ޔޫކްރެއިން ހަނގުރާމައިގައި އެމެރިކާގެ ސީދާ ބައިވެރިވުން އޮތް ކަމަށް ރަޝިއާއިން ފުރަތަމަ ފަހަރަށް ތުހުމަަތުކޮށްފި އެވެ.
ރަޝިއާ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ޔޫކްރެއިން ފައުޖުން ބޭނުން ކުރާ އެމެރިކާގައި އުފައްދާފައިވާ ހިމާސް ސިސްޓަަމުން އަމާޒު ކުރާނެ ޓާގެޓުތަައް ކަނޑައަޅަނީ އެމެރިކާއިން ކަމަށެވެ.
ލެފްޓިނެންޓް ޖެނެރަލް އައިގޯ ކޮނަޝެންކޯވް ވިދާޅުވީ ޔޫކްރެއިންގެ އޮފިޝަލުންގެ މެދުގައި ކުރި ފޯނު ކޯލުތަކެއް ސިއްރުން އަޑު އެހުމުން، އެމެރިކާއިން ހަނގުރާމައިގައި އަދާ ކުރާ ދައުރު ސާފުވި ކަމަށެވެ.

ރަޝިއާގެ ތުހުމަތަށް މިހާތަނަށް އެމެރިކާއިން ވަކި އެއްޗެއް ނުބުނެ އެވެ.
މީގެ ކުރިން ރަޝިއާއިން ތުހުމަތު ކުރަމުން ދިޔައީ "ޕްރޮކްސީ ހަނގުރާމައެއް" ނުވަތަ ދުރުގަައި ހުރެ ނުސީދާކޮށް އެމެރިކާއިން ހަނގުރާމައިގައި ބައިވެރިވާ ކަމަށެވެ.
"ޑޮންބާސް އާއި އެހެން ހިސާބުތަކުގައި މީހުން ދިރިއުޅޭ ސަރަހައްދާއި އާއްމުންގެ އިންފްރާސްޓްރަކްޗާ ފެސިލިޓީތަކަށް ޔޫކްރެއިން ފައުޖުން ފޮނުވި ހުރިހާ ރޮކެޓް ހަމަލާއަކަށް ސީދާ ޒިންމާ ވަނީ ބައިޑެންގެ ސަރުކާރު،" ކޮނަޝެންކޯވް ވިދާޅުވި އެވެ.










