ބެޑްމިންޓަން ޓީމަށް ގްރޫޕް ސްޓޭޖުން މިކްސް ޓީމު އިވެންޓް ނިމިއްޖެ

Jul 31, 2022, 6:45 AM
ބެޑްމިންޓަން މިކްސް ޓީމު އިވެންޓްގައި ރާއްޖެ އާއި ޔޫގާންޑާ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ބެޑްމިންޓަން މިކްސް ޓީމު އިވެންޓްގައި ރާއްޖެ އާއި ޔޫގާންޑާ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމަށް މިކްސް ޓީމު އިވެންޓް ގްރޫޕް ސްޓޭޖާ ހަމައިން ނިމިއްޖެ އެވެ.

މިކްސް އިވެންޓްގައި ރާއްޖެ ހިމެނުނީ ސްކޮޓްލެންޑާއި ކެނަޑާ އަދި ޔޫގާންޑާއާ އެއް ގްރޫޕެއްގަ އެވެ. އެ ގްރޫޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ހުކުރު ދުވަހު، ސްކޮޓްލެންޑް އަތުން ބަލިވީ 5-0 އިންނެވެ. ދެ ވަނަ މެޗުން އިއްޔެ ހެނދުނު ކެނަޑާ އަތުން ވެސް ބަލިވީ 5-0 އިންނެވެ. އަދި ގްރޫޕް ފަހު މެޗުގައި ރޭ ޔޫގާންޑާ އަތުން ގައުމީ ބެޑްމިންޓަން ޓީމަށް ނާކާމިޔާބުވީ 4-1 އިންނެވެ.

ކެނަޑާއާ ދެކޮޅަށް އެންމެ ފުރަތަމަ ކުޅެން އެރީ ރާއްޖޭގެ މިކްސް ޑަބަލްސް ޕެއާ، އަޖުފާން ރަޝީދު އާއި އައިމިނަތު ނަބީހާ އެވެ. ނަބީހާ އާއި އަޖުފާންގެ ޕެއާ އަތުން ކެނަޑާގެ ޓީ ލިންޑަމެން އާއި ޖޯސެފީން ވޫގެ ޕެއާ ސެޓުތައް ގެންދިޔައީ 21-08، 21-16 އިންނެވެ. ދެ ވަނަ ގޭމަކަށް ކުޅުނު ފިރިހެން ސިންގަލްސްގައި، ރާއްޖޭގެ ނިބާލް އަހުމަދު އަތުން، ކެނަޑާގެ ބްރިއާން ޔެންގް މޮޅުވީ 21-06، 21-08 އިން ސެޓުތައް ގެންގޮސްގެންނެވެ. ތިން ވަނަ ގޭމަކަށް ކުޅުނު އަންހެން ސިންގަލްސްގައި ފާތިމަތު ނަބާހާ އަތުން ކެނަޑާގެ މިޝޭލޭ ލީ ސެޓުތައް ގެންދިޔައީ، 21-04، 21-05 އިންނެވެ.

ހަތަރު ވަނަ ގޭމް، ފިރިހެން ޑަބަލްސްގައި، ކެނަޑާގެ އެޑަމް ޑޮންގް އާއި ނީލް ކިޔޯޝީ ޔަކޫރާގެ ޕެއާ ވަނީ 21-09، 21-12 އިން ސެޓުތައް ގެންގޮސް ރާއްޖޭގެ އަޖުފާން އާއި ޒަޔާންގެ ޕެއާ ބަލިކޮށްފަ އެވެ. އެންމެ ފަހުން ކުޅުނު ގޭމް، އަންހެން ޑަބަލްސްގައި ނަބާހާ އާއި ނަބީހާގެ ޕެއާ ބަލިވީ ރޭޗަލް ހޮންޑަރިޗް އާއި ކްރިސްޓެން ސާއިގެ ޕެއާ އަތުންނެވެ. ރޭޗަލް އާއި ކްރިސްޓެންގެ ޕެއާ ސެޓުތައް ގެންދިޔައީ، 21-07، 21-03 އިންނެވެ.

ބެޑްމިންޓަން މިކްސް ޓީމު އިވެންޓްގައި ރާއްޖެ އާއި ޔޫގާންޑާ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކެނަޑާ ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. މި ގްރޫޕުން އަނެއް ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި ސްކޮޓްލެންޑް އެވެ. ރާއްޖެ މޮޅެއް ނުލިބި ގްރޫޕް ނިންމާލަން ޖެހުނީ ފަހު މެޗުގައި ޔޫގާންޑާ އަތްދަށުވެގެންނެވެ.

ރޭ ޔޫގާންޑާއާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ފުރަތަމަ ގޭމް، ފިރިހެން ސިންގަލްސްގައި ޒަޔާން އަތުން ޔޫގާންޑާގެ ބްރަޔާން ކަސީރްޔޭ މޮޅުވީ 21-04، 21-04 އިންނެވެ. ދެ ވަަނަ ގޭމް، އަންހެން ސިންގަލްސްގައި ނަބީހާ ވަނީ ޔޫގާންޑާގެ ފާދިލާ ޝާމިކާ އަށް ރަނގަޅު ފައިޓެއް ދީފަ އެވެ. ފާދިލާ ސެޓުތައް ގެންދިޔައީ 22-20 އާއި 21-17 އިންނެވެ.

ތިން ވަނަ ގޭމް، ފިރިހެން ޑަބަލްސްގައި އަޖުފާން އާއި ނިބާލްގެ ޕެއާ އަތުން ޔޫގާންޑާގެ ބްރިއާން އާއި ޑެނިއަލްގެ ޕެއާ ފުރަތަމަ ސެޓު، 14-21 އިން ގެންދިޔަ އެވެ. އެކަމަކު، އަޖުފާން އާއި ނިބާލް ދެ ވަނަ ސެޓު 21-14 އިން ގެންގޮސް އެއްވަރުކުރި އެވެ. ތިން ވަނަ ސެޓު 15-21 އިން ގެންގޮސް، ބްރިއާން އާއި ޑެނިއަލްގެ ޕެއާ މޮޅުވީ އެވެ.

ހަތަރު ވަނަ ގޭމް، އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ ޔޫގާންޑާގެ ހުސީނާ ކޮބުގާބޭ އާއި ފާދިލާގެ ޕެއާ އަތުން ބަލިވެފަ އެވެ. އެ ޕެއާ އިން ސެޓުތައް ގެންދިޔައީ، 17-21، 17-21 އިންނެވެ.

ފަހު ގޭމް، މިކްސް ޑަބަލްސްގައި ރާއްޖޭގެ ނަބާހާ އާއި ޒަޔާންގެ ޕެއާ ވަނީ 2-1 ސެޓުން ޔޫގާންޑާގެ ޑެނިއަލް އާއި ހުސީނާގެ ޕެއާ ބަލިކޮށްފަ އެވެ. މިއީ ގްރޫޕް ސްޓޭޖުގައި ރާއްޖެ އަށް ލިބުނު ހަމައެކަނި މޮޅެވެ. އެ ގޭމްގައި، ފުރަތަމަ ސެޓު ގެންދިޔައީ ޑެނިއަލް އާއި ހުސީނާގެ ޕެއާ އިންނެވެ. އެއީ 18-21 އިންނެވެ. އެކަމަކު، ދެން ކުޅުނު ދެ ސެޓުގައި ނަބާހާ އާއި ޒަޔާން މޮޅަށް ކުޅެ ނަތީޖާ އަނބުރާލި އެވެ. ނަބާހާ އާއި ޒަޔާން ސެޓުތައް ގެންދިޔައީ، 21-14، 21-14 އިންނެވެ.

ބެޑްމިންޓަންގެ ޓީމު އިވެންޓް ރާއްޖެ އަށް ނިމުނުއިރު، އޯޕަން ބައިގެ މެޗުތައް ފަށާނީ ބުދަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox