ޕެލޯސީ ޓައިވާންގެ ރައީސްއާ ބައްދަލުކުރައްވައިފި

ޓައިވާންގެ ރައީސް ސާއި އިންގް ވެން އަދި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ. -- ފޮޓޯ: ރޮއިޓާޒް

ޓައިވާންގެ ރައީސް ސާއި އިންގް ވެން އަދި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ. -- ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ބުދަ ދުވަހުގެ ހެނދުނު ޓައިވާންގެ ރައީސް ސާއި އިންގް ވެންއާ ބައްދަލުކުރައްވައިފި އެވެ.

ޕެލޯސީއަކީ ފާއިތުވި 25 އަހަރުގެ ތެރޭގައި ޓައިވާނަށް ދަތުރު ކުރެއްވި އެމެރިކާގެ އެންމެ އިސް އޮފިޝަލެވެ. ޗައިނާއިން ވަނީ އެ ދަތުރު ކުށްވެރިކޮށްފަ އެވެ.

އަންގާރަަ ދުވަހުގެ ރޭ ޓައިވާނަށް ބޯޓު ޖެއްސުމާ އެކު ކުރެއްވި ޓްވީޓުތަކެއްގައި ޕެލޯސީ ވިދާޅުވީ އެމެރިކާ ވަފުދުގެ ދަތުރުން ރަމްޒުކޮށްދެނީ ޓައިވާނުގެ ޑިމޮކްރަސީއަށް އޮތް ފުރިހަމަ ތާއީދު ކަމަށެވެ.

Advertisement

އޭގެ ކުރިން ޗައިނާއިން ބުނީ ޕެލޯސީގެ ދަތުރާ ގުޅިގެން އެމެރިކާއިން "އަގު އަދާ ކުރަން ޖެހޭނެ" ކަމަށެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ ޗައިނާގެ ސަަރުކާރާ ވަކިވެގަނެގެން އުޅޭ ޕްރޮވިންސެކެވެ. އެކަމަކު ޓަައިވާން ސަރުކާރުން ބުނަނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ.

"އަބަދުވެސް ޓައިވާނާ އެކު ތެދުވުމަށް އެމެރިކާއިން ވައުދުވީ މީގެ 43 އަހަރު ކުރިން. މިއަދު އަޅުގަނޑުމެންގެ ވަފުދު ޓައިވާނަށް މި އައީ އެ ވައުދާ އެއް ގޮތަށް އަމަލު ކުރާނެކަން ދެއްކުމަށް،" ޕެލޯސީ ވިދާޅުވި އެވެ.

އެމެރިކާއިން "ހަރުދަނާ، ނުރަސްމީ ގުޅުން" ޓައިވާނާ އެކު ބާއްވާ އިރު، ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން އޮންނަނީ ޗައިނާއާ އެކު އެވެ.

ނަަމަވެސް އެމެރިކާއިން ޓައިވާނަަށް ހަތިޔާރު ވިއްކަ އެވެ. އެއީ ޗައިނާގެ ހަމަލާއަކުން ދިފާއުވުމުގެ ހައްގު ދިނުމަށް ކަމަށް ބުނެ އެވެ.

ޓައިވާންގެ ރައީސް އޮފީހުގައި ސާއީއާ ބަައްދަލުކުރައްވައި ޕެލޯސީ ވިދާޅުވީ ޓައިވާނަކީ "މިނިވަން ކަމަށް ލޯބި ކުރާ ހުރިހާ އެންމެންނަށް ބޮޑު ހިތްވަރެއް" ކަމަށެވެ.

ސާއީ ވިދާޅުވީ ޓައިވާން ދެމިއޮންނާނީ އެމެރިކާއަށް "އިތުބާރު ކުރެވޭ އަދި ބަރޯސާވެވޭ" ބައިވެރިއެއްގެ ގޮތުގައި ކަމަށާއި "ބިރު ދެއްކި ނަމަވެސް ފަހަތަށް ނުޖެހޭނެ" ކަމަށެވެ.

ޕެލޯސީގެ ދަތުރާ ގުޅިގެން ޗައިނާއިން ބުނީ ބުދަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ޓައިވާން ކައިރީގައި ލައިވް ވަޒަން ބޭނުންކޮށްގެން އަސްކަރީ އޮޕަރޭޝަނެއް ހިންގާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox