ހިތްހަމަނުޖެހިފައި ތިބި ކުޅުންތެރިން ބަހައްޓަން ސިޓީން ބޭނުމެއް ނުވާނެ: ބެނާޑޯ

Aug 11, 2022, 3:49 AM
ހިތްހަމަނުޖެހިފައި ތިބި ކުޅުންތެރިން ބަހައްޓަން ސިޓީން ބޭނުމެއް ނުވާނެ: ބެނާޑޯ

މެންޗެސްޓާ (އޮގަސްޓް 11) - މެންޗެސްޓާ ސިޓީގެ ވިސްނުމަކީ އެ ކްލަބްގައި ހިތްހަމަނުޖެހިފައި ތިބި ކުޅުންތެރިން ގަދަ ކަމުން މަޑުކުރުވުން ނޫން ކަމަށް އެ ޓީމަށް ކުޅޭ ޕޯޗުގީސް މިޑްފީލްޑަރު ބެނާޑޯ ސިލްވާ ބުނެފި އެވެ.

ސިޓީ އަށް ކުޅޭ ބެނާޑޯ، 27، އަކީ ބާސެލޯނާ އިން ފާރަލަމުން އަންނަ ކުޅުންތެރިއެކެވެ. މީގެ ކުރިން ވެސް ބެނާޑޯ ވަނީ އޭނާ ސިޓީ ދޫކޮށްލާނީ އެ ކްލަބުން ވެސް އެ ގޮތަށް ބޭނުންވާނަމަ ކަމަށެވެ.

ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން 60-70 މިލިއަން ޑޮލަރުގެ ބިޑެއް ކުރިޔަސް ސިޓީން ބެނާޑޯ ދޫކޮށްލުމުގެ ފުރުސަތެއް އެބައޮތެވެ. އެކަމަކު، ބާސެލޯނާ އިން މި ވަގުތު އިސްކަން ދެނީ ލަލީގާގެ މާލީ ގަވާއިދުތަކަށް ފައްތައިގެން، އެ ޓީމަށް ގެނައި ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީ ކުރުމަށެވެ.

އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ބެނާޑޯ ބުނީ އޭނާ ސިޓީގައި ހުރީ އުފަލުން ކަމަށާއި އެކަމަކު، މުސްތަގުބަލުގައި ވާނެގޮތަކާ މެދު ޔަގީންކަމެއް ދެވެން ނެތް ކަމަށެވެ.

"ވާނެ ގޮތެއް ނޭނގުނަސް އަހަރެން ސިޓީގައި މި ހުރީ އުފަލުން. ސިޓީ އާއި އަހަރެންގެ ދެމެދުގައި އޮންނާނީ ވަރަށް ތެދުވެރި ގުޅުމެއް. އަހަރެން ބޭނުންވާގޮތް ވެސް އެ މީހުންނަށް އެނގޭނެ. އަހަރެން މި ކްލަބްގައި މަޑުކޮށްފިއްޔާ އެއީ އަހަރެން އެ ގޮތަށް އެދޭތީ، ކްލަބަށް އަހަރެން އިހުތިރާމް ކުރާނަން އަބަދުވެސް،" ބެނާޑޯ ބުންޏެވެ.

"ސިޓީން އަބަދުވެސް ބުނޭ ކްލަބްގައި ހިތްހަމަނުޖެހިއްޖިއްޔާ ދިއުމުގެ ފުރުސަތު އޮންނާނެކަން. ސިޓީގެ ވިސްނުމަކީ ހިތްހަމަނުޖެހިފައި ތިބޭ ކުޅުންތެރިން މަޑުނުކުރުވުން،"

ޕެޕް ގާޑިއޯލާ ސިޓީގެ ކޯޗުކަމާ ހަވާލުވެ ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތެރެއިން ބެނާޑޯ ގެނައީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު ބެނާޑޯގެ ސޮއި ހޯދަން ޓްރާންސްފާ ފީގެ ގޮތުގައި ސިޓީން ވަނީ 58 މިލިއަން ޑޮލަރު މޮނާކޯ އަށް ދީފަ އެވެ. މޮނާކޯއާ އެކު 2017 ވަނަ އަހަރު ފްރެންޗް ލީގު ކާމިޔާބުކުރި ބެނާޑޯ ވަނީ ސިޓީ އަށް ބަދަލުވި ފަހުން އެ ޓީމާ އެކު ޕްރިމިއާ ލީގާއި ލީގު ކަޕް ހަތަރު ފަަހަރާއި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox