ދިވެހިންނާ ބެހޭ މުހިއްމު ދިރާސާއެއް ކުރައްވައި ފޮތެއް ލިއުއްވި ޕްރޮފެސަރު މެލޮނީ އަވަހާރަވެއްޖެ

ދިވެހިންނާ ބެހޭ މުހިއްމު ދިރާސާއެއް ކުރެއްވި ކްލަރެންސް މެލޮނީ އަދި އޭނާ ލިއުއްވި ފޮތް.

ދިވެހިންނާ ބެހޭ މުހިއްމު ދިރާސާއެއް ކުރެއްވި ކްލަރެންސް މެލޮނީ އަދި އޭނާ ލިއުއްވި ފޮތް.

ދިވެހިންގެ ދިރިއުޅުމާއި އާދަކާދައާއި ސަގާފަތް އަދި ރާއްޖޭގެ ތާރީހުގެ މުހިއްމު ދިރާސާއެއް ކުރައްވައި "ޕީޕަލް އޮފް ދަ މޯލްޑިވް އައިލެންޑްސް"ގެ ނަމުގައި ފޮތެއް ލިއުއްވި ޕްރޮފެސަރް ކްލަރެންސް ރޭ އަވަހާރަވެއްޖެ އެވެ.

މެލޮނީ އަވަހާރަވުމުން ހެރިޓޭޖް މިނިސްޓްރީން މިއަދު އެކަމުގެ ހިތާމަ ފާޅުކޮށް ޓްވީޓެއް ކުރި އެވެ.

އޭނާ އަވަހާރަވީއިރު ހުންނެވީ ކޮން ގައުމެއްގައި ކަމެއް ނޭނގެ އެވެ.

ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް އަދި ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ އަހުމަދު އަލާ ދީދީ ވިދާޅުވި ގޮތުގައި ޕްރޮފެސަރު މެލޮނީއަކީ ތާރީހީ އިލްމުގެ ދާއިރާއިން ރާއްޖެއަށް ވަރަށް އަގުހުރި ޚިދުމަތެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

"ރާއްޖޭގެ ތާރީހާ ބެހޭ ގޮތުން އޮންނާނެ [އޭނާ] ވަރަށް މަޝްހޫރު ފޮތެއް. ރާއްޖޭގެ ގަދީމީ ތާރީހާ ބެހޭ ވަރަށް އާ މައުލޫމާތު ހާމަކޮށްދެއްވާފައިވާ ބޭފުޅެއް އެއީ،" އަލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއާ ބެހޭ ގޮތުން މެލޮނީ ލިއުއްވި ފޮތުގައި، އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާގެ ފަށްފުއްތަކުގައި ރާއްޖެއާ ބެހޭ ގޮތުން ހުރި މައުލޫމާތުތައް ވެސް ހިމަނުއްވާފައި ވެ އެވެ.

މެލޮނީއަކީ އަލާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ތާރީހު ދިރާސާ ކުރެއްވި އެޗްސީޕީ ބެލް ފަދައިން މެލޮނީއަކީ ވެސް ރާއްޖޭގެ ތާރީހާ ބެހޭ އެންމެ ހަރުދަނާ އެއް ދިރާސާ ކުރެެއްވި ބޭފުޅާ އެވެ.

މެލޮނީއަކީ އެމެރިކާގެ ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާއިން އޭޝިއަން ސްޓަޑީސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީލަންކާއާއި އިންޑިއާ އަދި ބަންގްލަދޭޝްގެ ތާރީހާ ބެހޭ ގޮތުން ވެސް ދިރާސާތައް ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox