އެފްބީއައިއިން ޓްރަމްޕްގެ ގެކޮޅު ބަލައި ފާސްކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި ދިރިއުޅުއްވާ ގެކޮޅު އެފްބީއައިގެ އޭޖެންޓުން ބަލައި ފާސްކޮށް، ތިޖޫރިއެއް ހުޅުވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕްގެ ބަޔާނެއްގައި ވިދާޅުވީ، ޕާމް ބީޗްގައި ހުންނަ ގެކޮޅަށް އެފްބީއައިގެ ގިނަ އަދަދެއްގެ އޭޖެންޓުން ވަދެ ބަލައި ފާސްކުރި ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެފްބީއައިގެ އޮޕަރޭޝަން ގުޅިފައި ވަނީ ރަސްމީ ލިޔުންތަކެއް ގެންގުޅުމުގައި ޓްރަމްޕް އަމަލު ކުރެއްވި ގޮތުގެ ތަހުގީގާ އެވެ.

ސީބީއެސް ނިއުސްއިން ބުނީ އެފްބީއަައިގެ އޮޕަރޭޝަން ހިންގި ވަގުތު ޓްރަމްޕް ހުންނެވީ ނިއު ޔޯކް ސިޓީގެ ޓްރަމްޕް ޓަވަރުގަ އެވެ.

ޓްރަމްޕް ވިދާޅުވީ އެމަނިކުފާނާ ދެކޮޅަށް ހިންގާ ހުރިހާ ތަހުގީގަކަށް ވެސް ފުރިހަމަ އެއްބާރުލުން ދެމުން ދަނިކޮށް، ކުއްލިއަކަށް ގެކޮޅު ބަލައި ފާސްކުރުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ.

އެއީ "އިންސާފުގެ ނިޒާމު ހަތިޔާރަކަށް ހަދައިގެން" އެމަނިކުފާނު އަލުން ރައީސް ކަމަށް ކުރިމަތިލެއްވުން ހުއްޓުވުމުގެ ބޭނުމުގައި ހިންގާ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސުންނާ ގުޅިފައިވާ ލިޔުންތައް ބަލަހައްޓާ ނޭޝަނަލް އާކައިވްސްއިން މިދިޔަ ފެބްރުއަރީ މަހު އެދިފައި ވަަނީ ޓްރަމްޕްގެ މައްސަލަ ތަހުގީގުކޮށް ދިނުމަށެވެ.

ނޭޝަނަަލް އާކައިވްސްއިން ބުނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ގެކޮޅުން 15 ފޮށިގަނޑު ގެންދިޔަ ކަމަށާއި އޭގެ ތެރޭގަައި ބައެއް ސިއްރު ލިޔުންތައް ވެސް ހިމެނޭ ކަމަށެވެ.

އެމެރިކާގެ ގާނޫނުން ރައީސުންނަށް މަޖުބޫރު ކުރަނީ ހުރިހާ ސިޓީތަކާއި މަސައްކަތާ ގުޅޭ ލިޔުންތައް އަދި އީމެއިލްތައް ނޭޝަނަލް އާކައިވްސްގައި ރައްކާ ކުރުމަށެވެ.

އެކަމަކު އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި ޓްރަމްޕް ވަނީ އެ ގާނޫނާ ހިލާފަށް ގިނަ އަދަދެއްގެ ލިޔުންތައް ނައްތާލައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox