ހިމްނާ އާއި ލަޔާނާ 400 މީޓަރު ފައިނަލުގައި، އިބާދުﷲ އަށް ކުރިއެރުން

Aug 9, 2022, 3:58 AM
100 މީޓަރު ދުވުމުގައި އިބާދުﷲ ވާދަކުރަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

100 މީޓަރު ދުވުމުގައި އިބާދުﷲ ވާދަކުރަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމުގެ އައިޝަތު ހިމްނާ ހަަސަން އާއި އާމިނަތު ލަޔާނާ މުހައްމަދު، 400 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކުރަން ފުރުސަތު ލިބުނުއިރު، 100 މީޓަރު ދުވުމުގައި ރާއްޖޭގެ ސްޕްރިންޓަރު، އިބާދުﷲ އާދަމް ކުރިއެރުން ހޯދައިފި އެވެ.

ލަޔާނާ އާއި ހިމްނާ ވާދަކުރި 400 މީޓަރު ދުވުމުގައި ދެ ހީޓް ކުރިއަށްދިޔައިރު، ޖުމްލަ ދުވީ ނުވަ ދުވުންތެރިންނެވެ. ފުރަތަމަ ހީޓުގައި ހިމްނާ ވާދަކުރީ ބަހްރޭނާއި މޮރޮކޯ އަދި އުޒްބެކިސްތާންގެ ދުވުންތެރިން ހިމެނޭގޮތަށް ޖުމްލަ ހަތަރު ދުވުންތެރިންނެވެ.

ފުރަތަމަ ހީޓުގެ ހަތަރު ވަނަ އަށް ހިމްނާ ދިޔައިރު، ޓައިމިން އަކީ 57.99 ސިކުންތެވެ. މި ހީޓުގެ އެއް ވަނަ އަށް ދިޔަ ބަހްރޭންގެ މުބާރަކްގެ ޓައިމިން އަކީ 52.41 ސިކުންތެވެ.

400 މީޓަރު ދުވުމުގައި ރާއްޖޭގެ ހިމްނާ ވާދަކުރަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ދެ ވަނަ ހީޓުގައި ފުރަތަމަ އޮތީ ފަސް ދުވުންތެރިން ވާދަކުރާ ގޮތަށެވެ. އެކަމަކު، ނައިޖީރިއާގެ ދުވުންތެރިޔާ ބައިވެރިނުވުމުން، ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު މި އިވެންޓްގައި ވާދަކުރި ހުރިހާ އެތުލީޓުންނަށް ލިބުނީ އެވެ. ހީޓް ދޭއްގައި ވާދަކުރި ލަޔާނާގެ ޓައިމިން އަކީ 59.79 ސިކުންތެވެ. މި ހީޓްގެ އެއް ވަނަ ހޯދި އިންޑޮނީިޝިއާގެ ސާރީގެ ޓައިމިން އަކީ 54.23 ސިކުންތެވެ.

ހަތަރު ސަތޭކަ މީޓަރުގެ ފައިނަލް އޮތީ މާދަމާ އެވެ.

ރާއްޖޭގެ މަރިޔަމް އަލްހާ ހުސައިން، ވަނީ އިއްޔެ އޮތް 100 މީޓަރުގެ އަންހެނުންގެ ދުވުމުގައި ވާދަކޮށްފަ އެވެ. އޭނާ ރޭހުގެ ފަހަތުން ނިންމާލަން ޖެހުނުއިރު، ޓައިމިން އަކީ 12.28 ސިކުންތެވެ. އަދި ރާއްޖޭގެ ނޫރާ އަބްދުލް ހަމީދު ވަނީ ލޯންޖް ޖަޕްމް އިވެންޓްގައި ވާދަކޮށްފަ އެވެ.

އިބާދުﷲ އަށް ކުރިއެރުމެއް

އިއްޔެ ބޭއްވި 100 މީޓަރު ދުވުމުގައި ރާއްޖޭގެ އިބާދުﷲ ވާދަކުރީ ހީޓް ފަހެއްގަ އެވެ. އޭނާ ހީޓުގެ ހަ ވަނަ އަށް ދިޔައިރު ޓައިމިން އަކީ 10.54 ސިކުންތެވެ. މިއީ އިބާދުﷲގެ އަމިއްލަ ޓައިމިންގެ ރެކޯޑްތަކަށް ބަލާއިރު، އެންމެ ރަނގަޅު ވަގުތެވެ. މީގެ ކުރިިން ރާއްޖޭގެ ދުވުމުގެ 100 މީޓަރުގެ ޖޫނިއާ ރެކޯޑް މުގުރާލި އިބާދުﷲ އަކީ މިހާރު ރާއްޖޭގައި ކުރިއެރުން ހޯދަމުން އަންނަ ސްޕްރިންޓަރެވެ.

އިބާދުﷲ ވާދަކުރި އިވެންޓްގެ އެއް ވަނަ ހޯދީ 9.88 ސިކުންތުން ރޭސް ނިންމި އީރާންގެ ތަފްތިއާން އެވެ. އިބާދުﷲ އަކީ މުސްތަގުބަލަށް އެތުލެޓިކްސް އެސޯސިއޭޝަނުން ޓާގެޓްތަކެއް ކަނޑައަޅައިގެން ކުރިއަށްގެންދާ އެތުލީޓެކެވެ.

މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރުގެ ދުވުމުގައި އޭނާ އަށް ލިބުނު ކުރިއެރުން ރަނގަޅު ޓްރެކުގައި ކުރިއަށްގެންދަން މަސައްކަތް ކޮށްފިނަމަ އޭގެ ނަތީޖާ އިތުރަށް ރަނގަޅުކުރެވޭނެ އެވެ.

100 މީޓަރު ދުވުމުގައި ރާއްޖޭގެ ސާއިދު (ވ) ވާދަކުރަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ވަނީ އިއްޔެ 100 މީޓަރު ދުވުމުގެ ހީޓް އެކެއްގައި ވާދަކޮށްފަ އެވެ. ސާއިދު ވެސް ހީޓުގެ ހަ ވަނަ ދިޔައިރު، އޭނާގެ ޓައިމިން އަކީ 10.60 ސިކުންތެވެ. ސާއިދު ވާދަކުރި ރޭހުގެ އެއް ވަނަ ހޯދީ ބަހްރޭންގެ ރާޝިދު އެވެ. އޭނާގެ ޓައިމިން އަކީ 10.27 ސިކުންތެވެ.

ސާއިދަކީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ތާރީހަށް ބަލާނަމަ ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓެވެ. އޭނާ ވަނީ އެންމެ ފަހުން، 2017 ވަނަ އަހަރު އަޒަރުބައިޖާނުގެ ބަކޫގައި ބޭއްވި ސޮލިޑާރިޓީ ގޭމްސްގައި 100 މީޓަރާއި 200 މީޓަރު ދުވުމުގައި ވެސް ފައިނަލަށް ދަތުރުކޮށްފަ އެވެ.

އެ ފަހަރު 100 މީޓަރު ދުވުމުން ސާއިދު ވަނީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުުރުމުގެ ފުރުސަތު ލިބިފައިވާ 57 ގައުމުގެ ދުވުންތެރިންގެ ތެރެއިން ހަތަރު ވަނަ ހޯދައިފަ އެވެ.

800 މީޓަރު ދުވުމުގައި ރާއްޖޭގެ ކުޑަ ރިޒާ ވާދަކުރަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ސާއިދަށް މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ދެން އޮތީ، މާދަމާ ވާދަކުރަން ޖެހޭ 200 މީޓަރު ދުވުމެވެ.

އިއްޔެ، ރާއްޖޭގެ ހުސައިން ރިޒާ (ކުޑަރިޒާ) ވަނީ ސޮލިޑާރިޓީ ގޭމްސްގެ 800 މީޓަރު ދުވުމުގައި ވާދަކޮށްފަ އެވެ. އެ ގޮތުން ސޮލިޑާރިީޓީ ގޭމްސްގެ 800 މީޓަރު ދުވުމުގެ ހީޓް އެކެއްގައި ހަތް ދުވުންތެރިން ވާދަކުރަން އޮތް ނަމަވެސް ދުވީ ފަސް ދުވުންތެރިންނެވެ. ރިޒާ ފަސް ވަނަ ދިޔައިރު، ޓައިމިން އަކީ 1:58.25 އެވެ. އަދި މި ހީޓް ކާމިޔާބުކުރި ސޯމާލިއާގެ ހަސަން ރޭސް ނިންމީ 1:49.04 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox