ދެ އަހަރެއްގެ މެދުކެނޑުމަކަށް ފަހު އެޗްޑީސީ މުވައްޒަފުންނަށް ބޯނަސް ދީފީ

ހުޅުމާލެ ފޭސް ވަން: ހުޅުމާލެ ތަރައްގީކުރުމާއި ގިނަ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދެނީ އެޗްޑީސީން. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހުޅުމާލެ ފޭސް ވަން: ހުޅުމާލެ ތަރައްގީކުރުމާއި ގިނަ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދެނީ އެޗްޑީސީން. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ކުންފުނީގެ މާލީ ހާލަތު ދަށަށް ދިޔުމާ ގުޅިގެން ދެ އަހަރު ދުވަސް ބޯނަސް ނުދީ އޮތުމަށް ފަހު މިދިޔަ އަހަރު ފައިދާވުމާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މުވައްޒަފުންނަށް ބޯނަސް ދީފި އެވެ.

އެންމެ ފަހުން އެޗްޑީސީން މުވައްޒަފުންނަށް ބޯނަސް ދިނީ 2018 ވަނަ އަހަރު އެވެ.

އެފަހުން 2019 އަދި 2020 ގައި ބޯނަސް ނުދެ އެވެ. އަނެއްކާވެސް ބޯނަސް ދޭގޮތަށް ނިންމީ ކުންފުނީގެ ވިޔަފާރި ރަނގަޅުވެ މިދިޔަ އަހަރު ކުންފުންޏަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފައިދާ ވުމާ ގުޅިގެންނެވެ.

ބޯނަސް ދިނުމާ ގުޅޭގޮތުން "އަދަދު" ނޫހަށް ލިބިފައިވާ އެޗްޑީސީގެ އިންޓާނަލް މެމޯގައިވާ ގޮތުގައި، ޝަރުތުހަމަވާ ހުރިހާ މުވައްޒަފުންނަށް މިހާރު ބޯނަސް ޖަމާކޮށްދީފި އެވެ.

އެގޮތުން އެ ކުންފުނީގައި މިދިޔަ އަހަރު މަސައްކަތްކުރި މުވައްޒަފުންގެ ތެރެއިން ޕްރޮބޭޝަން ނިންމާފައި ތިބި ހުރިހާ މުވައްޒަފުންނަށާއި، ރިޓަޔާކުރި މުވައްޒަފުންނާއި މުސާރަލިބޭ ޗުއްޓީ ނަގާފައި ތިބި މުވައްޒަފުންގެ ތެރެއިން މަދުވެގެން ތިން މަސް ދުވަހު މަސައްކަތްކޮށްފައި ތިބި ހުރިހާ މުވައްޒަފުންނަށް ބޯނަސް ދީފި އެވެ.

އެކަމަކު މިދިޔަ އަހަރު ހުއްދަ ނުނަގާ އޮފީހަށް ތިން ދުވަހަށް ވުރެ ގިނަ ދުވަހު ހާޒިރު ނުވާ މުވައްޒަފުންނަށާއި ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށާއި އެޕްރެންޓިސް އަދި އިންޓާނުންނަކަށް ބޯނަސް ނުލިބޭނެ އެވެ.

ބޯނަހުގެ ގޮތުގައި މުވައްޒަފުންގެ އެލަވަންސްތައް ނުހިމަނާ ދެ މަސް ދުވަހުގެ ޖުމްލަ މުސާރައާ އެއްވަރުގެ އަދަދެއް ދިނެވެ. މުސާރައިގެ އިތުރުން ދެން ބަލާފައިވަނީ މިދިޔަ އަހަރު އެ މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރަށާއި ހާޒިރީއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox