ބަޒް އެލްޑްރިން ހަނދަށް ދިޔަ އިރު ލައިގެން ހުރި ޖެކެޓް 2.8 މިލިއަން ޑޮލަރަށް ވިއްކާލައިފި

ބަޒް އެލްޑްރިން ހަނދަށް ދިޔަ އިރު ލައިގެން ހުރި ޖެކެޓް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ބަޒް އެލްޑްރިން ހަނދަށް ދިޔަ އިރު ލައިގެން ހުރި ޖެކެޓް. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެސްޓްރޮނޯޓް ބަޒް އެލްޑްރިން ހަނދަށް ކުރި ދަތުރުގައި ލައިގެން ހުރި ޖެކެޓް 2.8 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.

އެ ޖެކެޓުގައި އެމެރިކާގެ ދިދަ އާއި ނާސާގެ ލޯގޯ ހަރުކޮށްފައިވެ އެވެ. އެއީ އެޕޯލޯ 11 ގެ ކޮމާންޑް މޮޑިއުލްގައި ޖައްވުން ދަތުރު ކުރި އިރު އެލްޑްރިން ލައިގެން ހުރި ޖެކެޓެވެ.

އުމުރުން 92 އަހަރުގެ އެލްޑްރިންގެ 69 އެއްޗެއް ނީލަމުގައި ވިއްކާލަން އޭނާ ނިންމާފައިވާ އިރު، ޖެކެޓު ހިމެނެނީ އެ ތަކެތީގެ ތެރޭގަ އެވެ.

މީގެ ކުރިން އެމެރިކާގެ ޖައްވީ މަސައްކަތާ ގުޅުން ހުރި ތާރީހީ އެއްޗެއް އެހާ ބޮޑު އަގުގައި ވިއްކާލާފައެއް ނުވެ އެވެ.

ބަޒް އެލްޑްރިން ހަނދަށް ދަތުރު ކުރީ 1969 ވަނަ އަހަރު އެވެ. ހަނދަށް ދިޔަ ޓީމުގެ ތިން މެމްބަރުންގެ ތެރެއިން މިހާރު ދުނިޔޭގައި ދިރިހުރީ އޭނާ އެކަންޏެވެ.

ބަޒް އެލްޑްރިން 1969 ގައި ހަނދަށް ކުރި ދަތުރުގައި ޖެކެޓު ލައިގެން. -- ފޮޓޯ: ގެޓީ އިމޭޖާޒް
ބަޒް އެލްޑްރިން 1969 ގައި ހަނދަށް ކުރި ދަތުރުގައި ޖެކެޓު ލައިގެން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ބަޒް އެލްޑްރިން 1969 ގައި ހަނދަށް ކުރި ދަތުރުގައި ޖެކެޓު ލައިގެން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ހަނދަށް ކުރި ދަތުރުގައި ހޭދަވި ހަ ދުވަހުގެ މުއްދަތުގެ ބޮޑު ބަޔެއް އެލްޑްރިން ހޭދަކުރީ ހުދުކުލައިގެ ޖެކެޓު ލައިގެންނެވެ. އެ ޖެކެޓު ބަދަލު ކުރީ ހަނދުގެ ބިމަށް ފޭބުމުގެ ކުރިން ހާއްސަ ޕްރެޝާ ސޫޓެއް ލުމަށެވެ.

ބަޒް އެލްޑްރިން އާއި އިތުރު ދެ އެސްޓްރޮނޯޓުން ހަނދަށް ކުރި ދަތުރުގައި، ފުރަތަމަ ފަހަރަށް އިންސާނުން ހަނދުގެ ފަސްގަނޑަށް ފޭބި މަންޒަރު 650 މިލިއަން މީހުން ޓީވީ މެދުވެރިކޮށް ބެލި އެވެ.

އެލްޑްރިން އާއި ނީލް އާމްސްޓްރޯންގް ހަނދުގައި 21 ގަޑިއިރު ހޭދަ ކުރުމަށް ފަހު އެނބުރި އެޕޯލޯ 11 ގެ ކޮމާންޑް މޮޑިއުލަށް ގޮސް، ޕްރެޝަރު ސޫޓު ބާލައި ހުދު ޖެކެޓު ލި އެވެ.

އެ ޖެކެޓު ހަދާފައި ވަނީ އަލިފާން ނުހިފާ ބޭޓާ ފޮތިންނެވެ. އެ ޖެކެޓަށް ބިޑް ކުރުން 10 މިނެޓަށް ކުރިއަށް ދިޔަ އިރު، އޭތި ގަނެފައި ވަނީ ފޯނު މެދުވެރިކޮށް ބައިވެރިވި މީހެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި

އެންވީޑިއާއިން ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ "އާރްޓީއެކްސް ސްޕާކް" އޭއައި ޗިޕް ތައާރަފުކޮށް، ކޮމްޕިއުޓަރުތަކަކީ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން މި ޗިޕް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް މާކެޓުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރާ އާޓިފިޝަލް ސެލްތަކެއް

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox