ޗައިނާއިން މިދިޔަ ހަަފުތާގައި ޓައިވާން ވަށައި ފެށި އަސްކަރީ ތަމްރީންތައް އާދީއްތަ ދުވަހު ނިމުނު ނަމަވެސް، އިތުރު ތަމްރީންތަައް އަދިވެސް ކުރިއަށްދާ ކަމަށް ބުނެފި އެވެ.
ޗައިނާ ލަޝްކަރުގެ އީސްޓާާން ތިއޭޓާ ކޮމާންޑުން ބުނީ އެންޓި ސަބްމެރީން ހަމަލާ އާއި ކަނޑުމަތީގެ އޮޕަރޭޝަންތައް ހިންގާނެ ގޮތުގެ ތަމްރީންތައް އަދިވެސް ޓައިވާން ވަށައި ކުރިއަަށްދާ ކަމަށެވެ.
މިދިޔަަ ހަފްތާގައި ފެށި ތަމްރީނަކީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގެންނެވުމުން އެޅި ފިޔަވަޅެކެވެ.

ޓައިވާނުން ތުހުމަތު ކުރަނީ ޗައިނާގެ ތަަމްރީންގެ ބޭނުމަކީ ޓައިވާން ހިފަން ހިންގާނެ އޮޕަރޭޝަނެއްގެ ރިހާސަލް ބޭއްވުން ކަމަށެވެ.
ހޯމަ ދުވަހު ޓައިވާނުން ބުނީ ޗައިނާގެ ވައިގެ އުޅަނދާއި މަނަވަަރުތަކުން މިހާތަނަށް ތަމްރީނުގައި ޓައިވާނުގެ ކަނޑުގެ ސަރަހައްދަށް ނުވަންނަ ކަމަށެވެ.
އެމެރިކާ އާއި އޮސްޓްރޭލިއާ އަދި ޖަޕާނުން ވެސް ތަަމްރީންތައް ކުށްވެރިކޮށް ބުނީ އެއީ ޓައިވާންގެ ސްޓޭޓަސް ބަަދަލު ކުރުމުގެ ބޭނުމުގައި ހިންގާ ތަމްރީންތަކެއް ކަމަށެވެ.
އޭގެ އިތުރުން ބައިނަލްއަަގްވާމީ ބަައެއް ކަަންކަމުގައި އެއްބާރުލުން ދިނުން ހުއްޓާލާފައި ވާތީ ވެސް އެމެރިކާއިން ވަނީ ޗައިނާއަށް ފާޑުކިޔައިފަ އެވެ.
ޗައިނާއިން ދެކެނީ ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެއް ކަމަށެވެ. އެކަަމަކު ޓައިވާނުން ދެކެނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ.










