ފާފަތަކުގެ ވީޑިއޯތަކާމެދު ދީނީ ނަޒަރަކުން

ފާފަތަކުގެ ވީޑިއޯތަކާމެދު ދީނީ ނަޒަރަކުން

ގެޔަކުން މީހަކު ވައްކަންކުރާ ވީޑިއޯ ފުޓޭޖެއް ލީކްކޮށްލުމުން، އެ މީހަކީ ވައްކަންކުރާ މީހެއްކަން އެހެން މީހުންނަށް އެނގުމަށް މަގުފަހިވެދެ އެވެ. އަދި އެގެއިން ވައްކަންކުރި މީހާ ހޯދޭނެ ގޮތަކީ ވެސް ގިނަ ފަހަރަށް އެއީ ކަމުގައި އޮންނަނީ ވެފަ އެވެ. އަދި އެ މީހަކީ ވަގެއްކަން ދެނެގަނެވުމުން އެ މީހާއާއެކީ ދިރިއުޅެންޖެހިފައިވާ އެހެން މީހުންގެ ރައްކާތެރިކަމަށް ވެސް އެކަމުން ފުރުސަތު ލިބިގެން ދެއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ވައްކަން މަދުކުރެވެ އެވެ. މިއާ ހިލާފަށް ދެ މީހަކު ހަށިވިއްކައިގެން ޒިނޭކުރާ މަންޒަރު އާންމުވުމުން، ޒިނޭގެ ދޮރު އިތުރަށް ހުޅުވި ޒިނޭކުރުމުގެ މަގުތަކަށް މީހުން ހޭލުންތެރިވެގެންދަނީ އިންސާނުންނަކީ ޝަހުވަތްތަކަށް ހެއްލުންތެރި ބަޔަކަށްވާތީ އެވެ. ކުށްފާފަތައް ފަޅާއަރުވާލުމާއި ސިއްރުކުރުމުގައި އިލްމުވެރިން ފަރަގު ކުރައްވާ އެންމެ އާންމު އެއް މިންގަނޑަކީ، އެކުށެއް މަދުކޮށް ހުއްޓުވޭނީ އެކުށެއް ފަޅާއަރުވާލައިގެންތޯ ނުވަތަ ސިއްރުކޮށްގެންތޯ ބަލައި މިކަމަށް ރިއާޔަތްކުރުމެވެ.

ވައްކަންކުރާ މީހާ ވައްކަންކުރަން ވަންނަނީ، އެހެން މީހެއްގެ ގެޔަކަށެވެ. އެހެން މީހެއްގެ އަމިއްލަ މިލްކުވެރިކަމުގައި އޮތް ތަނަކަށް އެމީހެއްގެ ހުއްދަ ނެތި އޭނާ ވަދެ އެވެ. އެތަނުގެ ރައްކާތެރިކަމަށްޓަކައި ހަރުކުރެވިފައިވާ ކެމެރާއަށް އޭނާ އަރަ އެވެ. ގިނަ ފަހަރަށް އޭގައި މުސްލިމަކު އޭގެ ޒާތުން ބެލުން ހަރާން މަންޒަރެއް އެކުލެވިފައި ނުހުރެ އެވެ. އެހެނީ މީހެއްގެ މުދަލެއް އެހެން މީހަކު ސިއްރުން ނެގުން ވަނީ ހަރާމެވެ. އެމަންޒަރު ފެންނަ މީހާ އެމަންޒަރަށް ބަލަހައްޓައިގެން ހުރުން އޭގެ ޒާތުން ހަރާމެއް ނުވެ އެވެ. ވީމާ އެމަންޒަރު ވީޑިއޯކުރެވޭނެ ނިޒާމެއް ގާއިމުވެފައިހުރުން އޭގެ ގޮތުގައި ހަރާމެއް ނުވެ އެވެ.

އެއްވެސް ޝައްކެތް ނެތެވެ. ރާބުއިމާއި ޒިނޭކުރުމާއި އެއްޖިންސުން ގުޅުންހިންގުމާއި މިކަންކަމަކީ، އެކަންކަން ހަރާންވެގެންވާ ކަމާމެދު އެއްވެސް މުސްލިމަކު ދެބަސްވާނެ ކަންކަމެއް ނޫނެވެ. އަދި އެފަދަ މުންކަރާތްތައް ހުއްޓުވުމަށް ދައުލަތުގެ ފެންވަރުގައްޔާއި މުޖުތަމައުގެ ފެންވަރުގައްޔާއި ފަރުދީ ފެންވަރުގައި މަސައްކަތްކުރުމަކީ ހަމަ ކޮންމެ މީހެއްގެ ދީނީ އަދި ގައުމީ ވާޖިބެކެވެ.

ހަމަ މިއާއެކު ދަންނަންޖެހޭ ހަގީގަތަކީ، ޒިނޭގެ މަންޒަރުތަކާއި އެއްޖިންސުން ގުޅުންހިންގުމުގެ މަންޒަރުތައް ވީޑިއޯކުރުމާއި ބެހުމާއި، ފެތުރުމާއި ބެލުމާއި، މިކަންކަމަކީ ކަނޑައެޅިގެން މުންކަރާތުގެ މައްޗަށް ހިންގޭ ބޮޑެތި މުންކަރާތްތަކެވެ. ނޫރު ސޫރަތުގެ 19 ވަނަ އާޔަތުގައި މާތް ﷲ އަންގަވަނީ "ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، އަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާހިރަތުގައި ވޭންދެނިވި އަޒާބު އެމީހުންނަށް ހުށްޓެވެ. ﷲ ދެނެވޮޑިގެންވެ އެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެ އެވެ." ނިކަން ވިސްނަވާށެވެ! އާހިރަތުގެ އަޒާބު ހުރިފަދައިން ދުނިޔޭގެ ދިރިއުޅުމުގައި އަޒާބުހުރިކަމުގެ ވައީދު ބަސްފުޅު ވަހީކުރައްވާފައި މިވަނީ ކަމުގެ ބޮޑުކަމުންނެވެ. މިއާޔަތަކީ އޮރިޔާން ފިލްމު އުފެއްދުމާއި ފެތެރުމާއި ބެލުން ކަނޑައެޅިގެން ނަހީވެގެންވާކަމުގެ މައްޗަށް ފަތުވާދެއްވާ ހަމަ ކޮންމެ އިލްމުވެރިޔަކު ތަކުރާރުކޮށް ދަލީލު ނަންގަވައި އާޔެތެވެ.

ނުބައިކަމެއް ދިރުވައިފި މީހާއަށް އެކަން ކުރާހާ ބަޔަކަށް ލިބޭ ފާފައިން އެއްވެސް މިންވަރެއް އުނިވުމަކާ ނުލައި ފާފަ ލިބެމުންދާނެކަން މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުގައި އައިސްފައިވެ އެވެ. އެއްޖިންސުން ގުޅުންހިންގުމުގެ އަމަލުތައް ބެލުމާއި ވީޑިއޯކުރުމާއި އެފަދަ ވީޑިއޯތައް އާންމުކުރުން ހަރާންވެގެންވާކަމާމެދަކު އެއްވެސް ޢިލްމުވެރިޔަކު ދެބަސްވެފައި ނުވެ އެވެ. ވުމާއެކު އެފަދަ ވީޑިއޯއެއް ފަތުރާ ކޮންމެ މީހަކަށް އެވީޑިއޯއެއް ބަލާ ކޮންމެ މީހަކު ބަލައި ހިނދެއްގައި ފާފަ ލިބެމުންދާނެކަމީ އިސްވެ ދިޔަ ހަދީސް ބަސްފުޅުން އެނގެން އޮތް އެއިން ނެއްޓެވެން ނެތް ނުރައްކާތެރި މައްސަލައެކެވެ.

އަލްއައުރާފު ސޫރަތުގެ 33 ވަނަ އާޔަތުގައި މާތް ﷲ އަންގަވަނީ، "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަރާންކުރެއްވިކަން ކަށަވަރީ، ފާހިޝްކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ." މީގެ އިތުރުން ކަމުގެ މުހިންމު ކަމުން ނޫރު ސޫރަތުގެ 30 ވަނަ އާޔަތުން ފިރިހެނުންނަށް ހާއްސަކޮށް، އަދި 31 ވަނަ އާޔަތުން އަންހެނުންނަށް ހާއްސަކޮށް ވަކިވަކިން ދެއާޔަތުން ބެލުންތައް ތިރިކުރުމަށް އަމުރުފުޅު އައިސްފައި ވެއެވެ. ނަބިއްޔާގެ ހަދީސް ބަސްފުޅުގައި ހަރާން މަންޒަރުތައް ބެލުމަކީ 'ލޮލުގެ ޒިނޭ'ގެ ގޮތުގައި ސިފަކުރައްވާފައި ވެއެވެ.

ފާފައެއް ކުރާ މީހާގެ ފާފައަކީ އެހެން މީހެއްގެ ހައްގެއް އެކުލެވިފައިނުވާ ހަމައެކަނި ﷲ ގެ ހައްގުތަކުންކުރެ ހައްގަކަށް އަރައިގަނެވިފައިވާ ކަމެއްނަމަ، އެކަމެއްގައި އިހުލާސްތެރިކަމާއެކު އެމީހަކު ތައުބާވެއްޖެނަމަ، ތައުބާ ގަބޫލުކުރެއްވުމަކީ މާތް ﷲ ގެ އިރާދަފުޅުގައި އޮތް ކަމެކެވެ. އެކަމަކު އެހެން ބަޔަކު ފަލީހަތްވެގެންދާ ގޮތަށް އުފައްދާފައި އޮންނަ ވީޑިއޯތައް ފެތުރުމުގެ މައްސަލައަކީ، އޭގައި ﷲ ގެ ހައްގުގެ އިތުރުން އާދަމުގެ ދަރިންގެ ހައްގުތަކެއް ހިމެނިފައި އޮންނަ މައްސަލައެކެވެ. އެބަލާ މީހުންގެ އަދަދުގެ ގޮތުން ފަތުރާ މީހާގެ ފާފަތައް ފަށްފަށްވަމުންދާ އެކަން ނިމޭނެ ދުވަހެއް ހިސާބެއް ނޭނގޭ، އެކަމުގެ ނުރައްކާތެރިކަމާމެދު ގިނަ ބަޔަކު އިހުމާލުވެފައިވާ ކަމެއްކަމުގައި ދެކެމެވެ.

މާތް ﷲ ގެ އަޅުތަކުންގެ އައިބުތަކާއި ފާފަތައް ފޮރުވިގެންވުމަށް އެކަލާނގެ ލޯބިވެވޮޑިގަންނަވާކަމުގައި އަބޫދާވޫދު ގެ އަރިހުން ރިވާވެފައިވާ ހަދީސެއްގައި އައިސްފައި ވެއެވެ. އެހެން ހަދީސް ބަސްފުޅެއްގައި އައިސްފައިވަނީ؛ އެމީހާގެ މުސްލިމް އެކުވެރިޔާގެ އައުރަ ފަރުދާކޮށްދީފި މީހާގެ އައުރަ ގިޔާމަތްދުވަހުގައި މާތް ﷲ ފަރުދާކޮށްދެއްވާނެ އެވެ. އަދި އެމީހެއްގެ މުސްލިމް އެކުވެރިޔާގެ އައުރަ ކަޝްފު ކޮށްފި މީހާގެ އައުރަ މާތް ﷲ ކަޝްފުކުރައްވާނެ އެވެ. މިހަދީސްފުޅުގައި އައިސްފައިވާ އައުރައިގެ މާނައަކީ އައިބުތަކާއި ފާފަތައްކަމުގައި އިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެހެން ބަސްފުޅެއްގައި އައިސްފައިވަނީ މުސްލިމެއްގެ އައިބުތައް ފަރުދާކޮށްފި މީހާ ދުނިޔެއާއި އާހިރަތުގައި ﷲ އެމީހެއްގެ އައިބުތައް ފަރުދާކޮށްދެއްވާނެ އެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ އަމަލުތަކަކީ ކަނޑައެޅިގެން ހުރި ބޮޑެތި އަދި ނުބައިކަން ބޮޑު ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހަމަ މިޔާއެކު އެފަދަ އަމަލުތައް ވީޑިއޯކޮށް ފެތުރުމާއި ބެލުމަކީ މުންކަރާތުގެ ގޮތުން ވަކި ކުދި ކަންތައްތަކެއް ނޫނެވެ. މިލިޔުން އަޅުގަނޑު ނިންމާލާނީ، އަޅުގަނޑުމެން އެންމެންނަށްވެސް ޒުމަރު ސޫރަތުގެ 53 ވަނަ އާޔަތް ހަނދުމަކޮށްދެމުންނެވެ.

އައްޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވަނީ، "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަހުމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެ އެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ ރަސްކަލާނގެ އެވެ."

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox