ސްޓާލިން، ޗެލްސީ އަށް ބަދަލުވީ ސިޓީގެ ބެންޗް ހޫނުކުރަން ހުންނަން ބޭނުންނުވާތީ

Aug 12, 2022, 3:37 AM
ސްޓާލިން، ޗެލްސީ އަށް ބަދަލުވީ ސިޓީގެ ބެންޗް ހޫނުކުރަން ހުންނަން ބޭނުންނުވާތީ

ލަންޑަން (އޮގަސްޓް 12) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ސިޓީ ދޫކޮށް ޗެލްސީ އަށް ބަދަލުވި ރަހީމް ސްޓާލިން، ސިޓީ ދޫކޮށްލަން ނިންމި އެންމެ ބޮޑު ސަބަބަކީ އެ ޓީމުގެ ބެންޗު ހޫނުކުރަން ހުންނަން ބޭނުންނުވާތީ ކަމަށް ބުނެފި އެވެ.

ހަތް އަހަރަށް ފަހު ސިޓީ ދޫކޮށްލި ސްޓާލިން، 27، ޗެލްސީ އަށް ބަދަލުވީ 60 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ސިޓީ އަށް 300 އަށް ވުރެ ގިނަ މެޗު ކުޅެ، 131 ލަނޑު ޖަހާފައިވާ ސްޓާލިން ވަނީ އެ ކްލަބާ އެކު ހަތަރު ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ޖުމްލަ އެކު، އެ ޓީމާ އެކު 10 ތަށި އުފުލާލާފައިވެ އެވެ.

ސިޓީގައި މިދިޔަ ދެ ސީޒަނުގައި ސްޓާލިން އަށް ކުޅެލަން ލިބޭ މެޗުތައް މަދުވުމުގެ އެންމެ ބޮޑު ސަބަަބަކީ ފިލް ފޯޑެން ޑިވެލޮޕްކުރަން އޭނާ އަށް ގިނަ މެޗުތަކެއް ދޭން ޖެހުމުންނާއި ސިޓީން 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު ފީ އަކަށް ޖެކް ގްރީލިޝް ގަތުމުންނެވެ.

ސްޓާލިން ބުނީ ކްލަބް ބަދަލުކުރަން ބޭނުންވީ ގަވާއިދުން ކުޅެން ފުރުސަތު ހޯދުމުގެ ގޮތުން ކަމަށެެވެ.

"ތަފާތު އެކި ސަަބަބުތަކާ ހުރެ ނަމަވެސް ސިޓީގައި ކުޅެލަން ލިބޭ ވަގުތު ދިޔައީ މަދުވަމުން. އެހެންވެ، ވަގުުތު ބޭކާރު ގޮތުގައި ދުއްވާލަން އަހަންނަށް ހުރެވެން ނެތް. އާ ޗެލެންޖެއް ނަގައިގެން ފަށައިގަތުން ވެސް މުހިންމު ކަމެއްގެ ގޮތުގައި ފެނުނީ،" ސްޓާލިން ބުންޏެވެ.

"އުމުރުން 17 އަހަރުން ފެށިގެން އަހަންނަކީ ގަވާއިދުން އެކި ލެވަލްގައި ވެސް ކުޅެމުން އަންނަ ކުޅުންތެރިއެއް. އެހެންވީމަ އަހަރެންގެ ކެރިއަރުގެ އެންމެ ޕީކުގައި ނުކުޅެ ބެންޗުގައި ހުންނަން ޖެހުމަކީ އަހަންނަށް ބަލައިގަނެވޭނެ ކަމެއް ނޫން، އެއީ ކްލަބް ބަދަލުކުރަން ޖެހުނު ސަބަބު،"

އެވަޓަންގެ އިވޯބީ (ކ) ޖައިރިން ޗެލްސީގެ ސްޓާލިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން 2015 ވަނަ އަހަރު 49 މިލިއަން ޕައުންޑް (60 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގައި ސިޓީ އަށް ބަދަލުވި ސްޓާލިން އަށް ފަހަކަށް އައިސް ސިޓީގައި ކުޅުނު މެޗުތަކުގައި ލަނޑު ނުޖެހުމުގެ މައްސަލަތައް ދިމާވި އެވެ. ޓީމުން ޖާގަ ގެއްލުނު އެއް ސަބަބަކީ ވެސް އެއް ލެވަލެއްގައި ކުޅުން ނުދެމެހެއްޓޭތީ އެވެ.

ސްޓާލިން ބުނީ ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބޭނުންވާ ގޭމް ކުޅެވޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށެވެ.

ސިޓީ އަށް ކުޅުނު މެޗެއްގައި 2019 ވަނަ އަހަރު، ޗެލްސީ ދަނޑުގައި ސްޓާލިންއާ ޗެލްސީގެ ސަޕޯޓަރުންތަކެއް ނަސްލީ ގޮތުން ދިމާކޮށްލި އެވެ. އެ މައްސަލައިގައި ޗެލްސީގެ އެއް ސަޕޯޓަރަކު އުމުރު ދުވަހަށް ސަސްޕެންޑްކުރިއިރު، އިތުރު ސަޕޯޓަރުންތަކަކަށް އެކި ވަރުގެ އަދަބުތަކެއް ދިނެވެ.

ސްޓާލިން ބުނީ އެ ހަނދާންތައް ސިކުނޑީގައި ހުރި ނަމަވެސް އެއީ އޭނާ އަށް މާ ބޮޑަށް އަސަރު ކުރާނެ ކަމެއް ނޫން ކަމަށެވެ.

ސްޓާލިން އަދި މިހާތަނަށް ރަސްމީ މެޗެއްގައި ޗެލްސީ ދަނޑުގައި އެ ޓީމުގެ ޖޯޒީގައި މެޗެއް ނުކުޅެ އެވެ. މިދިޔަ ހަފްތާގައި އެވަޓަން އަތުން 1-0 އިން އެ ޓީމު ދަނޑުގައި ޗެލްސީ މޮޅުވި މެޗުގައި ސްޓާލިން ކުޅުނެވެ. ސްޓާލިން، ޗެލްސީ ޓީމުގައި ހިމެނިގެން އެ ޓީމުގެ ދަނޑުގައި ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ އާދިއްތަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާސްއާ ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox