ޕެލޯސީ ޓައިވާނަށް ވަޑައިގެންފި ނަމަ ޗައިނާއިން ބާރުގެ ބޭނުން ކުރުމުގެ ފުރުސަތު ބޮޑު: އެމެރިކާ

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގެންފި ނަމަ ޗަައިނާއިން ބާރުގެ ބޭނުން ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވީ ޓައިވާން ކައިރިން މިސައިލް ފޮނުވުމާއި ބޮޑު ސްކޭލެއްގައި ކަނޑުގެ އަދި ވައިގެ އަސްކަރީ ހަރަކާތްތައް ޗައިނާއިން ހިންގާނެ ކަމަށް ބެލެވެ އެވެ.

ޕެލޯސީ އާއި ކޮންގްރެސްގެ ވަފުދު އޭޝިއާއަށް ކުރައްވާ ދަތުރުގައި އަންގާރަ ދުވަހު ވަޑައިގެންނެވީ މެލޭޝިއާ އަށެވެ.

ޓައިވާން އާއި އެމެރިކާގެ ނޫސްތަކުން ބުނާ ގޮތުގައި ޓައިޕޭއަށް އެކަމަނާ ވަޑައިގަންނަވާނީ އަންގާރަ ދުވަހުގެ ރެ އެވެ. އެހެން ނަމަވެސް ރަސްމީކޮށް އެކަން އިއުލާނުކޮށްފައެއް ނުވެ އެވެ.

ނޫސްވެރިންގެ ސުވާލުތަކާ ގުޅިގެން ޓައިވާނުގެ ޕްރިމިއާ ސޫ ސެންގް ޗަންގް އަންގާރަ ދުވަހު ވިދާޅުވީ ޓައިވާނުން ބޭރުގެ ހުރިހާ އިއްޒަތްތެރިންނަށް ވެސް "ހޫނު މަރުހަބާއެއް ކިޔާނެ" ކަމަށެވެ.

ޑިމޮކްރެޓިކް އުސޫލުން އަމިއްލަ ސަރުކާރެއް އޮތް ނަމަވެސް، ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބަޔެކެވެ. ނަމަވެސް ޓައިވާނުން ދެކެނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ.

ޕެލޯސީ ޓައިވާނަަށް ވަޑައިގެންފި ނަމަ "ނަތީޖާ ސީރިއަސް ވާނެ" ކަމަށް މީގެ ކުރިން ޗައިނާއިން އިންޒާރު ދިނެވެ.

ޗައިނާއިން އދ. އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޒާންގް ޖުން މިދިޔަ ހޯމަ ދުވަހު ވިދާޅުވީ، ޕެލޯސީ ޓައިވާނަށް ދަތުރު ކުރައްވައިފި ނަމަ ޗައިނާ އާއި އެމެރިކާގެ ގުޅުމަށް ވަރަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

ޕެލޯސީ އޭޝިއާއަށް ކުރައްވާ ދަތުރު ފެއްޓެވީ އާދީއްތަ ދުވަަހު ސިންގަޕޫރުންނެވެ. މެލޭޝިއާގެ އިތުރުން ދެކުނު ކޮރެއާ އަދި ޖަޕާނަށް ދަތުރު ކުރައްވަން ވެސް ހަމަޖެހިފައިވެ އެވެ.

ޕެލޯސީ ޓައިވާނަށް ވަަޑައިގަންނަވަން އުޅޭކަމުގެ އަޑު ފެތުރޭތާާ އެތައް ދުވަހެއް ވެފައިވާ އިރު، އެކަމާ ގުޅޭ ގޮތުން އެކަމަނާ މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ޕެލޯސީ ކުރިން ނިންމެވީ މި އަހަރުގެ އެޕްރީލް މަހު ޓައިވާނަށް ދަތުރު ކުރެއްވުމަށެވެ. ނަމަވެސް، އެ ޝެޑިއުލް ބަދަލު ކުރެއްވީ ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

އެމެރިކާގެ ކޮންގްރެސްގައި ޕެލޯސީ 30 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ އިރު، އެކަމަނާއަކީ ދެގޮތެއް ނުވެ ޗައިނާއަށް އަބަދުވެސް ފާޑުކިޔުމުގައި ފާހަގަކުރެވޭ ސިޔާސީ ލީޑަރެކެވެ.

އެމެރިކާގެ ކޮންގްރެސްގައި މައި ދެ ޕާޓީއިން ވެސް ޓައިވާނުގެ މައްސަަލައިގައި އެއް ވިސްނުމެއް ގެންގުޅޭ އިރު، މިދިޔަ ހަފްތާގައި ޕެލޯސީ ވިދާޅުވީ "ޓައިވާނަށް އޮތް ތާއީދު ހާމަކުރުން މުހިންމު" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox