ކީއްކުރާ ހުންގާނެއް؟ އެއަށް ވުރެ ތެލުގެ ހަރަދު ކުޑަކޮށްދޭ ޖޮއިސްޓިކް މާ ސަޅި!

ވޮލްވޯ ޕެންޓާ އައިޕީއެސް ސިސްޓަމް މޯލްޑިވްސް މެރިން އެކްސްޕޯގައި ޑިސްޕްލޭކޮށްފައި: މިއީ ތިމާވެއްޓާ ރައްޓެހި، ހުރިހާ ގޮތަކުން ހަރަދު ކުޑަކޮށްދޭ ޕްރޮޕަލްޝަން ސިސްޓަމެއް. -- ފޮޓޯ: އަދަދު

ވޮލްވޯ ޕެންޓާ އައިޕީއެސް ސިސްޓަމް މޯލްޑިވްސް މެރިން އެކްސްޕޯގައި ޑިސްޕްލޭކޮށްފައި: މިއީ ތިމާވެއްޓާ ރައްޓެހި، ހުރިހާ ގޮތަކުން ހަރަދު ކުޑަކޮށްދޭ ޕްރޮޕަލްޝަން ސިސްޓަމެއް. -- ފޮޓޯ: އަދަދު

މިހާރު ކުރިޔަށްދާ މެރިން އެކްސްޕޯގެ ތެރެއިން އެންމެ ލޮލުގަ އަޅައިގަތް އެކައްޗަކީ ވޮލްވޯ ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު މާކެޓެކް މޯލްޑިވްސްގެ ސްޓޯލުގައި ބަހައްޓާފައި ހުރި އެއްޗެއްގައި ހަރުކޮށްފައި ހުރި ބުރަފައްޗެވެ. ފުރަތަމަ ފެނުމުން ހިތަށްއެރީ އެ ބުރަފަތި އެއިނީ ނުބައިކޮށް ހަރުކޮށްފައި ކަމަށެވެ. އާންމުކޮށް ދޯނިތަކުގައި ބުރަފަތި ހުންނަނީ އެންމެ ފަހަތް ކޮޅުގަ އެވެ. އެކަމަކު މި ބުރަފަތި އިނީ ހުންގާނާ ވީކޮޅަށެވެ.

މިއީ ކިހިނެއްވާ ކަމެއްތޯ އޮޅުންފިލުވާލަން ސްޓޯލާ ގާތްވެލިއިރު، އެތާ ބަހައްޓާފައި ހުރި ޖޮއިސްޓިކެއް ބޭނުންކޮށްގެން ކުދިންތަކެއް ބޯޓެއް ގާތްކުރަން މަސައްކަތްކުރާ މަންޒަރު ވެސް ފެނުނެވެ. އެކަމަށް މާބޮޑު ފަރުވާލެއް ނެތި ކުރިން ފެނުނު ބުރަފައްޗާ ގުޅޭގޮތުން މައުލޫމާތު ހޯދާލަން މަސައްކަތް ކުރީމެވެ. އެ މައުލޫމާތު ދިނީ މާކެޓެކްގެ އަޖުވާދު ނަމަކަށް ކިޔާ މުވައްޒަފެކެވެ. އެންމެ ފުރަތަމަ ވެސް ބުނީ ބުރަފަތި ހުރީ ނުބައިކޮށް ހަރުކޮށްފައި ނޫން ކަަމަށާއި އެއީ އެ ކުންފުނިން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްގެން ބޭނުންކުރަމުން އަންނަ ވޮލްވޯ ޕެންޓާ އައިޕީއެސް ސިސްޓަމުގައި ބުރަފަތި ހަރުކުރާ ގޮތް ކަމަށެވެ.

ތިމާވެއްޓާ ރައްޓެހި، ހަރަދުކުޑަ، އަޑު މަޑު، މޮޅު ސިސްޓަމެއް

ވޯލްވޯ ޕެންޓާ އިންބޯޑް ޕާފޯމަންސް ސިސްޓަމް (އައިޕީއެސް)އަކީ މާކެޓުގައި ދެވަނައެއް ނެތް ފަދަ ޕްރޮޕަލްޝަން ސިސްޓަމެކެވެ. ތިމާވެއްޓާ ރައްޓެހި މި ޕްރޮޑަކްޓަކީ މިހާރު އެންމެ ހިނގާ "ފިއުޗާ-ޕްރޫފް" އީޖާދެކެވެ. މާނައަކީ މުސްތަގުބަލުގައި ވެސް މި ޕްރޮޑަކްޓުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ އެވެ.

އަޖުވާދު ބުނި ގޮތުގައި މި ޕްރޮޑަކްޓު ތިމާވެއްޓާ ރައްޓެހި ކަމަށް ބުނަނީ މި ސިސްޓަމް ބޭނުންކޮށްގެން 30 ޕަސެންޓާ ހަމައަށް ތެލުގެ ހަރަދުކުޑަވުމާއި އެއާއެކީ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ނިސްބަތް 30 ޕަސެންޓާ ހަމައަށް ކުޑަކުރެވޭތީ އެވެ. ހަމައެހެންމެ 50 ޕަސެންޓާ ހަމައަށް އިންޖީނުގެ އަޑު މަޑުކޮށްދޭ މި ސިސްޓަމާއެކީ ޓޮޕް ސްޕީޑް 20 ޕަސެންޓާ ހަމައަށް އިތުރުވެ، ކްރޫޒް ކުރެވޭ ރާސްތާ 40 ޕަސެންޓާ ހަމައަށް އިތުރުކުރެވެ އެވެ.

ވޮލްވޯ ޕެންޓާ އައިޕީއެސް ސިސްޓަމް ބޯޓުތަކުގައި ހަރުކުރުމުން ހުންނާނެ ގޮތުގެ ކުރެހުމެއް. -- ފޮޓޯ: ވޮލްވޯ
ވޮލްވޯ ޕެންޓާ އައިޕީއެސް ސިސްޓަމް ބޯޓުތަކުގައި ހަރުކުރުމުން ހުންނާނެ ގޮތުގެ ކުރެހުމެއް. -- ފޮޓޯ: ވޮލްވޯ

ވޮލްވޯ ޕެންޓާ އައިޕީއެސް ސިސްޓަމް ބޯޓުތަކުގައި ހަރުކުރުމުން ހުންނާނެ ގޮތުގެ ކުރެހުމެއް. -- ފޮޓޯ: ވޮލްވޯ

މިއީ ލަގްޒަރީ ކްރޫސިންގައި ދެވަނައެއް ނެތް ޕްރޮޑަކްޓެއް ކަމަށް މާކެޓެކްއިން ބުންޏެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ މަތީފަންތީގެ ރިސޯޓުތަކުގައި މި ސިސްޓަމް ބޭނުންކުރަމުން އަންނައިރު އެ މީހުންގެ ތަޖުރިބާ ވަރަށް ރަނގަޅުކަމަށް ބުނެފައިވެ އެވެ.

އެ ސިސްޓަމް ބޭނުންކޮށްގެން އުޅަނދުތައް އޮޕަރޭޓްކުރާ ރިސޯޓުތަކުގެ ތެރޭގައި ހިމެނެނީ މުޅިން ވެސް އެންމެ މަތީފަންތީގައި ގުނާލެވޭ ރިސޯޓުތަކެވެ. އޭގެ ތެރޭގައި ވޮލްޑޯފް އެސްޓޯރިއާ އިތާފުއްޓާއި ވެލާ ޕްރައިވެޓް އައިލެންޑް ހިމެނެ އެވެ.

ހުންގާނެއްގެ ބަދަލުގައި ބޭނުންކުރަނީ ޖޮއިސްޓިކެއް؛ "10 އަހަރުގެ ކުއްޖަކަށް ވެސް އޮޕަރޭޓުކުރެވޭނެ"

ވޮލްވޯ ޕެންޓާ އައިޕީއެސް ސިސްޓަމުގެ އެންމެ ތަފާތު އަދި އެންމެ އީޖާދީ ފީޗާއަކީ ހުންގާނުގެ ބަދަލުގައި ޖޮއިސްޓިކްތަކެއް ބޭނުންކޮށްގެން އިންޖީނުގެ ބުރަފަތި ކޮންޓްރޯލް ކުރަން ލިބުމެވެ. ސްމާޓް އާލާތްތައް ބޭނުންކޮށްގެން "އެސިސްޓަޑް ޑޮކިން" އާއި "ގްލާސް ކޮކްޕިޓް ޑިސްޕްލޭ" ހިމެނޭ ފަދަ ފީޗާތައް ވެސް އެކުލަވޭ މި ސިސްޓަމަކީ އިންޑަސްޓްރީގައި ފުރަތަމަ ފަަހަރަށް ތައާރަފުކުރި ސިސްޓަމެވެ.

އަޖުވާދު ބުނި ގޮތުގައި މިއީ ހައި ޓެކެއް ކަމަކު ވަރަށް ފަސޭހައިން ބޭނުންކުރެވޭ ފީޗާއެއް ކަމަށެވެ. އަދި މެރީނާ ފަދަ ކުދި ޖާގަތަކުން ބޯޓުފަހަރު، ހާއްސަކޮށް ލަގްޒަރީ އުޅަނދުފަހަރު ވަދެ ނުކުމު ހަދާއިރު ޖޮއިސްޓިކް ބޭނުންކޮށްގެން އެހެން އެއްވެސް ސިސްޓަމަކުން ނުލިބޭހާ ކޮންޓްރޯލް ލިބޭނެ ކަމަށެވެ.

"މިއީ ކުޑަކުދިންނަށް، މިސާލަކަށް 10 ވަރަކަށް އަހަރުގެ ކުއްޖަކަށް ވެސް އޮޕަރޭޓުކުރެވޭނެހާ ފަސޭހަ ސިސްޓެމެއް" އޭނާ ބުންޏެވެ.

އެހެންކަމުން ސްޓޯލަށް ވަންއިރު ފެނުނު މި ފެނުނު "ވީޑިއޯ ގޭމް"އަކީ އަސްލު ގޭމެއް ނޫނެވެ. މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޯޓެއް ޑޮކްކުރަން މަސައްކަތްކުރާ ސިމިއުލޭޓާއެކެވެ. މި ޕްރޮޑަކްޓާ ގުޅޭ އިތުރު މައުލޫމާތާއި މި ސިމިއުލޭޓާގެ އަޖުމަ ބަލާލަން މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައި ހުރި މާކެޓެކްގެ ސްޓޯލަށް ޒިޔާރަތްކުރައްވާށެވެ.

މި އެކްސްޕޯ ކުރިޔަށް ދާނީ ހަވީރު 4:00 އިން މިރޭ 10:00 ގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox