އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދިވެހި ދިދަ އުފުލާނީ ހިމްނާ އާއި ވިލްދާން

Aug 9, 2022, 6:13 AM
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓުން އިއުލާނުކުރަން ބޭއްވި އިވެންޓްގެ ތެރެއިން: (ކ.ވ): މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު، ބާސްކެޓްތަރި ވިލްދާން، ޔޫތު މިނިސްޓަރު މަހުލޫފް، ދުވުންތެރިޔާ ހިމްނާ އަދި އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓުން އިއުލާނުކުރަން ބޭއްވި އިވެންޓްގެ ތެރެއިން: (ކ.ވ): މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު، ބާސްކެޓްތަރި ވިލްދާން، ޔޫތު މިނިސްޓަރު މަހުލޫފް، ދުވުންތެރިޔާ ހިމްނާ އަދި އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މިރޭ ތުރުކީގެ ކޮންޏާގައި ބާއްވާ އިސްލާމިކް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުމުގެ ޒިންމާ ރާއްޖޭގައި މި ވަގުތު ހުރި އެންމެ ބާރު އަންހެން ދުވުންތެރިޔާ، އައިޝަތު ހިމްނާ ހަސަން އާއި ގައުމީ ބާސްކެޓްބޯޅަ ކުޅުންތެރިޔާ، އިސްމާއިލް ވިލްދާންއާ ރޭ ހަވާލުކޮށްފި އެވެ.

ކޮންޏާގެ އެތުލީޓްސް ވިލެޖްގައި ރޭ ހަވީރު ބޭއްވި ހާއްސަ އިވެންޓެއްގައި ދިދަ އުފުލާ އެތުލީޓުންނަށް ދިދަ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ.

މިނިސްޓަރު މަހުލޫފް އާއި ސައްތާރު އަދި ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން، އައިޝަތު ޝިފާނާ ވަޖީހު ވަނީ ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެ ތަމްސީލްކުރާ ހަތަރު ކުޅިވަރު ކަމަށްވާ، ޓީޓީ، އެތުލެޓިކްސް، ފެތުން އަދި ބާސްކެޓް ތުރީއޮންތުރީ މުބާރާތުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވައިފަ އެވެ.

މުބާރާތުގައި ވާދަކުރާއިރު، ގިނަ ގޮންޖެހުންތަކާއި ޗެލެންޖްތައް ކުރިމަތިވާނެކަން ފާހަގަކުރައްވައި، ސައްތާރާއި މިނިސްޓަރު މަހުލޫފް ވަނީ ކޮންމެ ކުޅުންތެރިއަކު ވެސް އެ ކުޅުންތެރިއަކަށް ކުރެވޭނެ އެންމެ ބުރަކޮށް މަސައްކަތްކޮށް ކާމިޔާބު ހޯދޭތޯ ބެލުމަށް އިރުޝާދު ދެއްވައިފަ އެވެ.

ސޮލިޑާރިޓީ ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓް.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ 51 އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވެ އެވެ.

މިއީ ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ވިލްދާނަށް ބައިނަލްއަގުވާމީ ގޭމްސްއެއްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ލިބޭނެ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ބާސްކެޓްބޯޅަ ކުޅުންތެރިއަކު، ބައިނަލްއަގުވާމީ ގޭމްސްއެއްގައި ގައުމީ ދިދަ އުފުލީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ބާސްކެޓްބޯޅަ ތަރި، އަހުމަދު ޒަބީރު (ޒަބީ) އެވެ.

ދާދި ފަހުން ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ 100 މީޓަރުގެ އަންހެނުންގެ ދުވުމުގެ ރެކޯޑް މުގުރާލި ހިމްނާ ވަނީ ސޮލިޑާރިޓީ ގޭމްސްގެ 400 މީޓަރު ފައިނަލުގައި ވެސް ވާދަކުރުމުގެ ފުރުސަތު ހޯދައިފަ އެވެ.

ހިމްނާ އަކީ 2014 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ހަސަން ސާއިދު ދިދަ އުފުލި ފަހުން، ބައިނަލްއަގުވާމީ ބޮޑު ގޭމްސްއެއްގެ ފެއްޓުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލަން ފުރުސަތު ލިބުނު ގައުމީ އެތުލެޓިކްސް ޓީމުގެ އެތުލީޓެވެ.

އެންމެ ފަހުން 2017 ވަނަ އަހަރު އަޒަރުބައިޖާނުގެ ބަކޫގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލީ ޓެނިސް ކުޅުންތެރިޔާ، އަބްދުﷲ ފާއިހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox