ސީސީޓީވީ ކެމެރާ ނުބަލާތީ ފިހާރައެއް ތެރޭ ބިދޭސީ ސޭޓަކު އަންހެނަކާ ބެހުނު މައްސަލައެއް ސާބިތެއް ނުވި

ސީސީޓީވީ ކެމެރާ ނުބަލާތީ ފިހާރައެއް ތެރޭ ބިދޭސީ ސޭޓަކު އަންހެނަކާ ބެހުނު މައްސަލައެއް ސާބިތެއް ނުވި

މާލޭގެ ފިހާރައެއް ތެރޭގައި ވިޔަފާރިކުރަން ގޮސް ހުރި އަންހެނަކަށް އެ ތަނުގައި މަސައްކަތް ކުރާ ބިދޭސީ ސޭޓަކު ބެހުނު ކަމަށް ބުނާ މައްސަލައެއްގައި އެކަށޭނަ ހެކި ނެތުމުން ކްރިމިނަލް ކޯޓުގައި މައްސަލަ ސާބިތުނުވާ ކަމަށް ނިންމައިފި އެވެ.

ދައުލަތުން މި މައްސަލާގައި ދައުވާ ކޮށްފައި ވަނީ މުހައްމަދު ޝަކީލް ހޮސައިން ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކަށެވެ.

މި ކަމަކީ އޮގަސްޓް 30، 2020 ގައި ހިނގައިދިޔަ ކަމެކެވެ. މިރުސް ގަންނަން ފިހާރައަށް ދިޔަ އަންހެނަކު ފްރިޖް ކައިރިން މިރުސް ނަގައިދިނުމަށް އެދުމުން ފްރިޖް ކައިރިއަށް ގޮސް މިރުސް ނެގުމަށް ފަހު އަންހެން މީހާގެ އުރަމަތީގައި ހިފާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

މި މައްސަލާގައި ދައުލަތުން ހުށަހެޅީ ތިން ހެއްކެކެވެ. އެއީ އަންހެން މީހާގެ ކޮއްކޮއަކާއި، ފުލުހަށް ގުޅުމުން އެ ދުވަހު ފިހާރައަށް ދިޔަ ދެ ފުލުސް އޮފިސަރުންނެވެ.

އަންހެން މީހާ ބުނާ ގޮތުން އެ ދުވަހު އެ ކަމެއް ހިނގިއިރު ފިހާރަ ތެރޭގައި އޭނާ ކޮއްކޮ ހުއްޓެވެ. އެކަމަކު ޝަރީއަތަށް ހެކިބަސް ދޭން ބޭނުން ނުވާ ކަމަށާއި ދުވަސްވީ މައްސަލައަކަށް ވާތީ ވެގެން ދިޔަ ގޮތް މިހާރު ހަނދާނަކު ނެތް ކަމަށް އޭނާގެ ކޮއްކޮ ޝަރީއަތުގެ މަޖިލީހުގައި ވަނީ ބުނެފަ އެވެ.

ދެ ފުލުސް އޮފިސަރުން ވެސް ބުނި ގޮތުގައި އެ ދުވަހު ފިހާރައަށް ދިޔައިރު އެ އަންހެން މީހާ އާއި ބިދޭސީ މީހާ ވެސް ފިހާރާގައި ހުރި ކަމަށެވެ. ފިހާރާގައި ސީސީޓީވީ ކެމެރާ ހުރި ނަމަވެސް އެ މަސައްކަތް ކުރާ ކަމެއް ބަލާފައިނުވާ ކަމަށް ދެ ފުލުހުން ވެސް ބުންޏެވެ.

ކެމެރާ މަސައްކަތް ނުކުރާ ކަމަށް ބިދޭސީ މީހާ ބުނި ކަމަށާއި އިތުރަށް އެ ކަމުގައި ކެމެރާ މަސައްކަތް ކުރާ ކަމެއް އަދި ނުކުރާ ކަމެއް ވެސް ނުބަލާ ކަމަށް ފުލުހުން ބުންޏެވެ.

ހާދިސާ ހިނގި ތަން ލޮލަށް ފެނުނު އެއްވެސް ހެއްކެއް ނެތް އިރު، އަންހެން މީހާގެ ބަހަށް ބާރު ލިބިދޭ އިތުރު ހެކި ގަރީނާ ދައުލަތަށް ހުށަހެޅިފައެއް ނެތް ކަމަށާއި އެ މިންވަރަކީ ޖިނާއީ ކުށެއް މީހެއްގެ މައްޗަށް ސާބިތު ކުރުމަށް ފުދޭ އެކަށީގެންވާ ވަރެއް ނޫން ކަމަށް ކޯޓުން ކުރި ހުކުމުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox