ނެޝަނަލް ޑިފެންސް ޔުނިވާސިޓީގެ އެންމެ މަތީ ޝަރަފު، މޭޖާ ޖެނެރަލް ޝަމާލަށް

ނެޝަނަލް ޑިފެންސް ޔުނިވާސިޓީގެ އެންމެ މަތީ ޝަރަފު، "އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް" ޝަމާލަށް އެރުވުން

ނެޝަނަލް ޑިފެންސް ޔުނިވާސިޓީގެ އެންމެ މަތީ ޝަރަފު، "އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް" ޝަމާލަށް އެރުވުން

އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ނޭޝަނަލް ޑިފެންސް ޔުނިވާސިޓީގެ "އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް" ގައި ހިމެނުމުގެ ޝަރަފު ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލަށް އަރުވައިފި އެވެ.

ސިޑްނީ ޝެރެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވި އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް އިންޑަކްޝަން ސެރެމަނީގައި މި ޝަރަފު، ޝަމާލަށް ލިބިވަޑައިގެންނެވިކަމުގެ ލިޔުމާއި، އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ މެމެންޓޯ ހަވާލުކޮށްދެއްވީ ނޭޝަނަލް ޑިފެންސް ޔުނިވާސިޓީގެ ރައީސް، ލެފްޓިނެންޓް ޖެނެރަލް މައިކް ޕްލެއިންއެވެ.

އެ ރަސްމިއްޔާތުގައި ލެފްޓިނެންޓް ޕްލެއިނާއި ޝަމާލް ވަނީ އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ފޮޓޯ އިފުތިތާހުކޮށްދެއްވާފަ އެވެ.

އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ ޝަރަފަކީ ނޭޝަނަލް ޑިފެންސް ޔުނިވާސިޓީން ރަންވަނަތައް ހޯދައި، މަތީ ފެންވަރުގައި ދަސްވެނިވުމަށްފަހު ގައުމުތަކުގެ އަސްކަރިއްޔާގެ އެންމެ މަތީ މަގާމަށް އައްޔަން ކުރާ ފަރާތްތަކަށް އަރުވާ ޝަރަފެކެވެ. އަސްކަރިއްޔާގެ އެންމެ މަތީ މަގާމުގެ އިތުރުން، ސަރުކާރުގެ އެފަދަ އިސް މަގާމުތަކާއި، އިންޓަނޭޝަނަލް އޯގަނައިޒޭޝަންތަކުގެ އިސް މަގާމުތައް އަދާކުރާ ފަރާތްތަކުގެ ތެރެއިން، އިންޓަނޭޝަނަލް ޕީސް އެންޑް ސްޓެބިލިޓީއަށް ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތްތަތަކަށް ވެސް މި ޝަރަފު އަރުވަ އެވެ.

ހޯލް އޮފް ފޭމްގެ ޝަރަފަކީ ނޭޝަނަލް ޑިފެންސް ޔުނިވާސިޓީން އެ ޔުނިވާސިޓީގެ ދަސްވެނިންނަށް އަރުވާ ޝަރަފުތަކުގެ ތެރެއިން އެންމެ މަތީ ޝަރަފެވެ. ނޭޝަނަލް ޑިފެންސް ޔުނިވާސިޓީން ދަސްވެނިވެފައިވާ ދިވެހިންގެ ތެރެއިން އެންމެ ފުރަތަމަ މި ޝަރަފު އެރުވީ މޭޖާ ޖެނެރަލް ޝަމާލަށެވެ.

މޭޖާ ޖެނެރަލް ޝަމާލް ވަނީ، 2011 އިން 2012 އަށް ނޭޝަނަލް ޑިފެންސް ޔުނިވާސިޓީގައި ހިންގި މާސްޓާ އޮފް އާޓްސް އިން ސްޓްރެޓީޖިކް ސެކިއުރިޓީ ސްޓަޑީސް ޕްރޮގްރާމުގައި ރަންވަނަތަކެއް ހޯއްދަވާފަ އެވެ. އެގޮތުން, އެ ޕްރޮގްރާމުގެ ހުރިހާ މާއްދާއަކުން "އޭ ޕްލަސް" ހޯއްދަވައި، 4.0 ގެ ގްރޭޑް ޕޮއިންޓް އެވަރެޖް ހޯއްދަވާފައި ވެއެވެ. އަދި އެ ކޯހުގެ "ޑިސްޓިންގްއިޝްޑް އޮނަ ގްރެޖުއޭޓްގެ" މަގާމު ހާސިލުކުރެއްވުމުގެ އިތުރުން ޝަމާލް ހުށެހެޅުއްވި ތީސިސް ވަނީ "އޮނާޑް ތީސަސް" ގެ ގޮތުގައި ހޮވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox