ބަރުލަމާނީ ރާއްޖެއަށް ފިޓެއް ނޫން; ޔާމީން، ނަޝީދާއެކު ފެނުން ނާދިރު

ޔާމީން މިރޭ ޕްރެސް ދެއްވަނީ: ނަޝީދާއެކު ފެނުން ވަރަށް ނާދިރުކަން ފާހަގަ ކުރެއްވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޔާމީން މިރޭ ޕްރެސް ދެއްވަނީ: ނަޝީދާއެކު ފެނުން ވަރަށް ނާދިރުކަން ފާހަގަ ކުރެއްވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް, ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ސިޔާސީ މަސައްކަތް ކުރުމަށް ތާއިދު ނުކުރައްވާނެކަން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު, އަބްދުالله ޔާމީން ހާމަކުރައްވައިފި އެވެ.

ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް, ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވުމަށް ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުގެ މަތިން މި މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ވަނީ އެކަމާ ގުޅޭ ގަރާރެއް ހުށަހަޅުއްވާފަ އެވެ. އެގޮތުން, ނިޒާމް ބަދަލު ކުރަން ގާނޫނުއަސާސީ އިސްލާހު ކުރުމާއި ރައިސުލްޖުމްހޫރިއްޔާ ހޮވޭނެ ގޮތް ބަދަލުކުރަން ވަނީ ހުށަހަޅާފަ އެވެ.

ނަޝީދުގެ ތާއިދު ބޮޑުކޮށް ބަރުލަމާނީއަށް އޮތްއިރު, އިދިކޮޅު ޕީޕީއެމްގެ ރަސްމީ ސްޓޭންޑެއް އެކަމުގައި މިހާތަނަށް ނުބުނެ އެވެ. ނަމަވެސް, މީގެކުރިން "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވަނީ އެމަނިކުފާނު އަބަދުވެސް ބަރުލަމާނީއަށް ތާއިދު ކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު, ރާއްޖެއަށް އެ ނިޒާމް ފިޓް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.

އެ ވާހަކަތައް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޔާމީން ވަނީ ތަކުރާރު ކުރައްވާފަ އެވެ. އެގޮތުން ޔާމީން ވިދާޅުވި ގޮތުގައި, އަބަދުވެސް އެމަނިކުފާނު ތާއިދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށާއި އެ ނިޒާމަކީ ރައްޔިތުންގެ ޝާމިލްވުން މާބޮޑަށް އޮންނަ ނިޒާމެއް ކަމަށެވެ. އެ ނިޒާމް ގެންނަން, ފުރިހަމަ ވާން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމާއި އެކަންކަން ފުރިހަމަވެއްޖެނަމަ, ތާއިދު ކުރައްވާނީ ބަރުލަމާނީ ނިޒާމް ރާއްޖޭގައި އޮންނަކަން ޔާމީން ވިދާޅުވި އެވެ.

އެކަމަކު ރާއްޖެއަށް މިވަގުތު ބަރުލަމާނީ ނިޒާމް ނުފެތޭކަން ޔާމީން ފާހަގަކުރެއްވި އެވެ. އޭގެ ހަރަދު ބޮޑުވުމާއި ސިޔާސީ ހަލަބޮލިކަން ސަބަބެއްގެ ގޮތުގައި ޔާމީން ފާހަގަކުރެއްވި އެވެ.

ބަރުލަމާނީ ނިޒާމެއްގައި ޕާޓީއެއްގެ ތެރެއިން މަޖިލީހަށް އިންތިހާބުވާ މެންބަރުން ވިޕަށް އަމަލު ކުރަން ޖެހޭނެ ކަމާއި ޕާޓީން ވަކިވުން ފަދަ ކަންކަން މަނާކުރާ ކަމަށެވެ. ނަމަވެސް, ރާއްޖޭގައި އެކަން ނުހިނގާނެ ކަމަށާއި ރާއްޖޭގެ މަޖިލިސް މެންބަރުން ވަރަށް ފަސޭހަކަމާއެކު އެކި ދިމާލަށް ދާއިރު, އެކަން ރެގިއުލޭޓް ކުރާނެ ގޮތެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

"...އެހެންވީމަ ހާސިލްކުރަން މި އުޅޭ މަގުސަދު ހާސިލުކުރަން ވަރަށް ގިނަ އިންގްރީޑިއެންޓް ފުރިހަމަ ވާން ޖެހޭ, އެހެންނޫނީ ވަރަށް ހަލަބޮލި ނިޒާމަކަށް މި ނިޒާމް ވަނީ," ޔާމީން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ގިނަ އަހަރުތަކެއްގައި ކުރެއްވި ޔާމީން ވިދާޅުވީ ބަރުލަމާނީ ނިޒާމްގެ ތެރެއިން ކޯލިޝަން ސަރުކާރުތައް ހިންގާއިރު, އެއީ ވަރަށް އަވަހަށް ބަދަލުވުމުގެ ފުރުސަތު އޮންނަ ސަރުކާރުތަކެއް ކަމަށެވެ. އޭގެ ބަދަލުގައި ރިޔާސީ ނިޒާމެއްގައި ސަރުކާރު މާބޮޑަށް ސްޓޭބަލްކަން ފާހަގަކުރެއްވި އެވެ.

ނަޝީދާ އެކުގައި މަސައްކަތްކުރުން: "ވުމަށްވުރެ ނުވުން ގާތީ"

ސިޔާސީ ގޮތުން މަޝްރަހު އެނބުރެމުންދާ ގޮތުން ނަޝީދު މިހާރު ހުންނެވީ އެމްޑީޕީގެ އެންމެ އިސް ލީޑަރު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ސިޔާސީ ގޮތުން ދެ ދިމާލަކަށެވެ. ރައީސް ސޯލިހުގެ ވެސް ތާއިދު ބަރުލަމާނީ ނިޒާމަށް ނެތްއިރު, ނަޝީދާއެކު ޔާމީން ސިޔާސީ މަސައްކަތް ކުރައްވަދާނެ ކަމަށް އަޑުތައް ފެތުރިފައިވެ އެވެ. އެފަދަ އިޝާރާތެއް މީގެ އެތައް ދުވަހެއް ކުރިން ނަޝީދު ވެސް ދެއްވި އެވެ.

އެކަމަކު, ޔާމީން މިރޭ ވިދާޅުވި ގޮތުން ނަޝީދާއެކު އެމަނިކުފާނު ސިޔާސީ މަސައްކަތް ކުރުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.

ޔާމީން ވިދާޅުވި ގޮތުގައި, އެމަނިކުފާނާއި ނަޝީދުގެ ފިކުރީ ގޮތުން ހިޔާލު ތަފާތެވެ. އެގޮތުން ޔާމީން ވިދާޅުވީ, ޕީޕީއެމް ވަކާލާތު ކުރަނީ އިސްލާމީ ސިފަތައް ހިމެނޭ ޑިމޮކްރަސީއެއް ކަމަށާއި ނަމަވެސް, ނަޝީދުގެ ވަކާލާތު ކުރުންތައް އެއާ ހިލާފު ކަމަށެވެ.

"ނަޝީދާއި އަޅުގަނޑާ އެއްބަސްވެވޭ އެއް އިސްލާހަކީ ދިވެހިރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމެކޭ, އެކަމަކު ދިވެހިރާއްޖޭގަ އޮންނަންވީ ލިބަރަލް ވެލިއުސް އާއި ނޯމްސްއާ އިސްލާމްދީނުގެ ބޮޑެތި ކަންކަން ދަމަހައްޓާނެ މިންވަރާއި މީގަ އަޅުގަނޑާއި ނަޝީދާ ހިޔާލު ވަރަށް ތަފާތު," ޔާމީން ވިދާޅުވި އެވެ.

"ގަބޫލެއް ނުކުރެވޭ އެ ފިކުރީ ހިޔާލު ތަފާތުވުންތައް އެއް ގަލަކަށް އަރާނެހެނެއް, އެ އެއް ގަލަކަށް ނާރާ ކަމަށްވާނަމަ އަޅުގަނޑުމެން ދެބައިމީހުން އެކުގައި މަސައްކަތްކޮށްފައިވާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ,"

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox