އެމްޑީޕީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ދޭން ހުށަހެޅުމެއް ނެތް

އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ކޮންގްރެސް ބާއްވަން ހަމަޖެހިފައިވަނީ އޮގަސްޓް 19 ގައި -- ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު

އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ކޮންގްރެސް ބާއްވަން ހަމަޖެހިފައިވަނީ އޮގަސްޓް 19 ގައި -- ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު

ވެރިކަންކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ޓިކެޓް، ޕްރައިމަރީ އެއް ނުބާއްވައި ވަކި ބޭފުޅަކަށް ދެވޭ ގޮތަށް އަސާސީ ގަވައިދު ބަދަލުކުރަން އެއްވެސް ފަރާތަކުން ހުށަަހަޅާފައި ނުވާ ކަމަށް އެޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި އެޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ރަޝީދު (އެންސްޕާ އިބުރޭ) ވިދާޅުވީ އެޕާޓީން މިމަހުގެ 19ގައި ބާއްވަން ތައްޔާރުވަމުން އަންނަ ކޮންގްރެސްއަށް، ރިޔާސީ ޓިކެޓް ދިނުމާ ބެހޭ އެއްވެސް އިސްލާހެއް ހުށަހަޅާފައި ނުވާ ކަމަށެވެ. މިފަހަރުގެ ކޮންގްރެސްއަށް އެފަދަ ކަމެއް ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަަޅުގަނޑަށް ހީވާ ގޮތުން ހުރިހާ ބޭފުޅުން ވެސް އަސާސީ ގަވައިދާ ބެހޭ ގޮތުން ކޮންސާނަކަށް ވަނީ ރިޔާސީ ޓިކެޓް. އެކަހަލަ އެއްވެސް ކަމެއް ނެތް އެނގޭތޯ. އެއްވެސް ބޭފުޅަކު އިސްލާހެއް ހުށަހަޅާފައެއް ނެތް އެގޮތަކަށް،" އިބްރޭ ވިދާޅުވި އެވެ.

Advertisement

އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅާފައި ހުރީ ކޮންކޮން އިސްލާހުތަކެއްތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބްރޭ ވިދާޅުވީ މައިގަނޑު ގޮތެއްގައި ހުރީ ޕާޓީ ހިންގަން ފަސޭހަކުރުމަށްޓަކައި ގެންނަ އިސްލާހުތައް ކަަމަށެވެ. އަސާސީ ގަވައިދުގައި އޮޅުން އަރާ ގޮތަށް ހުރި ބައެއް ކަންތައްތައް ރަނގަޅުކުރަން ވެސް އޭނާ ވިދާޅުވި ގޮތުގައި އިސްލާހުތައް އެބަހުއްޓެވެ.

އެމްޑީޕީގެ އެންމެ އިސް ދެލީޑަރުން ކަމަށްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ މެމްބަރުންނާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުންނާ ދެމެދު މީގެ ކުރިން އެންމެ ބޮޑަށް ބަހުސް ކުރި އެއް މައްސަލައަކީ ރިޔާސީ ޓިކެޓްގެ މައްސަލަ އެވެ. ޕްރައިމަރީއަކާ ނުލައި ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ދޭން އުޅޭ ކަަމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވެސް މީގެ ކުރިން ތުހުމަތުކުރެއްވި އެވެ.

މިއަދު މީޑިއާ ބްރީފިންގައި ނޫސްވެެރިން ކުރި ސުވާލުތަކުގައި ސީދާ އެ ސުވާލު ނުކުރަނީސް، އިބްރޭ ވިދާޅުވީ ކޮންގްރެސްއަށް ހުށަހަޅާ އިސްލާހުތަކާ މެދު އޮތް މައިގަނޑު (ބައެއް ފަރާތްތަކުގެ އޮތް) ކަންބޮޑުވުމަކީ ޕްރައިމަރީ ނުބާއްވާ ގޮތަށް އިސްލާހެއް ހުށަހަޅައިފާނެ ކަމުގެ ކަންބޮޑުވުން ކަމަށެވެ.

އިބްރޭ ވިދާޅުވި ގޮތުގައި ހުށަހެޅުންތައް ކޮންގްރެސްއަށް ގެންދިއުމާ މެދު ގޮތެއް ނިންމާނީ އެޕާޓީގެ ގައުމީ މަޖިލީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox