން އީނާޒެވެ.

ގްރީން ސްޓްރީޓްސްގެ ޕެނަލްޓީތަކުގެ ތެރެއިން، ނާކާމިޔާބުވީ އަންސަރު އިބްރާހިމް (އަންކޮ) ޖެހި ޕެނަލްޓީ އެވެ. އަންކޮ ޖެހި ޕެނަލްޓީ ޓީސީގެ ސްރީ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފަ އެވެ. އަންކޮ އާއި ސުޖަން ވަނީ އެއްކޮށް އީގަލްސް އަށް ކުޅެފަ އެވެ. ގްރީން ސްޓްރީޓްސްގެ އުޒްބެކިސްތާން ޑިފެންޑަރު ޝުކްރާލީ އެގަމެރްދީ އާއި ހަސަން ނަޒީމް (ޗޯޓު) އަދި ފަރުހާދް އިސްމާއިލް (ފަރޭ) ޕެނަލްޓީތައް ކާމިޔާބުކުރިއިރު، ފަސް ވަނަ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމު ސެމީ އަށް ގެންގޮސްދިނީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެެވެ.

ސެމީ ފައިނަލްގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނާނީ 2012 އަދި 2014 ވަނަ އަހަރު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. ގްރީން ސްޓްރީޓްސް އިން މިއަދު ބަލިކުރި ޓީސީ އަކީ އެންމެ ފަހުން މި މުބާރާތް ފުރިހަަމަ ކުރި ދެ ފަހަރުގެ ވެސް ރަނަރަޕް އެވެ. މި ނަތީޖާއާ އެކު، ޓީސީ އަށް ވަނީ މި ސީޒަން ނިމިފަ އެވެ.

ގްރީން ސްޓްރީޓްސް އާއި ޓީސީ މިއަދު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް،އެމްވީ

ގަލޮޅު ދަނޑުގައި ކުޅުނު މިއަދުގެ މެޗުގެ 24 ވަނަ މިނިޓުގައި ޓީސީން ލީޑު ނެގީ އެ ޓީމުގެ މިސްރު ފޯވަޑް އޮމަރު ހުސެއިން ސަލާހް ޖެހި ލަނޑުންނެވެ. ހިލޭޖެެހުމަކުން ޓީސީގެ ކުޅުންތެރިއެއް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ސަލާހް ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.

އެހެން ނަމަވެސް، މެޗުގެ 38 ވަނަ މިނިޓުގައި ގްރީން ސްޓްރީޓްސް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ކޯނަރަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލަށް އަމާޒުކޮށް، ގްރީން ސްޓްރީޓްސް އަށް ލަނޑު ޖަހައިދިނީ ޑިފެންޑަރު ޝުކުރާލީ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސަލާހްގެ ހަމަލާއެއް ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ސާގިބް ދިފާއުކުރިއިރު، ގްރީން ސްޓްރީޓްސް އަލީ ޝާމިއު (މައިތޯ) ގެ ފޮނުވާލި ޝޮޓެއް ޓީސީގެ ކީޕަރު ސުޖަން ވެސް ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ޓީސީގެ ސަލާހް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިޔާ ތެރެއިން އޭނާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ގްރީން ސްޓްރީޓްސްގެ އަންކޮ އަށް ވެސް ލަނޑު ޖަހާނެ ފުރުސަތެއް ލިބުނެވެ. އެކަމަކު އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ސުޖަން ވަނީ ދިފާއުކޮށްފަ އެވެ.

އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި މިރޭ ކުޅޭނީ 2016 ވަނަ އަހަރުގެ ޗެމްޕިއަން، ވެލެންސިއާ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox