ކޫންޑޭ ފިޔަވައި ދެން ތިބި ކުޅުންތެރިން ބާސެލޯނާ އަށް ރަޖިސްޓްރީ ކުރެވިއްޖެ

Aug 13, 2022, 7:56 AM
ބާސެލޯނާ އިން ގަތް ކުޅުންތެރިންގެ ތެރެއިން ރަޖިސްޓްރީ ނުކުރެވި އޮތް ކުޅުންތެރިއަކީ ކޫންޑޭ.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ އިން ގަތް ކުޅުންތެރިންގެ ތެރެއިން ރަޖިސްޓްރީ ނުކުރެވި އޮތް ކުޅުންތެރިއަކީ ކޫންޑޭ.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (އޮގަސްޓް 13) - ބާސެލޯނާ އިން އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ފިޔަވައި، ދެން ތިބި ހުރިހާ ކުޅުންތެރިން ވެސް އެ ކްލަބަށް ސްކޮޑުގައި ރަޖިސްޓްރީ ކުރެވިއްޖެ އެވެ.

މާލީ މައްސަލަތަކެއް ކުރިމަތިވެފައި އޮތް ނަމަވެސް، ޓްރާންސްފާ ބާޒާރުގައި އެންމެ ހަރަކާތްތެރިކޮށް ފެނުނު އެއް ކްލަބަކީ ބާސެލޯނާ އެވެ. އެ ކްލަބުން ވަނީ ސްކޮޑް ވަރުގަދަ ކުރުމަށް ބަޔާން މިއުނިކަށް ކުޅެމުންދިޔަ ތަޖުރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އާއި ލީޑްސްގެ ޔުނައިޓަޑް ކުޅެމުންދިޔަ ބްރެޒިލްގެ ވިންގް، ރަފީނިއާ އަދި ސެވިއްޔާގެ ޑިފެންޑަރު ކޫންޑޭގެ ޓްރާންސްފާ ނިންމައިފަ އެވެ.

މީގެ އިތުރުން، ހިލޭ ޓްރާންސްފާތަކުގައި އޭސީ މިލާނަށް ކުޅެމުންދިޔަ އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ އަދި ޗެލްސީގެ ޑެންމާކް ޑިފެންޑަރު އަންދްރެސް ކްރިސްޓެންސަން ވަނީ ބާސެލޯނާއާ ގުޅިފަ އެވެ.

މި ކުޅުންތެރިން ބާސެލޯނާއާ ގުޅުނު ނަމަވެސް، ލަ ލީގާގެ ފައިނޭންޝަން ގަވައިދުތަކަށް ބާސެލޯނާ މާލީ ހިސާބުތައް ނުފެތޭތީ، އެ ކްލަބާ އަލާށް ގުޅުނު ކުޅުންތެރިންނާއި، ކޮންޓުރެކްޓް އާކުރި ކުޅުންތެރިން ރަޖިސްޓްރީކުރުމަށް ދަތިތަކެއް ކުރިމަތިވި އެވެ.

ބާސެލޯނާ އިން ގަތް ލެވަންޑޯސްކީ: އޭނާގެ ސޮއި ހޯދީ ގިނަ ފަހަރުތަކެއްގެ މަތިން ކުރި ބިޑްތައް ބަޔާން މިއުނިކުން އަނބުރާ ފޮނުވާލި ނަމަވެސް، އެންމެ ފަހުން ކުރި ބިޑް ކާމިޔާބުކޮށްގެން.--- ފޮޓޯ: އޭއެފްޕީ

އެކަމަކު، މި ސީޒަންގެ ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ރަޔޯ ވަޔޮކާނޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން، ބާސާ އިން ވަނީ މައްސަލަ އަށް ހައްލު ހޯދައި، ގިނަ ކުޅުންތެރިންގެ ރަޖިސްޓްރޭޝަން ފުރިހަމަކޮށްފަ އެވެ.

ބާސެލޯނާ އިން ކުޅުންތެރިން ރަޖިސްޓްރީކުރީ އެ ކްލަބުގެ ޕްރޮޑަކްޝަން ސްޓޫޑިއޯ ކަމަށްވާ "ބާސާ ސްޓޫޑިއޯސް"ގެ ހިއްސާތަކެއް، 100 މިލިއަން ޔޫރޯ (100 މިލިއަން ޑޮލަރު)ގެ އަގަކަށް އޯޕަސް މީޑިއާ އަށް ވިއްކާލައިގެނެވެ.

ބާސެލޯނާގެ ޕްރޮޑަކްޝަން ކުންފުންޏާއި ޓީވީ ރައިޓްސްގެ ވިއްކާލައިގެން، ފާއިތުވި ދެ ތިން ހަފުތާގެ ތެރޭގައި އެ ކްލަބުން ވަނީ އާމްދަނީގެ ގޮތުގައި 600 މިލިއަން ޔޫރޯ ހޯދައިފަ އެވެ. އެކަމަކު، މި އަދަދާ އެކު ވެސް، ހުރިހާ ކުޅުންތެރިން އެ ކްލަބަށް ރަޖިސްޓްރީއެއް ނުކުރެވުނެވެ.

ބާސެލޯނާ އަށް ރަޖިސްޓްރީ ކުރެވުނީ ލެވަންޑޯސްކީ އާއި ރަފީނިއާ އާއި ކެސިއޭ އަދި ކްރިސްޓެންސަން އެވެ. އަދި ކޮންޓުރެކްޓް އާކުރި ސާޖި ރޮބޭޓޯ އާއި އޮސްމާނޭ ޑެމްބޭލޭ ވެސް ވަނީ ރަޖިސްޓްރީ ކުރެވިފަ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ބާސެލޯނާ އަށް ކޫންޑޭ ރަޖިސްޓްރީ ކުރެވޭނީ އެ ކްލަބުން ކުޅުންތެރިންގެ މުސާރަ އަށް ހޭދަކުރާ ބަޖެޓު ކުޑަކޮށްގެނެވެ. އެހެންކަމުން، ޓްރާންސްފާގައި ބާކީ މި އޮތް ދުވަސްކޮޅުގައި، ބާސެލޯނާ އިން ކުޅުންތެރިންތަކެއް ދޫކޮށްލަންޖެހޭނެ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ބާސެލޯނާ އިން މި ޓްރާންސްފާ ބާޒާރުގައި ޓްރާންސްފާ ފީތަކަށް 150 މިލިއަން ޔޫރޯ (165 މިިލިއަން ޑޮލަރު) ހޭދަކޮށްފަ އެވެ.

މުސާރައިގެ ބަޖެޓް ކުޑަކުރުމަށް ބައެއް ކުޅުންތެރިން ދޫކޮށްލުމުގެ އިތުރުން، މިހާރު ތިބި ސީނިއާ ބައެއް ކުޅުންތެރިން މުސާރަ ކުޑަކުރުމަށް ވެސް ބާސެލޯނާ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox