އެމްޓީސީސީ: ހަ މަސް ތެރޭ 130 މިލިއަން ރުފިޔާގެ ފައިދާއެއް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް: ހަ މަސް ތެރޭ އެ ކުންފުންޏަށް 130 މިލިއަނުގެ ފައިދާއެއް ކޮށްފައިވޭ

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް: ހަ މަސް ތެރޭ އެ ކުންފުންޏަށް 130 މިލިއަނުގެ ފައިދާއެއް ކޮށްފައިވޭ

މިއަހަރުގެ ފުރަތަމަ ދެ ކުއާޓާގައި އެމްޓީސީސީއަށް 130 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ ރިޕޯޓުތަކުން ދައްކައިފި އެވެ.

އެމްޓީސީސީގެ ކުއާޓާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓާގައި، އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 64 މިލިއަން ރުފިޔާ އެވެ. އަދި ދެވަނަ ކުއާޓާގައި ފައިދާގެ ގޮތުގައި 66 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އެއާއެކު އެމްޓީސީސީގެ ދެ ކުއާޓާގެ ޖުމްލަ ފައިދާ 130 މިލިއަނަށް އަރަ އެވެ.

މިއަހަރުގެ ފުރަތަމަ ދެ ކުއާޓާގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި ވެސް ވަނީ 1.1 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ ފުރަތަމަ ކުއާޓާގައި ލިބުނު 550 މިލިއަން ރުފިޔާއާއި ދެވަނަ ކުއާޓާގަިއ ލިބުނު 593 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ދެވަނަ ކުއާޓާގެ ރިޕޯޓުން ދައްކާ ގޮތުގައި އެމްޓީސީސީއަށް އެންމެ ބޮޑު ފައިދާއެއް ކުރަނީ ކޮންޓްރެކްޓިން އާއު، ޓްރޭޑިންގެ އިތުރުން ޑްރެޖިން އިންނެވެ. ހަމައެއާއެކު އެމްޓީސީސީއަށް އެންމެ މަދުން އާމްދަނީ ލިބެނީ އެ ކުންފުނީގެ ދަތުރުފަތުރުގެ ވިއުގައިންކަން ވެސް ފާހަގަކޮށްލެވެ އެވެ.

ފުރަތަމަ ކުއާޓާ ނިންމާލިއިރު، އެމްޓީސީސީގެ ދަތުރުފަތުރުގެ ވިއުގަ އޮތީ ހަތަރު މިލިއަން ރުފިޔާގެ ގެއްލުމެއްގަ އެވެ. ނަމަވެސް ދެވަނަ ކުއާޓާގައި އާމްދަނީ އިތުރުވެ، ފަސް ލައްކަ ރުފިޔާގެ ފައިދާއެއް ލިބިފައި ވެއެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އެމްޓީސީސީއަށް ފައިދާގެ ގޮތުގައި 130 މިލިއަން ރުފިޔާ ލިބުނުއިރު، އެ ކުންފުނިން އަމާޒު ހިފާފައި ވަނީ މިއަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި 300 މިލިއަން ރުފިޔާ ހޯދުމަށެވެ. މިދިޔަ އަހަރު އެ ކުންފުނީގެ ޖުމްލަ ފައިދާ 271 މިލިއަން ރުފިޔާއަށް އަރާއިރު، އެއީ އެ ކުންފުނީގެ ތާރީހުގައި ހޯދި އެންމެ ބޮޑު ފައިދާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox