ޑި ޔޯން ބޭނުންވަނީ ބާސެލޯނާގައި މަޑުކުރަން

Aug 8, 2022, 7:52 PM
ޑި ޔޯން ބޭނުންވަނީ ބާސެލޯނާގައި މަޑުކުރަން

ބާސެލޯނާ (އޮގަސްޓް 8) - ބާސެލޯނާ އަށް ކުޅެމުންދާ ނެދަލޭންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ގެންދަން މެންޗެސްޓާ ޔުނައިޓަޑުން މަސައްކަތް ކުރިޔަސް، އޭނާ ބޭނުންވަނީ ބާސެލޯނާގައި މަޑުކުރަން ކަމަށް އެ ކްލަބްގެ ރައީސް ހުއާން ލަޕޯޓާ ބުނެފި އެވެ.

ޓްރާންސްފާ ބާޒާރުގައި ޔުނައިޓަޑްގެ ކޯޗު ޓެން ހާގް އެންމެ ބޭނުންވާ އެއް ކުޅުންތެރިޔަކީ އޭނައާ އެކު އަޔަކްސްގައި މަސައްކަތްކުރި ޑި ޔޯން އެވެ.

ޑި ޔޯން، 25، ގެ ޓްރާންސްފާ އަށް ޔުނައިޓަޑުން ހުށަހެޅި 63.5 މިލިއަން ޕައުންޑް (70 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީ ބާސެލޯނާ އިން ވަނީ މިދިޔަ މަހު ގަބޫލުކޮށްފަ އެވެ. އެހެން ނަމަވެސް، ޓްރާންސްފާ އޮތީ މަޑުޖެހިފަ އެވެ.

ބާސެލޯނާގެ ރައީސް ލަޕޯޓާ ވިދާޅުވީ ޑި ޔޯން ހުށަހެޅުންތައް ލިބިފައި އޮތް ނަމަވެސް އޭނާ ބޭނުންވަނީ ބާސެލޯނާގައި މަޑުކުރަން ކަމަށެވެ.

"ޑި ޔޯން އަކީ ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިއެއް. އޭނާ އަށް ހުށަހެޅުންތައް ވަނީ ލިބިފައި. އެކަމަކު، އޭނާ ބޭނުންވަނީ ބާސާގައި މަޑުކުރަން. ބާސެލޯނާ އިން ވެސް ބޭނުންވަނީ އެގޮތް،" ލަޕޯޓާ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޑި ޔޯން ބާސެލޯނާގައި މަޑުކުރިޔަސް މާލީ ގޮތުން މައްސަލަތަކެއް ދިމާވެފައިވާ ބާސެލޯނާ އިން އޭނާގެ މުސާރަ ކުޑަކުރަން ބޭނުންވެ އެވެ. އަދި މުސާރަ އާއި ބޯނަސްގެ ގޮތުގައި ބާސެލޯނާ އިން ޑި ޔޯން އަށް ދޭންޖެހޭ ފައިސާއާ ގުޅިގެން، އޭނާ އާއި ބާސެލޯނާއާ ދެމެދު ދެބަސްވުންތަކެއް އުފެދިފައިވެ އެވެ.

ސްޕެއިނުގެ މީޑިއާތަކުން ބުނާގޮތުގައި ބާސެލޯނާގެ ހުށަހެޅުމަކީ ޑި ޔޯން އެންމެ ފުރަތަމަ ބާސެލޯނާ އިން ދޭ އެއްބަސްވި މުސާރައާ އެއްގޮތަށް ކޮންޓްރެކްޓް ބަދަލުކުރުމެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން އެންމެ ފަހުން ޑި ޔޯންގެ އޭޖެންޓަށް ހުށަހެޅި ޕްރޮޕޯސަލަކީ ބާސެލޯނާ އިން ކޮވިޑާ ހެދި އުނިކުރި ޑި ޔޯންގެ މުސާރަ ޔުނައިޓެޑުން ހަމަޖައްސައިދޭ ގޮތަށް އެ ޓީމާ ގުޅުމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox