ޒުވާނުންގެ ދުވަހުގެ ހަރަކާތަށް ނައިބު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންފި

ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް މަތިންދާބޯޓަށް އަރައިވަޑައިގަންނަވަނީ: އެ ދަތުރުފުޅުގައި ނޮޅިވަރަމަށް ވެސް ޒިޔާރަތް ކުރައްވާނެ -- ފޮޓޯ: ރައީސް އޮފީސް

ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް މަތިންދާބޯޓަށް އަރައިވަޑައިގަންނަވަނީ: އެ ދަތުރުފުޅުގައި ނޮޅިވަރަމަށް ވެސް ޒިޔާރަތް ކުރައްވާނެ -- ފޮޓޯ: ރައީސް އޮފީސް

ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހދ. ކުޅުދުއްފުށީގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެ ރަށަށް ވަޑައިގެންފި އެވެ.

ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހަކީ އޯގަސްޓް 12، އެވެ. އެ ދުވަހުގެ މުނާސަބަތުގައި މިއަދު ކުޅުދުއްފުށީގައި ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ނައިބު ރައީސް ފައިސަލް އެވެ.

އޭގެ އިތުރުން އެ ރަށުގައި މައުރަޒެއް ހުޅުވައިދެއްވައި، ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ކައުންސިލްގެ މެމްބަރުންނާ ވެސް ނައިބު ރައީސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement

މިއަހަރުގެ ޒުވާނުންގެ ދުވަސް ކުޅުދުއްފުށީގައި ބާއްވަނީ އދ. އާ ގުޅިގެންނެވެ. ނައިބު ރައީސް ފައިސަލް ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ދައުވަތު އެރުވީ އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު ކެތެރިން ހެޒްވެލް އެވެ.

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ޖަލްސާ ބޭއްވުމަށް މައުރަޒެއް އިފްތިތާހު ކުރުމުގެ އިތުރުން ޒުވާނުންގެ ހޮޅުހަށީގެ ނަމުގައި ހަރަކާތެއް ބާއްވައި ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ނައިބު ރައީސް ފައިސަލްގެ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމަށްފަހު ހަމަ އެ އަތޮޅު ނޮޅިވަރަމަށް ވެސް ވަޑައިގަންނަވާނެ އެވެ. އެ ރަށުގެ ކައުންސިލާ ބައްދަލު ކުރެއްވުމުގެ އިތުރުން ސްކޫލާއި ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox